Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިޒްރޭލް

އީރާނަށް މިނިވަން ކަމުގެ ވަގުތު އައިސް ޖެހިއްޖެ، މަރުން ސަލާމަތެއް ނުވާނެ: ޓްރަމްޕް

އީރާންގެ ސިފައިންނަށް ޓްރަމްޕް ގޮވާލައްވާފައި ވަނީ ހަތިޔާރު ބެހެއްޓުމަށް. އީރާންގެ ހުރިހާ ބާރު ތަކަށް އެހެން ގޮވާލައްވައި ޓްރަމްޕް ވިދާޅުވީ، ހަތިޔާރު ބަހައްޓައިފި ނަަމަ އިސްލާމީ އިންޤިލާބުގެ މެމްބަރުންނާއި، ސިފައިން އަދި ފުލުހުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށް. އެހެން ނޫން ނަމަ، އެ މީހުން ވެސް މަރުން ސަލާމަތް ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ފެބުރުއަރީ 2026 | ހޮނިހިރު 10:32
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓާސް

އީރާންއާ ދެކޮޅަށް ހަމަލާ ތަކެއް ދިނުން އިއުލާން ކުރައްވައި، އެ ޤައުމުގެ ނޭވީ އާއި މިސައިލް ތަންތަން ހުސް ކުރުމުގެ ވައުދުވެ ވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިޒްރޭލް އާއި އެމެރިކާ އިން އީރާނަށް ހަމަލާ ދިން ފަހުން، ޓްރަމްޕް ދެއްވި ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ، އީރާން އަށް މިނިވަން ކަމުގެ ވަގުތު އައިސް ޖެހިފައިވާ ކަމަށާއި، އީރާންގެ ރައްޔިތުންނަށް މިނިވަންކަން ލިބޭނެ ކަމަށެވެ. 

ޓްރަމްޕްގެ ބަޔާނުގައި ވިދާޅުވީ، މި ހަމަލާގެ ލަނޑު ދަނޑިތައް ވަރަށް ބޮޑު ކަމަށާއި، 1979 ވަަނަ އަހަރުގެ އީރާންގެ އިންޤިލާބުން ފެށިގެން ވެރިކަމުގައި ތިބި އިސްލާމީ ޖުމްހޫރިއްޔާ ވެރިކަމުން ވައްޓާލުމުގެ ނިޔަތް އޮތް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

ސޯޝަލް މީޑިއާގައި ޓްރަމްޕް އާންމު ކޮށްފައިވާ ބަޔާނުގައި އޭނާ ވިދާޅުވީ، އީރާންގެ މިސައިލްތައް ނައްތާލައި، މިސައިލް އުފައްދާ ތަންތަން ބިމާ ހަމަހަމަ ކުރާނެ ކަމަށެވެ. އެއީ ފުރިހަމަ އަށް ނައްތާލާނެ ކަމެއް ކަމަށާއި، އީރާންގެ ބާރުވެރިކަން އެއްކޮށް ނެތި ކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވެ އެވެ.

އީރާންގެ ރައްޔިތުންނަކީ ފަޚުރުވެރި ބައެއް ކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެ ޤައުމުގެ ރައްޔިތުންނަށް މިހާރު މިނިވަން ކަމުގެ ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ. ރައްޔިތުން ގޭގައި ރައްކާތެރި ކަމާ އެކު ތިބުމަށް އިލްތިމާސް ކުރައްވައި ޓްރަމްޕް ވަނީ، ބޭރަށް ނުނިކުތުމަށް ވެސް އިލްތިމާސް ކުރައްވާ ކަމަށެވެ. 

އީރާންގެ ބޭރުގައި ވަރަށް ބޮޑު ނުރައްކާތެރި ކަމެއް އޮތް ކަމަށާއި، ހުރިހާ ސަރަަހައްދަކާއި ދިމާލެއްގައި ހަމަލާތައް ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ހަމަލާތައް ނިމުމުން، ރައްޔިތުން ނިކުމެ އީރާންގެ ސަރުކާރު ހިފުމާއި، ރައްޔިތުންގެ ބާރުގެ ދަށަށް ގެނައުމަށް ޓްރަމްޕް ވަނީ ގޮވާލައްވައިފަ އެވެ. 

އެއާ އެކު، އީރާންގެ ސިފައިންނަށް ޓްރަމްޕް ގޮވާލައްވާފައި ވަނީ ހަތިޔާރު ބެހެއްޓުމަށެވެ. އީރާންގެ ހުރިހާ ބާރު ތަކަށް އެހެން ގޮވާލައްވައި ޓްރަމްޕް ވިދާޅުވީ، ހަތިޔާރު ބަހައްޓައިފި ނަަމަ އިސްލާމީ އިންޤިލާބުގެ މެމްބަރުންނާއި، ސިފައިން އަދި ފުލުހުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށެވެ. އެހެން ނޫން ނަމަ، އެ މީހުން ވެސް މަރުން ސަލާމަތް ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާންއިޒްރޭލްއިސްލާމީ ޖުމްހޫރިއްޔާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އިޒްރޭލްއީރާން-އެމެރިކާއީރާން ނިއުކްލިއަރ ޕްރޮގްރާމް

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު

28 ފެބުރުއަރީ 2026
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު
28 ފެބުރުއަރީ 2026

އީރާންގެ ރައީސް ޕެޒެޝްކިއާން ހުންނެވީ ސަލާމަތުކަން ކަށަވަރު ކޮށްދީފި

28 ފެބުރުއަރީ 2026
އީރާންގެ ރައީސް ޕެޒެޝްކިއާން ހުންނެވީ ސަލާމަތުކަން ކަށަވަރު ކޮށްދީފި
28 ފެބުރުއަރީ 2026

ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި

28 ފެބުރުއަރީ 2026
ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި
28 ފެބުރުއަރީ 2026

އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

28 ފެބުރުއަރީ 2026
އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
28 ފެބުރުއަރީ 2026

ހޮޓް ޓަބެއްގައި އިނީ ކޮން އަންހެނެއް ކަމެއް ނޭނގޭ، ޖިންސީ އެއްވެސް ގުޅުމެއް ނުހިންގަން: ބިލް ކްލިންޓަން

28 ފެބުރުއަރީ 2026
ހޮޓް ޓަބެއްގައި އިނީ ކޮން އަންހެނެއް ކަމެއް ނޭނގޭ، ޖިންސީ އެއްވެސް ގުޅުމެއް ނުހިންގަން: ބިލް ކްލިންޓަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު