Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

އީރާން އާއި އެމެރިކާ އިން ގެންދަނީ ނިއުކްލިއާ އެއްބަސްވުމަށް ދޫ ދެމުން ކަމަށް ތުރުކީ އިން ބުނެފި

ފިދާން ވިދާޅުވީ، އެމެރިކާ އާއެކު އެއްބަސްވުމަަކށް އަންނަން ޖެހޭ ކަމަށް އީރާން އިން މިހާރު ޤަބޫލު ކުރާ ކަމަށް. އަދި އީރާން އިން ދޫ ނުދޭނެ ވަކި ކަންތައް ތަކެއް ހުރިކަން، އެމެރިކާ އިން ވެސް މިހާރު ޤަބޫލު ކުރާ ކަމަށާއި، އެހެންވެ އީރާން އަށް މަޖުބޫރު ކުރުމަކީ ބޭކާރު ކަމެއް ކަމަށް ފިދާން ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 09:47
ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން.

ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން. | ރޮއިޓާސް

އެމެރިކާ އާއި އީރާން އިން ނިއުކްލިއާ އެއްބަސްވުމަކާ މެދު ދޫދެމުންދާ ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިޔުއެއްގައި ފިދާން ވިދާޅުވީ، ވަކި މިންވަރަކަށް ޔުރޭނިއަން މުއްސަނދި ކުރުމަށް އީރާން އަށް ފުރުސަތު ދިނުމަށް އެމެރިކާ އިން ބޭނުންވާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ، އެމެރިކާ އާއި، އީރާންއާ ދެމެދު ނުސީދާ މަޝްވަރާތައް ފެށިގެން ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ފިދާން ވިދާޅުވީ، ކަނޑައެޅިފައިވާ ވަކި އިންތަކެއްގެ ތެރޭގައި އީރާން އަށް ޔުރޭނިއަމް މުއްސަނދި ކުރުމަށް އެމެރިކާ އިން ރުހޭ ކަމަށް ފެނުމަކީ، ރަނގަޅު ފާލެއް ކަަމަށެވެ. އެމެރިކާ އިން މިހާތަނަށް ވަކާލާތު ކޮށްފައި ވަނީ، އީރާން އިން ޔުރޭނިއަމް މުއްސަނދި ކުރުނަށް މުޅިން ހުއްޓާލުމަށެވެ. 

މީގެ އިތުރުން ފިދާން ވިދާޅުވީ، އެމެރިކާ އާއެކު އެއްބަސްވުމަަކށް އަންނަން ޖެހޭ ކަމަށް އީރާން އިން މިހާރު ޤަބޫލު ކުރާ ކަމަށެވެ. އަދި އީރާން އިން ދޫ ނުދޭނެ ވަކި ކަންތައް ތަކެއް ހުރިކަން، އެމެރިކާ އިން ވެސް މިހާރު ޤަބޫލު ކުރާ ކަމަށާއި، އެހެންވެ އީރާން އަށް މަޖުބޫރު ކުރުމަކީ ބޭކާރު ކަމެއް ކަމަށް ފިދާން ވިދާޅުވި އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު މިދިޔަ އަހަރުގެ ތެރޭގައި ފަސް ބުރެއްގެ މަތިން މަޝްވަރާތައް ކުރިއަށް ގެންދިޔައިރު، އެމެރިކާ އިން ބާރު އަޅާފައި ވަނީ އީރާން އިން 60 އިންސައްތައާ ހަމައަށް މުއްސަނދި ކޮށްފައިވާ ޔުރޭނިއަމްގެ ރަސްމީ ރިޒާޒް ދޫކޮށްލުމަށެވެ. މިއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތައިގެ މުއްސަނދިކަމާ ވަރަށް ގާތް މިންވަރެއް ކަމަށް ފާހަގަ ކުރެވެ އެވެ. 

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެފައި ވަނީ، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ މާލީ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެދި ވަކާލާތު ކުރަމުން ދާނެ ކަމަށެވެ. ޔުރޭނިއަމް މުއްސަނދި ކުރުން ހިމެނޭހެން ނިއުކްލިއާ ހަކަތަ ބޭނުން ކުރުމުގެ ހައްގުތައް ހޯދުމުގައި އީރާން އިން ސާބިތުވެ އޮންނާނެ ކަމަށް ވެސް ޕެޒެޝްކިއާން ވިދާޅުވެފައިވެ އެވެ. 

ފައިނޭންޝަލް ޓައިމްސް އަށް ފިދާން ވިދާޅުވެފައި ވަނީ، އީރާން އިން ހަގީގީ އެއްބަސްވުމަކަށް އަންނަ އިޚުލާސްތެރިކަމާ އެކު ބޭނުންވާ ކަމަށް އޭނާ އަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި 2015 ވަނަ އަހަރު އެމެރިކާ އާއި، އެހެނިހެން ބާރު ތަކާ އެކު އެއްބަސްވުމަކަށް އައި ފަދައިން، ޔުރޭނިއަމް މުއްސަނދި ކުރުމާއި، އެ މިންވަރު ހިފެހެއްޓުމަށާއި، އަދި ހަރުކަށި އިންސްޕެކްޝަން ނިޒާމަކަށް އީރާން އިން އެއްބަސް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު މަޝްވަރާތައް ފަށާފައިވާއިރު، ދެ ޤައުމުން ވެެސް ވަނީ މަޝްވަރާ ތަކާ މެދު އުންމީދު ފާޅު ކޮށްފަ އެވެ. އަދި މަޝްވަރަތާއް ކުރިއަށް ގެންދެވޭނެ ކަމަށް ދެ ޤައުމުގެ އޮފިޝަލުން ވެސް ވަނީ ހާމަކޮށްފަ އެވެ.

މަސްދަރު: ރޮއިޓާސް

އެމެރިކާ-އީރާންހަކަން ފިދާންމަސްޢޫދު ޕެޒެޝްކިއަންނިއުކްލިއާ އެއްބަސްވުންއީރާން ނިއުކްލިއަރ ޕްރޮގްރާމްއީރާނުގެ މިސައިލް ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2026
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

11 ފެބުރުއަރީ 2026
ޓްރަމްޕް: އިރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް ނައުމަކީ ވަރަށް ބޮޑު މޮޔަކަމެއް

ޓްރަމްޕް: އިރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް ނައުމަކީ ވަރަށް ބޮޑު މޮޔަކަމެއް

11 ފެބުރުއަރީ 2026
ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް "ނޭދެވޭ" ނުފޫޒުތަކެއް ފޯރަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް "ނޭދެވޭ" ނުފޫޒުތަކެއް ފޯރަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

10 ފެބުރުއަރީ 2026
އީރާން-އެމެރިކާގެ ހަމަ ނުޖެހުމާ ގުޅިގެން ތެލުގެ އަގު މައްޗަށް

އީރާން-އެމެރިކާގެ ހަމަ ނުޖެހުމާ ގުޅިގެން ތެލުގެ އަގު މައްޗަށް

09 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު