Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަށް ނިކުމެއްޖެ

އިސްފަހާންގެ މަޝްހޫރު ނަގްޝޭ މައިދާނަށް އެއްވި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ޚާމަނާއީގެ ހަނދާން އައުކޮށް، އެމަނިކުފާނަށް އިޙުތިރާމް އަދާ ކުރަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މާރިޗު 2026 | އާދީއްތަ 06:28
ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމަ ފާޅު ކުރުމަށް އީރާންގެ އިސްފަހާން އަށް ޖަމާވެފައިވާ މީހުން

ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމަ ފާޅު ކުރުމަށް އީރާންގެ އިސްފަހާން އަށް ޖަމާވެފައިވާ މީހުން | ޕްރެސް ޓީވީ

އެމެރިކާ އިން ދިން ހަމަލާ ތަކެއްގައި އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު، އެކަމުގެ ހިތާމަފާޅު ކުރުމުގެ ގޮތުން އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަަށް ނިކުމެއްޖެ އެވެ. 

އީރާންގެ އިސްފަހާންގެ މަގު ތަކަށް އެތައް ހާސް ބަޔަކު ޖަމާވެފައިވާއިރު، އީރާން އަށް މިއީ މާޔޫސީ ވަގުތު ކޮޅެކެވެ. އިސްފަހާންގެ މަޝްހޫރު ނަގްޝޭ މައިދާނަށް އެއްވި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ޚާމަނާއީގެ ހަނދާން އައުކޮށް، އެމަނިކުފާނަށް އިޙުތިރާމް އަދާ ކުރަމުންނެވެ. 

އީރާންގެ ދައުލަތުގެ އިނގިރޭސި ޗެނަލެއް ކަަމަށްވާ ޕްރެސް ޓީީވީ އިން އާންމު ކޮށްފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި، އިސްފަހާންގެ މައިދާނަށް ޖަމާވި ގިނަ އަދަދެއްގެ މީހުން ދަނީ ޝުއޫރު ފާޅު ކުރުމުގެ އިތުރުން، މުޒާހަރާ ވެސް ކުރަމުންނެވެ. މިއީ ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި ބައިވެރިވުމަށާއި، އެމަނިކުފާނު އަވަހާރަވުމަށް ދިން ހަމަލާއާ ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި އެއްވުމެކެވެ. 

އީރާންގެ ސަރުކާރުން އާދީއްތަ ދުވަހުގެ ހެނދުނު ވަނީ، އެ ޤައުމުގެ އެންމެ މަތީވެރިޔާ ޚާމަނާއީ އަވަހާރަވެފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. އެމެރިކާގެ ހަމަލާ ތަކުގައި ޚާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު، އީރާން އިން ވަނީ ހިތާމަ ފާޅު ކުރުމަށް 40 ދުވަހުގެ މުއްދަތެއް ކަނޑައަޅައިފަ އެވެ. އަދި އެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ހަތް ދުވަހަށް ސަރުކާރު ބަންދު ކުރުމަށް ވެސް އީރާންގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

މި ހާދިސާއާ ގުޅިގެން އީރާން އަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، އެ ޤައުމުގެ އެކި ހިސާބު ތަކުގައި ދަނީ ހިތާމަ ފާޅު ކުރަމުގެ ގޮތުން އެކި އެކި ޙަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އިސްފަހާން އަކީ އީރާންގެ ތާރީޚީ އަދި ސަގާފީ ގޮތުން މުހިންމު ސަރަހައްދަަކަށްވާއިރު، އެ ސަރަހައްދުގައި އެއްވެފައިވާ މީހުންގެ އަދަދު އިންތިހާ އަށް ގިނަ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

އީރާންގެ ވެރިކަން ބަދަލު ކުރުމަކީ އެމެރިކާ އާއި އިޒްރޭލްގެ އިތުރުން، އެ ޤައުމުތަކުގެ ބައިވެރިން ވެސް ބޭނުންވާ ކަމެކެވެ. މީގެ ކުރިން ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެފަ އެވެ. ޚާމަނާއީ ފާހަގަ ވެގެން ގޮސްފައި ވަނީ، އެމެރިކާ އާއި އިޒްރޭލްގެ ކުރިމަތީގައި ފަސް ޖެހުމެއް ނެތި ބަސް ވިދާޅުވާ، ޖެހިލުން ކުޑަ ވެރިއެއްގެ ގޮތުގަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އާޔަތުﷲ އަލީ ޚާމަނާއީއެމެރިކާ-އިސްރާއީލް-އިރާންއީރާން-އެމެރިކާއީރާން-އިޒްރޭލްއީރާން

އިތުރަށް ކިޔާލަން

01 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

01 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
01 މާރިޗު 2026

އީރާާންގެ އިންޒާރުތަކާ ދެކޮޅަށް، ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި

01 މާރިޗު 2026
އީރާާންގެ އިންޒާރުތަކާ ދެކޮޅަށް، ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި
01 މާރިޗު 2026

ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ޖަރީމާއެއް، ދޫ ނުދީ ބަދަލު ހިފާނަން: އީރާންގެ ރައީސް

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ޖަރީމާއެއް، ދޫ ނުދީ ބަދަލު ހިފާނަން: އީރާންގެ ރައީސް
01 މާރިޗު 2026

މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

01 މާރިޗު 2026
މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި
01 މާރިޗު 2026

އިރާނުގެ މިސައިލް ހަމަލާގައި އިޒްރޭލުގެ ތެލް އަވީވުން އަންހެނަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

01 މާރިޗު 2026
އިރާނުގެ މިސައިލް ހަމަލާގައި އިޒްރޭލުގެ ތެލް އަވީވުން އަންހެނަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު