Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާާންގެ އިންޒާރުތަކާ ދެކޮޅަށް، ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި

ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުގެ ވަގުތެއްގައި އީރާނުން އެމެރިކާ އަށް ހަމަލާ ތަކެއް ދޭން އުޅޭ ކަމަށް. އަދި އެއީ މީގެ ކުރިން ދުވަހަކު ވެސް ދީފައި ނުވާ ފަދަ ވަރުގަދަ ހަމަލާ ތަކެއް ކަމަށް އީރާނުން ބުނަމުންދާ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 05:54
އީރާންއާ ދެކޮޅަށް އެމެރިކާ އިން ހިންގާ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތުތައް ބެއްލެވުމަށް ޓްރަމްޕް އާއި، އެމެރިކާގެ އިސްވެރިން ތިއްބެވި މަންޒަރު

އީރާންއާ ދެކޮޅަށް އެމެރިކާ އިން ހިންގާ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތުތައް ބެއްލެވުމަށް ޓްރަމްޕް އާއި، އެމެރިކާގެ އިސްވެރިން ތިއްބެވި މަންޒަރު | ވައިޓް ހައުސް

އެމެރިކާ އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށް ބުނެ އީރާާނުން އިންޒާރު ދެމުން އަންނައިރު، އެކަމާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ. 

އެގޮތުން ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުގެ ވަގުތެއްގައި އީރާނުން އެމެރިކާ އަށް ހަމަލާ ތަކެއް ދޭން އުޅޭ ކަމަށެެވެ. އަދި އެއީ މީގެ ކުރިން ދުވަހަކު ވެސް ދީފައި ނުވާ ފަދަ ވަރުގަދަ ހަމަލާ ތަކެއް ކަމަށް އީރާން އިން ބުނަމުންދާ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. 

އެއާ އެކު ޓްރަމްޕް އީރާނަށް ގޮވާލައްވާފައި ވަނީ އެފަދަ ފިޔަވަޅެއް ނޭޅުމަށެވެ. އެގޮތުން އީރާނުން އެމެރިކާ އަށް ހަމަލާ ދީފި ނަމަ، އެމެރިކާ އިން ދޭ ހަމަލާ މާ ވަރުގަދަ ވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ. އެމެރިކާ އިން ދެން ހަމަލާ ދޭނީ މީގެ ކުރިން ދުވަހަކު ވެސް ދެކިފައި ނުވާ ފަދަ ވަރުގަދަ ބާރަކާ އެކު ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕްގެ މި ވާހަކަ ތަކަކީ އީރާނުން ދީފާނެ ހަމަލާ އަކަށް ފާރަވެރިވެ، އެމެރިކާގެ އަސްކަރީ ޤާބިލުކަން ދެއްކުމުގެ ގޮތުން ދެއްވި އިންޒާރެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެ އެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އީރާނާ ދެކޮޅަށް ހަމަލާ ދޭން ފެށީ ވެސް އެމެރިކާ އާއި އިޒްރޭލް އެކުވެގެންނެވެ.

އެމެރިކާ އިން ދިން ހަަމަލާ ތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު، އީރާނުން ވަނީ އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. އެގޮތުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ނެރުއްވި ބަޔާނެއްގައި ވަނީ، އީރާން އިން ދޫ ނުދޭނެ ކަަމަށް ވިދާޅުވެ، ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ޖަރީމާއެއް، ދޫ ނުދީ ބަދަލު ހިފާނަން: އީރާންގެ ރައީސް

ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ޖަރީމާއެއް، ދޫ ނުދީ ބަދަލު ހިފާނަން: އީރާންގެ ރައީސް

01 މާރިޗު 2026
މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

01 މާރިޗު 2026
އިރާނުގެ މިސައިލް ހަމަލާގައި އިޒްރޭލުގެ ތެލް އަވީވުން އަންހެނަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

އިރާނުގެ މިސައިލް ހަމަލާގައި އިޒްރޭލުގެ ތެލް އަވީވުން އަންހެނަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

01 މާރިޗު 2026
އީރާންގެ މިސައިލް ނިޒާމަށް އިޒްރޭލުން ހަމަލާ ދީފި

އީރާންގެ މިސައިލް ނިޒާމަށް އިޒްރޭލުން ހަމަލާ ދީފި

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި

މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު