Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ޖަރީމާއެއް، ދޫ ނުދީ ބަދަލު ހިފާނަން: އީރާންގެ ރައީސް

އީރާންގެ ރައީސް ޕެޒެޝްކިއާންގެ ބަޔާނުގައި ވިދާޅުވީ، ޚާމަނާއީގެ މަތިވެރި ލޭ ފޮދު އޮހޮރާލުމަކީ އެމެރިކާ އާއި، ޒަޔަނިސްޓުންގެ އަނިޔާވެރިކަމާއި ޖަރީމާތައް ނައްތާލުމަށް ލިބުނު އައު ހިތްވަރަކަށް ވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މާރިޗު 2026 | އާދީއްތަ 05:26
އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ އަދި އެ ޤައުމުގެ ރައީސް ޕެޒެޝްކިއާން

އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ އަދި އެ ޤައުމުގެ ރައީސް ޕެޒެޝްކިއާން | ރޮއިޓާސް

އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ބޮޑު ޖަރީމާއެއް ކަމަށާއި، އެކަމުގައި ދޫ ނުދީ، ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ދެއްވައިފި އެވެ. 

އީރާންގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޚާމަނާއީ އަވާހަރަ ކޮށްލި އަމަލަކީ އިސްލާމީ އުންމަތާއި، ޝީއީ ތާރީޚުގައި ވެސް އައު ސަފުހާ ތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށާއި، އެ ޖަރީމާ އަށް ރައްދު ދޭނެ ކަމަށެވެ. އަދި އެކަމުގައި އެއްވެސް ދޫ ދިނުމެއް ނޯންނާނެ ކަމަށް ބުނެފައިވެ އެވެ. 

އީރާންގެ ރައީސް ޕެޒެޝްކިއާންގެ ބަޔާނުގައި ވިދާޅުވީ، ޚާމަނާއީގެ މަތިވެރި ލޭ ފޮދު އޮހޮރާލުމަކީ އެމެރިކާ އާއި، ޒަޔަނިސްޓުންގެ އަނިޔާވެރިކަމާއި ޖަރީމާތައް ނައްތާލުމަށް ލިބުނު އައު ހިތްވަރަކަށް ވާނެ ކަމަށެވެ. ޚާމަނާއީ އަވަހާރަ ކޮށްލި ހަމަލާ އަށް އިޝާރާތް ކުރައްވައި ޕެޒެޝްކިއާން ވިދާޅުވީ، އަނިޔާވެރި ކަމުގައި ހިންގާ އުދުވާންތައް މުލުން ލުހެލާނެ ކަމަށެވެ. 

މީގެ އިތުރުން އިސްލާމީ އުންމަތާއި ދުނިޔޭގެ މިނިވަން ކަމަށް ލޯބި ކުރާ ރައްޔިތުންގެ އެހީތެރިކަމާ އެކު، މި ބޮޑު ޖަރީމާ ހިންގުމުގައި ބައިވެރިވި މީހުންނާއި، އެކަމަށް އަމުރު ކުރި ފަރާތް ތަކުން ހިތާމަ ކުރަން ޖެހޭ ފަދަ ވަރުގަދަ ރައްދެއް ދޭނެެ ކަމަށް ވެސް ޕެޒެޝްކިއާން ވިދާޅުވި އެވެ. އެއާ އެކު ޕެޒެޝްކިއާން ވިދާޅުވީ، އެކަމުގައި އީރާން ދެމި އޮންނާނީ ފަސް ޖެހުމެއް ނެތް ވަރުގަދަ ޢަޒުމެއްގައި ކަމަށެވެ. 

އީރާންގެ އެންމެ މަތީ ވެރިޔާ ޚާމަނައީ އަވަހާރަ ކޮށްލުމާ ގުޅިގެން، އީރާންގެ ސަރުކާރުން ވަނީ 40 ދުވަހަށް ހިތާމަ ފާޅު ކުރުން އިއުލާން ކޮށްފަ އެވެ. އަދި އެ ހިތާމައިގައި ބައިވެރިވުމަށް، ހަތް ދުވަހަަށް ސަރުކާރު ބަންދު ކުރުމަށް ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާންއެމެރިކާއާޔަތުﷲ އަލީ ޚާމަނާއީއިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންއީރާން-އެމެރިކާއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

01 މާރިޗު 2026

މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

01 މާރިޗު 2026
މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި
01 މާރިޗު 2026

އިރާނުގެ މިސައިލް ހަމަލާގައި އިޒްރޭލުގެ ތެލް އަވީވުން އަންހެނަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

01 މާރިޗު 2026
އިރާނުގެ މިސައިލް ހަމަލާގައި އިޒްރޭލުގެ ތެލް އަވީވުން އަންހެނަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
01 މާރިޗު 2026

އީރާންގެ މިސައިލް ނިޒާމަށް އިޒްރޭލުން ހަމަލާ ދީފި

01 މާރިޗު 2026
އީރާންގެ މިސައިލް ނިޒާމަށް އިޒްރޭލުން ހަމަލާ ދީފި
01 މާރިޗު 2026

މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި
01 މާރިޗު 2026

ޒަޔަނިސްޓު މުޖުރިމުންނާއި ނުލަފާ އެމެރިކާ އިން ހިންގި އަމަލުތަކާ މެދު ހިތާމަކުރަން ޖެހޭވަރު ކުރާނެ ކަމަށް އީރާނުގެ ސަލާމަތީ އިސްވެރިޔާ ވިދާޅުވެއްޖެ

01 މާރިޗު 2026
ޒަޔަނިސްޓު މުޖުރިމުންނާއި ނުލަފާ އެމެރިކާ އިން ހިންގި އަމަލުތަކާ މެދު ހިތާމަކުރަން ޖެހޭވަރު ކުރާނެ ކަމަށް އީރާނުގެ ސަލާމަތީ އިސްވެރިޔާ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު