Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮސްޓްރޭލިއާ

އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އިޒްރޭލާއި ލުބުނާނުން ފޭބުމަށް އަންގައިފި

މެދުއިރުމަތީގެ މަޝްރަހު ގޯސްވަމުންދާތީ، ޔޫއޭއީ އާއި ގަތަރު ފަދަ ގައުމުތަކުގައި ތިބި އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތަކަށް ވެސް އެ ގައުމުތަކުން ފޭބުމުގެ އިޚްތިޔާރު އެ ގައުމުގެ ސަރުކާރުން ވަނީ ދީފައި. އީރާނުގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާއިން ހަރުކަށި އިންޒާރުތަކެއް ދެމުންދާއިރު، މަޝްވަރާގެ މަގު އިސްކޮށްފިނަމަ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އީރާނުން ބުނޭ. މި ނުތަނަވަސްކަމާ ގުޅިގެން، އިޒްރޭލާއި ލުބުނާނުގައި ތިބި އޮސްޓްރޭލިއާގެ އާންމު ރައްޔިތުން ވެސް ވީ އެންމެ އަވަހަކަށް އެ ގައުމުތަކުން ފޭބުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ އިރުޝާދު ދީފައި.

ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 19:32
އޮސްޓްރޭލިއާގެ ސިޑްނީއާއި ކެންބަރާއަށް އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައާއި ރާނީ ކެމިލާ ކުރައްވަމުން ގެންދަވާ ހަ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، 2024 އޮކްޓޫބަރު 22 ވަނަ ދުވަހު ސިޑްނީގެ އޮޕެރާ ހައުސް ކައިރީގައި ބޭއްވި ކަނޑުގެ ސިފައިންގެ ހަރަކާތްތަކުގެ ތެރެއިން، އޮސްޓްރޭލިއާގެ ދިދަ ހަރުކޮށްފައިވާ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ އެމް.އެޗް-60 އާރް ސީހޯކް ހެލިކޮޕްޓަރެއް އެ ސަރަހައްދުން އުދުހެނީ.

އޮސްޓްރޭލިއާގެ ސިޑްނީއާއި ކެންބަރާއަށް އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައާއި ރާނީ ކެމިލާ ކުރައްވަމުން ގެންދަވާ ހަ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، 2024 އޮކްޓޫބަރު 22 ވަނަ ދުވަހު ސިޑްނީގެ އޮޕެރާ ހައުސް ކައިރީގައި ބޭއްވި ކަނޑުގެ ސިފައިންގެ ހަރަކާތްތަކުގެ ތެރެއިން، އޮސްޓްރޭލިއާގެ ދިދަ ހަރުކޮށްފައިވާ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ އެމް.އެޗް-60 އާރް ސީހޯކް ހެލިކޮޕްޓަރެއް އެ ސަރަހައްދުން އުދުހެނީ. | އޭއެފްޕީ

މެދުއިރުމަތީގެ ސަލާމަތީ މަޝްރަހު ގޯސްވަމުންދާތީ، އިޒްރޭލާއި ލުބުނާނުގައި ތިބި އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އެ ދެ ގައުމުން ފޭބުމަށް އޮސްޓްރޭލިއާ ސަރުކާރުން އަންގައިފި ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުދަ ދުވަހު ބުނެފިއެވެ.

މީގެ އިތުރުން، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އުރުދުން އަދި ގަތަރުގައި ތިބި އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތަކަށް ވެސް، ބޭނުންނަމަ އެ ގައުމުތަކުން ފޭބުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލާފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ކޮންގްރެސްގައި ދެއްވި "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި، އީރާނަށް ހަމަލާދީފާނެ ކަމުގެ އިޝާރާތެއް ދެއްވަމުން ވިދާޅުވީ، ދުނިޔޭގައި ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ގާބިލުކަން ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތައް މި މަހުގެ ކުރީކޮޅު ވަނީ އަލުން ފަށާފައެވެ. އީރާނަށް ހަމަލާއެއް ދީފިނަމަ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފައިވީ ނަމަވެސް، ޚާރިޖީ ގުޅުންތަކަށް އިސްކަންދީފިނަމަ އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އީރާނުގެ އިސް ޑިޕްލޮމޭޓަކު އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ.

އިޒްރޭލާއި ލުބުނާނުގައި ތިބި އޮސްޓްރޭލިއާގެ އާންމު ރައްޔިތުން ވެސް، ވައިގެ މަގުން ދަތުރުކުރެވޭނެ ފުރުސަތުތައް އޮއްވައި އެ ގައުމުތަކުން ފޭބުމަށް ވިސްނުމަށް އޮސްޓްރޭލިއާ ސަރުކާރުން ދަނީ އިރުޝާދު ދެމުންނެވެ.

މަސްދަރު: ރޮއިޓާސް

އޮސްޓްރޭލިއާއިޒްރޭލްލުބުނާންޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާމެދު އިރުމަތި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެދުއިރުމަތީގެ މަސްރަހާ މެދު ޓްރަމްޕްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ސާފު މެސެޖެއް ނުދެއްވި

މެދުއިރުމަތީގެ މަސްރަހާ މެދު ޓްރަމްޕްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ސާފު މެސެޖެއް ނުދެއްވި

25 ފެބުރުއަރީ 2026
އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ މިސައިލް އީރާނުން އުފައްދަން އުޅޭ ކަމަށް ރައީސް ޓްރަމްޕް ކުރެއްވި ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފި

އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ މިސައިލް އީރާނުން އުފައްދަން އުޅޭ ކަމަށް ރައީސް ޓްރަމްޕް ކުރެއްވި ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފި

25 ފެބުރުއަރީ 2026
އެމެރިކާ އާއެކު އެއްބަސްވުމަކަށް އާދެވޭނީ ޑިޕްލޮމަސީ އަށް އިސްކަން ދީފި ނަމަ: އަރާގްޗީ

އެމެރިކާ އާއެކު އެއްބަސްވުމަކަށް އާދެވޭނީ ޑިޕްލޮމަސީ އަށް އިސްކަން ދީފި ނަމަ: އަރާގްޗީ

25 ފެބުރުއަރީ 2026
ވިލާތުގެ ގައުމުތަކާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ވައިގެ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށްފި

ވިލާތުގެ ގައުމުތަކާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ވައިގެ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށްފި

24 ފެބުރުއަރީ 2026
ހަނގުރާމައިގައި ހިޒްބުﷲ އިން އީރާނާ ބައިވެރިވެއްޖެ ނަމަ ލުބުނާނުގެ އާންމު ތަންތަނަށް ހަމަލާދޭނެ ކަމަށް އިޒްރޭލުން އިންޒާރު ދީފި

ހަނގުރާމައިގައި ހިޒްބުﷲ އިން އީރާނާ ބައިވެރިވެއްޖެ ނަމަ ލުބުނާނުގެ އާންމު ތަންތަނަށް ހަމަލާދޭނެ ކަމަށް އިޒްރޭލުން އިންޒާރު ދީފި

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު