Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް

އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

އީރާންގެ އަސްކަރީ ތަރުޖަމާނަކު ވިދާޅުވެފައިވާ ގޮތުގައި، އީރާންގެ ރައްދު ހަމަލާ ދޭނެ ވަގުތާއި، އެ ހަަމަލާ ދޭނެ ގޮތެއް ނިންމާނީ އެ ޤައުމުގެ އަސްކަރީ ކޮމާންޑަރުން. އަދި މި ހަމަލާ އަކީ، އިޒްރޭލްގެ އިތުރުން، އެމެރިކާ އަށް ވެސް އަމާޒުވާނެ ހަމަލާއެއް ކަމަށް އީރާންގެ ބައެއް މަސްދަރު ތަކުން ވަނީ އިޝާރާތް ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 08:21
އީރާންގެ ވެރި ރަށް ތެހެރާން އަށް އަމާޒުކޮށް، އިޒްރޭލް އާއި އެމެރިކާ އިން ދިން ހަމަލާގެ ސަބަބުން ދުން ގަނޑެއް އުފެދިފައި

އީރާންގެ ވެރި ރަށް ތެހެރާން އަށް އަމާޒުކޮށް، އިޒްރޭލް އާއި އެމެރިކާ އިން ދިން ހަމަލާގެ ސަބަބުން ދުން ގަނޑެއް އުފެދިފައި | އަލް- ޖަޒީރާ

އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާން އަށް ހަމަލާ ދީފައިވާއިރު، އެ ދެ ޤައުމާ ދެކޮޅަށް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި އެވެ. 

ރޮއިޓާސް އިން ހޮނިހިރު ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާނަށް ދިން ހަމަލާގެ ރައްދުގައި ވަރުގަދަ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އެ ޤައުމުގެ އޮފިޝަލަކު ވަނީ ދީފަ އެވެ. މީީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އީރާނުން އަންނަނީ ރައްދު ހަމަލާ ދިނުމަށް ފުރިހަމަ އަށް ތައްޔާރު ވަމުންނެވެ. 

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އިޒްރޭލް އާއި އެމެރިކާ އިން ވަނީ އީރާނަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ. އެފަހަރު ވެސް އީރާންގެ އިސްވެރިން ވަނީ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. އީރާންގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކޮންމެ އަމަލަކަށް އެކަށީގެންވާ ރައްދު ދިނުމަކީ އީރާން އަށް އޮތް ހައްގެކެވެ. 

އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފި
Raajje.mv

އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފި

އީރާންގެ މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހިންގާ ހަނގުރާމަ ފެށުމާއި، ދެމުން އަންނަ ހަމަލާ ތަކުގެ ރައްދު އަންނާނީ، ހީވެސް ނުކުރާހާ ވަރުގަދަކޮށެވެ. މި މައްސަލައިގައި އީރާންގެ ރޫޙާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ، ދުޝްމަނުންނާ ދެކޮޅަށް "ދަތް ދޮޅި ބިންދާލާ ފަދަ: ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައި ކަމަށް ބުނެފައިވެ އެވެ.

ހޮނިހިރު ދުވަހު އިޒްރޭލް އާއި އެމެރިކާ އިން އީރާން އަށް ހަމަލާ ދީފައިވާއިރު، އިޒްރޭލް އިން ބުނެފައި ވަނީ އެއީ އަމިއްލަ ރައްކާތެރި ކަމުގެ ހައްގުގައި ދިން ހަމަލާއެއް ކަމަށެވެ. އީރާން އަށް ހަމަލާ ދިން ފަހުން، އިޒްރޭލްގެ އެކި ހިސާބު ތަކުގައި ސައިރެން އިއްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އީރާންގެ އަސްކަރީ ތަރުޖަމާނަކު ވިދާޅުވެފައިވާ ގޮތުގައި، އީރާންގެ ރައްދު ހަމަލާ ދޭނެ ވަގުތާއި، އެ ހަަމަލާ ދޭނެ ގޮތެއް ނިންމާނީ އެ ޤައުމުގެ އަސްކަރީ ކޮމާންޑަރުންނެވެ. އަދި މި ހަމަލާ އަކީ، އިޒްރޭލްގެ އިތުރުން، އެމެރިކާ އަށް ވެސް އަމާޒުވާނެ ހަމަލާއެއް ކަމަށް އީރާންގެ ބައެއް މަސްދަރު ތަކުން ވަނީ އިޝާރާތް ކޮށްފަ އެވެ. 

މިދިޔަ އަހަރު އިޒްރޭލް އާއި އެމެރިކާ އިން އީރާން އަށް ދިން ހަމަލާއާ ގުޅިގެން، އެފަހަރު ވެސް އީރާން އިން ވަނީ ރައްދުގައި ހަމަލާ ދީފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އިޒްރޭލްއެމެރިކާއާޔަތުﷲ އަލީ ޚާމަނާއީމެދު އިރުމަތިއީރާން-އެމެރިކާއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފި

އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފި

28 ފެބުރުއަރީ 2026
އީރާން އަކީ ނުހައްގުން މީހުން ބަންދު ކުރާ ޤައުމެއް ކަމަށް އެމެރިކާާ އިން ކަނޑައަޅައިފި

އީރާން އަކީ ނުހައްގުން މީހުން ބަންދު ކުރާ ޤައުމެއް ކަމަށް އެމެރިކާާ އިން ކަނޑައަޅައިފި

28 ފެބުރުއަރީ 2026
އީރާންއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވަނީ

އީރާންއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވަނީ

28 ފެބުރުއަރީ 2026
ޠާލިބާނުންގެ ހަމަލާ ތަކުން ދިފާއުވުމުގެ ޙައްގު ޕާކިސްތާނަށް އޮންނާނެ: އެމެރިކާ

ޠާލިބާނުންގެ ހަމަލާ ތަކުން ދިފާއުވުމުގެ ޙައްގު ޕާކިސްތާނަށް އޮންނާނެ: އެމެރިކާ

28 ފެބުރުއަރީ 2026
އީރާންގެ މަޝްވަރާތަކާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، ހަމަލާ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ

އީރާންގެ މަޝްވަރާތަކާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، ހަމަލާ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު