Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީގެ މަރު

މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ޖަލުގައި އިސްލާމް ވެއްޖެ

އައިޖީއެމްއެޗްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އިސްލާމްވެ، ނަން ޔޫސުފަށް ބަދަލުކޮށްފައިވާކަން ކްރިމިނަލް ކޯޓުން ވަނީ ހާމަކޮށްފައި. މިކަމާ ގުޅިގެން މާވިންއަށް ދޭ އަދަބަށް ބަދަލެއް އަންނާނެތޯ ދައުލަތުން ދިރާސާ ކުރަމުންދާއިރު، ދިފާއީ ވަކީލުން އިތުރު ވަގުތަށް އެދުމުން މައްސަލައިގެ ހުލާސާ ބަޔާން އިއްވުން ވަނީ އަންނަ މާރިޗު މަހަށް ފަސްކޮށްފައި. މޭރީ މަރުވީ ދަންޖެހިގެން ކަމަށް މާވިން ބުނި ނަމަވެސް، ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި އޭނާ މަރުވީ ބާރުގަދަ އެއްޗަކުން ޖަހައި ދިން އަނިޔާތަކެއްގެ ސަބަބުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 11:00
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ދައުވާ އޭނާ ގެ ފިރިމީހާ މާވިން އެސްވައި ވަރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ.

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ދައުވާ އޭނާ ގެ ފިރިމީހާ މާވިން އެސްވައި ވަރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ. | ސޯޝަލް މީޑިއާ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ދައުވާ އޭނާ ގެ ފިރިމީހާ މާވިން އެސްވައި ވަރގަސް އިސްލާމްވެފައިވާ ކަން އިސްލާމިކް މިނިސްޓްރީން ކްރިމިނަލް ކޯޓަށް އަންގައިފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ މިހާރު ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ ޖަލު ބަންދުގައި ހުރި މާވިންއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައި އޮތީ މާވިން އިސްލާމްދީން ގަބޫލުކޮށް، އޭނާ ގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންކަމުން އަޑު އެހުން ކުރިއަށް ގެންދިޔައީ ޔޫސުފްގެ ނަމުން މުހާތަބު ކޮށްގެންނެވެ.

މިކަމާއި ގުޅިގެން ދައުލަތުގެ ވަކީލު ވަނީ، އާއްމުކޮށް ދައުލަތުން މީހުންނާ މުހާތަބު ކުރަނީ ޕޯސްޕޯޓު ފަދަ ރަސްމީ ލިޔުމުގައި އޮންނަ ނަމުން ކަމަށާއި، ދައުލަތުން ދެކޭ ގޮތް ސާފުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އޭނާ އިސްލާމްވުމާއެކު، އަދަބަށް ބަދަލު އަންނާނެތޯ މަޝްވަރާ ކުރުމަށްފަހު އެކަން ހާމަ ކުރާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ އަޑު އެހުމަކީ ބަޔާން އިއްވަން ބޭއްވި އަޑު އެހުމެއް ނަމަވެސް ބައެއް ލިޔުންތައް ނުލިބޭ ކަމަށާއި، ދިފާއު ވުމަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އިތުރު ވަގުތަށް ވަނީ އެދިފަ އެވެ. އެކަމާއި ގުޅިގެން ގާޒީ ވަނީ އިތުރު ފުރުސަތެއް ދޭން ނިންމާފަ އެވެ. އަދި މަރޗް މަހުގެ ތެރޭގައި ހުލާސާ ބަޔާން އިއްވަން އަޑު އެހުމެއް ތާވަލު ކުރި އެވެ. 

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ދައުވާ އޭނާ ގެ ފިރިމީހާ މާވިން އާއި އޭނާ ގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްސަލަ ކުރިން ގެންދިޔައީ ވަކި ވަކީންނެވެ. ނަމަވެސް، މިހާރު ޝަރީއަތް ކުރިއަށް ގެންދަނީ އެއްކޮށެވެ. މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އަދި ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.

މޭރީ ގްރޭސްގެ މަރާ ގުޅިގެން ފުލުހުން ތުހުމަތުތައް ކުރަން ފެށީ، ދަން ޖެހިފައި ހުރި ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާ ގެ ހަށިގަނޑުން ދަން ޖެހިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުންނެވެ. އެހެންކަމުން އޭނާ މަަރުވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އޭނާ ގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފަ އެވެ.

ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭގޮތުގައި މޭރީ މަރުވެފައިވަނީ ލިބުނު ޒަޚަމްތަކުގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓާ ގުޅިގެން ފުލުހުން ބުނެފައިވަނީ, އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މަރުވެފައިވަނީ ބްލަންޓް އިންޖަރީއެއްގެ ސަބަބުން ކަމަށެވެ. ބްލަންޓް އިންޖަރީއަކީ ގަދަކަމުން މީހަކަށް އަނިޔާއެއްދީގެން ނުވަތަ އެއްޗަކުން ޖަހައިގެން ލިބޭ އަނިޔާއަކުން ނުވަތަ ގެއްލުމަކުން ވާ މަރެކެވެ.

މޭރީ ގްރޭސްމާވިން އެސްވައި ވަރގަސްއިސްލާމިކް މިނިސްޓްރީކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލޭގައި ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

މާލޭގައި ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

26 ފެބުރުއަރީ 2026
އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް، ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް، ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

22 ފެބުރުއަރީ 2026
ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''

ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''

22 ފެބުރުއަރީ 2026
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި

21 ފެބުރުއަރީ 2026
މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި

މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި

21 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު