Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާގެ މަނަވަރުތަކަށް ޚިދުމަތްދޭ ދުބާއީގެ ޖަބަލް އަލީ ބަނދަރުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ

އީރާނުން ދިން ހަމަލާއެއް ހުއްޓުވުމަށް ފޮނުވާލި އިންޓަރސެޕްޓަރެއްގެ ބައިތައް ވެއްޓި، ދުބާއީގެ ޖަބަލް އަލީ ބަނދަރުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ސިވިލް ޑިފެންސްގެ ޓީމުތަކުން ފަށައިފި. ދުބާއީ މީޑިއާ އޮފީހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބަނދަރުގެ ބާރތެއްގައި. ޖަބަލް އަލީ ބަނދަރަކީ އެމެރިކާގެ މަނަވަރުތަކަށް ޚިދުމަތްދޭ ސަރަހައްދީ ގޮތުން މުހިންމު ބަނދަރެއް.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 01:29
ދުބާއީގެ ޖަބަލް އަލީ ބަނދަރު.

ދުބާއީގެ ޖަބަލް އަލީ ބަނދަރު. | ޚަލީޖް ޓައިމްސް

އީރާނުން ޔޫއޭއީ އާއި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެން، ވައިގެ މަގުން ދިން ހަމަލާއެއް ހުއްޓުވުމަށް ފޮނުވާލި އިންޓަރސެޕްޓަރެއްގެ ބައިތައް ވެއްޓި ޖަބަލް އަލީ ބަނދަރުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ދުބާއީގެ ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށް އާދިއްތަ ދުވަހު އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ދުބާއީ މީޑިއާ އޮފީހުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވައިގެ މަގުން އައި ހަމަލާއެއް ހުއްޓުވުމުގެ ތެރޭގައި އޭގެ ބައިތައް ވެއްޓުމުގެ ސަބަބުން ޖަބަލް އަލީ ބަނދަރުގެ ބާރތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަން ދުބާއީގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި ދުބާއީ ސިވިލް ޑިފެންސްގެ ޓީމުތަކުން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

ޖަބަލް އަލީ ބަނދަރަކީ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ބަނދަރުކުރުމުގެ އިތުރުން، މަތިންދާބޯޓު އުފުލާ ބޮޑެތި މަނަވަރުތަކަށްވެސް ޚިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ މުހިންމު ބަނދަރެކެވެ.

މަސްދަރު: އޭއެފްޕީ

އީރާންޔޫއޭއީދުބާއީޖަބަލް އަލީ ބަނދަރުދުބާއީ މީޑިއާ އޮފީސްދުބާއީ ސިވިލް ޑިފެންސްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާމަނައީ އަވަހާރަވެއްޖެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

ޚާމަނައީ އަވަހާރަވެއްޖެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

28 ފެބުރުއަރީ 2026
އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހީން ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީ ވާން އެދެފި

އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހީން ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީ ވާން އެދެފި

28 ފެބުރުއަރީ 2026
މެދުއިރުމައްޗަށް ދަތުރުކުރާ ދިވެހިން ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފި

މެދުއިރުމައްޗަށް ދަތުރުކުރާ ދިވެހިން ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފި

28 ފެބުރުއަރީ 2026
ކުވައިތުން ތަރާވީޙް ނަމާދު މެދުކަނޑާލައިފި، އީރާނުގެ ހަމަލާގައި އެ ގައުމުގެ 12 މީހަކަށް އަނިޔާވެއްޖެ

ކުވައިތުން ތަރާވީޙް ނަމާދު މެދުކަނޑާލައިފި، އީރާނުގެ ހަމަލާގައި އެ ގައުމުގެ 12 މީހަކަށް އަނިޔާވެއްޖެ

28 ފެބުރުއަރީ 2026
ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި

ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު