Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް

އީރާންގެ މިސައިލް ނިޒާމަށް އިޒްރޭލުން ހަމަލާ ދީފި

އިޒްރޭލުން ބުނީ އެ ޤައުމުން ދިން ހަމަލާތަކުގެ ސަބަބުން، އީރާނުގެ ވެރިކަމުގެ އެންމެ މުހިންމު ބާރުތަކަށް، އަދި ހަމަލާދޭ ނިޒާމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 03:41
މީގެ ކުރިން އީރާން އަށް އަމާޒުކޮށް އިޒްރޭލް އިން ދީފައިވާ ހަމަލާގެ ތެރެއިން

މީގެ ކުރިން އީރާން އަށް އަމާޒުކޮށް އިޒްރޭލް އިން ދީފައިވާ ހަމަލާގެ ތެރެއިން | އަލް- ޖަޒީރާ

އީރާންގެ މެދު ތެރޭގައި ހުންނަ މިސައިލް އަދި ވައިގެ ދިފާއީ ނިޒާމު ތަކަށް އަމާޒުކޮށް ހަަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި އެވެ. 

އިޒްރޭލްގެ އަސްކަރިއްޔާ އިން މިކަން ހާމަ ކޮށްފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. 

އިޒްރޭލްގެ އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައި ވަނީ، އީރާނުގެ މެދު ތެރޭގައި ދިން މި ހަމަލާ ތަކުގެ ސަބަބުން، އިޒްރޭލަށް ދޭންއުޅުނު  އެތައް މިސައިލް ހަމަލާ ތަކެއް ހުއްޓުވާފައިވާ ކަމަށެވެ.

އިޒްރޭލުން ބުނީ އެ ޤައުމުން ދިން ހަމަލާ ތަކުގެ ސަބަބުން، އީރާނުގެ ވެރިކަމުގެ އެންމެ މުހިންމު ބާރު ތަކަށް، އަދި ހަމަލާދޭ ނިޒާމަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ދީފައިވާ ކަމަށެވެ.

އިޒްރޭލްގެ ސިފައިންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ހަމަލާ ތަކުގެ މަގުސަދަކީ އީރާނުގެ މިސައިލް ހަރުތަކާއި، ވައިގެ ދިފާއީ ނިޒާމުތައް ނައްތާލުމެވެ. އަދި މި ހަމަލާ ތަކުގެ ސަބަބުން، އިޒްރޭލަށް ހަމަލާ ދިނުމުގައި އީރާނުގެ ޤާބިލުކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އިޒްރޭލުން ބުނެފައިވެ އެވެ.

މި ހަމަލާ ތަކުގައި އީރާނުގެ މެދުތެރޭގައި ހުންނަ ސްޓްރެޓީޖިކް ލަނޑު ދަނޑިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދެވިފައިވާ ކަމަށް އިޒްރޭލްގެ އަސްކަރިއްޔާ އިން ދަޢުވާކުރެ އެވެ. އަދި އީރާނުގެ ވައިގެ ދިފާއީ ނިޒާމަށް ވެސް ގެއްލުން ތަކެއް ދީފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

އިޒްރޭލްގެ ހަމަލާ ތަކުގެ ރައްދުގައި އީރާނުން ވެސް ވަރުގަދަ ހަމަލާ ތަކެއް ދެމުން އަންނައިރު، އިޒްރޭލުން އެކަމުގެ މައުލޫމާތު ހާމަ ކޮށްފައި ނުވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި

މެދުއިރުމަތީގެ މަސްރަހު ނުރައްކާވެ، ދުބާއީ އެއާޕޯޓާއެކު އެ ސަރަހައްދުގެ މައި އެއާޕޯޓުތައް ބަންދު ކުރުމުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ލޮޅުމެއް އަރައިފި

01 މާރިޗު 2026
ޒަޔަނިސްޓު މުޖުރިމުންނާއި ނުލަފާ އެމެރިކާ އިން ހިންގި އަމަލުތަކާ މެދު ހިތާމަކުރަން ޖެހޭވަރު ކުރާނެ ކަމަށް އީރާނުގެ ސަލާމަތީ އިސްވެރިޔާ ވިދާޅުވެއްޖެ

ޒަޔަނިސްޓު މުޖުރިމުންނާއި ނުލަފާ އެމެރިކާ އިން ހިންގި އަމަލުތަކާ މެދު ހިތާމަކުރަން ޖެހޭވަރު ކުރާނެ ކަމަށް އީރާނުގެ ސަލާމަތީ އިސްވެރިޔާ ވިދާޅުވެއްޖެ

01 މާރިޗު 2026
ޚާމަނާއީ އަވަހާރަވެއްޖެ! ދެން ވާނީ ކިހިނެއް؟

ޚާމަނާއީ އަވަހާރަވެއްޖެ! ދެން ވާނީ ކިހިނެއް؟

01 މާރިޗު 2026
ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އީރާންގެ މީޑިއާ ތަކުން ބުނެފި

ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އީރާންގެ މީޑިއާ ތަކުން ބުނެފި

01 މާރިޗު 2026
ދުނިޔޭގެ ތެޔޮ ސަޕްލައި ކުރުމުގެ އެންމެ މުހިންމު މަގު ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރިކަން  އީރާނުން ރަސްމީކޮށް އިއުލާނު ކޮށްފި

ދުނިޔޭގެ ތެޔޮ ސަޕްލައި ކުރުމުގެ އެންމެ މުހިންމު މަގު ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރިކަން އީރާނުން ރަސްމީކޮށް އިއުލާނު ކޮށްފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު