Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޒަޔަނިސްޓު މުޖުރިމުންނާއި ނުލަފާ އެމެރިކާ އިން ހިންގި އަމަލުތަކާ މެދު ހިތާމަކުރަން ޖެހޭވަރު ކުރާނެ ކަމަށް އީރާނުގެ ސަލާމަތީ އިސްވެރިޔާ ވިދާޅުވެއްޖެ

1 މާރިޗު 2026 | އާދީއްތަ 03:15

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދިން ނުރައްކާތެރި ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން، އީރާނުގެ އަސްކަރިއްޔާއިން ވަނީ އިޒްރޭލުގެ ރަށްތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައި. މި ހަމަލާތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ބާރު އީރާނަށް ލިބިގެންވާ ކަމަށާއި، އުދުވާނީ ހަމަލާތައް ހުއްޓާލުމުން ނޫނީ ރައްދު ދިނުން ހުއްޓާނުލާނެ ކަމަށް.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 03:15
އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް އެއް މަސްއޫލުވެރިޔާ އަލީ ލަރިޖާނީ.

އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް އެއް މަސްއޫލުވެރިޔާ އަލީ ލަރިޖާނީ. | ރޮއިޓާސް

ޒަޔަނިސްޓު މުޖުރިމުންނާއި ނުލަފާ އެމެރިކާ އިން ހިންގި އަމަލުތަކާ މެދު ހިތާމަކުރަން ޖެހޭވަރު ކުރާނެ ކަމަށް އީރާނުގެ ސަލާމަތީ އިސްވެރިޔާ ވިދާޅުވެއްޖެއެވެ. ހޮނިހިރު ދުވަހު އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން، އެ ދެ ގައުމު އެކަމާ ހިތާމަކުރަން ޖެހޭވަރު ކުރާނެ ކަމަށް އީރާނުގެ ސަލާމަތީ އެންމެ އިސް އޮފިޝަލު ވަނީ ވައުދުވެވަޑައިގެންފައެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސް.އެން.އެސް.ސީ) ގެ ސެކްރެޓަރީ އަލީ ލަރީޖާނީ މިހެން ވިދާޅުވީ، ތެލް އަވީވާއި ވޮޝިންޓަނުން އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމައާ ގުޅިގެން ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަދި ބައިނަލްއަގުވާމީ ނިޒާމު ހަލާކުކުރާ ނުބައި އަނިޔާވެރިންނަށް، އީރާނުގެ ކެރޭ ސިފައިންނާއި މަތިވެރި ރައްޔިތުން ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ ފިލާވަޅެއް ދަސްކޮށްދޭނެ ކަމަށްވެސް ލަރީޖާނީ ވިދާޅުވިއެވެ.

ލަރީޖާނީ މިފަދައިން ވިދާޅުވީ، ހޮނިހިރު ދުވަހުގެ ފަތިހު އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނުގެ އެކި ސިޓީތަކަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ މައިގަނޑު ގޮތެއްގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ.

އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުން އީރާނުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އީރާނުގެ ދެކުނު ޕްރޮވިންސެއް ކަމަށްވާ ހޯރްމުޒްގާންގެ ފަށާ ތައުލީމުދޭ ސުކޫލަކަށް ދިން ހަމަލާގައި މަރުވި 100 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

މި ހަމަލާތަކުގެ ރައްދުގައި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ އިޒްރޭލުން ހިފާފައިވާ ބިންތަކުގެ އަސްކަރީ އަމާޒުތަކަށް ތިން ފަހަރެއްގެ މަތިން ބޮޑެތި ހަމަލާތަކެއް ދީފައެވެ. ތެލް އަވީވާއި ހައިފާ ހިމެނޭ ގޮތަށް އެކި ސިޓީތަކަށް ދިން މި ހަމަލާތަކުގެ ސަބަބުން، އެ ސަރަހައްދުތަކުގައި ވަޒަންވެރިވެފައިވާ މީހުންނަށް ވަނީ ބިންގަރާސްތަކަށް ވަންނަން މަޖުބޫރުވެފައެވެ.

މީގެ އިތުރުން، އީރާނާ ދެކޮޅަށް ހިންގި އުދުވާނުގައި ބައިވެރިވުމުގެ ސަބަބުން، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް އައި.އާރު.ޖީ.ސީ އިން ވަނީ ހަމަލާދީފައެވެ. މީގެ ތެރޭގައި ބަހުރޭންގައި އޮންނަ އެމެރިކާގެ ފިފްތް ފްލީޓާއި، ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުރި އެމެރިކާގެ މުހިންމު އަސްކަރީ މަރުކަޒުތައް ހިމެނެއެވެ.

މި އުދުވާނީ ހަމަލާތައް ދީފައިވަނީ، އޮމާން ސަރުކާރު މެދުވެރިވެގެން ތެހެރާނާއި ވޮޝިންޓަނާ ދެމެދު ނިއުކްލިއާ މައްސަލައިގައި ނުސީދާ މަޝްވަރާތަކެއް ކުރިއަށްދަނިކޮށެވެ. މި މަޝްވަރާތަކުގެ އެންމެ ފަހު ބުރު ބުރާސްފަތި ދުވަހު ޖެނީވާގައި ބާއްވާފައިވާއިރު، ދެ ފަރާތުންވެސް ވަނީ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ކުރީކޮޅު އެމެރިކާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި، އީރާނުގެ މަޝްވަރާ ޓީމުގެ އިސްވެރިޔާ އަދި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، އީރާނަކީ އެތައް ހާސް އަހަރެއްވީ މަތިވެރި ތަމައްދުނެއް އޮތް "ބޮޑު ގައުމެއް" ކަމަށެވެ.

އަރާގްޗީ ވިދާޅުވީ، އަމިއްލަ ނަފްސު ދިފާއުކުރާނެ ގޮތް އީރާނަށް އެނގޭ ކަމަށާއި، އީރާނު ދެމިއޮންނާނެ ކަމަށެވެ. އަދި އުދުވާނީ ހަމަލާތައް ހުއްޓާލި ހިނދަކުން، އީރާނުން އަމިއްލަ ދިފާއުގައި ދޭ ހަމަލާތައްވެސް ހުއްޓާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ހަމަހިމޭނުން ބަލާކަށް ނުތިބެވޭނެ،" އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް ހިންގާ އެއްވެސް އުދުވާނީ އަމަލެއްގައި، ގަލްފުގެ ގައުމުތަކުގެ ބިން ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް އީރާނުން މީގެ ކުރިން ވަނީ އެ ގައުމުތަކަށް އިންޒާރު ދީފައެވެ.

އީރާން-އިސްރާއީލުއީރާން-އެމެރިކާޢަލީ ލަރިޖާނީއައްބާސް އަރަގްޗީއައިއާރުޖީސީ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

20 އޯގަސްޓު 2026
ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ
20 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ

20 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ
20 އޯގަސްޓު 2026

ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް އަދިވެސް ދޫނުކުރޭ

20 އޯގަސްޓު 2026
ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް އަދިވެސް ދޫނުކުރޭ
19 އޯގަސްޓު 2026

އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް

19 އޯގަސްޓު 2026
އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް
18 އޯގަސްޓު 2026

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

18 އޯގަސްޓު 2026
އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި
17 އޯގަސްޓު 2026

އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
17 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

17 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ
17 އޯގަސްޓު 2026

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟

17 އޯގަސްޓު 2026
އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟
17 އޯގަސްޓު 2026

އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި

17 އޯގަސްޓު 2026
އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި
17 އޯގަސްޓު 2026

އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް