Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޚާމަނާއި އަވަހާރަވި ވާހަކަ ދޮގު ކޮށްފި، އެކަމަކު ދަރިކަނބަލުންނާއި ކާފަ ދަރިކަލުން އަވަހާރަ ވެއްޖެ

އީރާންގެ އެންމެ އިސްވެރިޔާގެ އޮފީހުގެ ޕަބްލިކް ރިލޭޝަންސްގެ ވެރިޔާ ވިދާޅުވެފައި ވަނީ، އެއީ އީރާންއާ ދެކޮޅަށް ދުޝްމަނުން ހިންގާ ނަފްސާނީ ކެމްޕެއިނެއް ނުވަތަ ހަނގުރާމައެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މާރިޗު 2026 | އާދީއްތަ 01:13
އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ.

އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ. | ރޮއިޓާސް

އީރާންގެ ރޫހާނީ ލީޑަރު އާޔަތު الله އަލީ ޚާމަނާއީ އަވަހާރަ ވެއްޖެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އިއުލާން އީރާނުން ދޮގު ކޮށްފި އެވެ.

އެގޮތުން އީރާންގެ އިސްވެރިންނާއި، އެ ޤައުމުގެ ރަސްމީ މީޑިޔާ ތަކުން އެ ވާހަކަ ދޮގު ކޮށްފައިވާ ކަމަށް އަލް ޖަޒީރާގައި ބުނެފައިވެ އެވެ. 

އެއާ އެކު، މިކަމުގައި އެމެރިކާ އިން ހާމަ ކުރަމުންދާ މައުލޫމާތާއި، އީރާން އިން ދެމުން ގެންދާ މައުލޫމާތު ތަކުގައު ތަފާތު ތަކެއް ހުރިކަން ފާހަގަވެފައިވެ އެވެ. 

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ ކުރިން ވެސް ޚާމަނާއީ ސަލާމަތުން ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ފަހުން ޓްރަމްޕް ވަނީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ.

އީރާންގެ އެންމެ އިސްވެރިޔާގެ އޮފީހުގެ ޕަބްލިކް ރިލޭޝަންސްގެ ވެރިޔާ ވިދާޅުވެފައި ވަނީ، އެއީ އީރާންއާ ދެކޮޅަށް ދުޝްމަނުން ހިންގާ ނަފްސާނީ ކެމްޕެއިނެއް ނުވަތަ ހަނގުރާމައެއް ކަމަށެވެ.

އީރާންގެ ސަރުކާރާ ގުޅިފައިވާ ނޫސް ތަކުން ވެސް ވަނީ އެ ވާހަކަ ދޮގު ކޮށްފަ އެވެ. އެގޮތުން އެ ނޫސް ތަކުން ބުނެފައި ވަނީ، ޚާމަނާއީ ހުންނެވީ ވަރަަށް ވަރުގަދަ ޢަޒުމެއްގައި ކަމަށާއި، އޭނާ ހުންނެވީ ވެރިކަމުގައި ކަމަށެވެ. މީގެ އިތުރުން އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ދެ މެމްބަރަކު ވެސް ވަނީ އެކަން ދޮގު ކޮށްފަ އެވެ. 

މިވަގުތު އީރާންގެ އެންމެ ބޮޑު ސްޓޭންޑަކީ އެމެރިކާ އިން ފަތުރާ މި ޚަބަރުތައް ވަރުގަދަ ގޮތެއްގައި ދޮގު ކުރުމެވެ. 

ނަމަވެސް، ހޮނިހިރު ދުވަހުގެ ހަމަލާ ތަކުގައި ޕާސްޗާ ސަރަހައްދު ކައިރީގައި ވަރަށް ބޮޑެތި އަދި ގިނަ ގޮވުން ތަކެއްގެ އަޑު އިވިފައިވެ އެވެ. އެއީ އީރާންގެ އެންމެ އިސްވެރިޔާގެ އިތުރުން، އެ ޤައުމުގެ ރައީސްގެ އޮފީސް ހުންނަ ސަރަހައްދެވެ. އަދި ސިފައިންގެ ބައެއް މަރުކަޒު ތަކާއި، ޔުނިވާސިޓީތައް ވެސް ހުންނަ ސަރަހައްދެވެ.

އެހެންކަމުން މިއީ ކަށަވަރު ނުވާ އަދި ބަދަލު ވަމުން އަންނަ ޙާލަތެއް ކަމަށް މާހިރުން ބުނެ އެވެ. އެމެރިކާގެ އިއުލާން އަށް ބާރު ލިބޭ، އަދި އެއީ ތެދެެއް ކަމަށް ބުނާ އެއްވެސް މައުލޫމާތެއް އީރާން އިން ލިބިފައި ނުވެ އެވެ. 

ނަމަވެސް އީރާންގެ އައިއާރުޖީސީއާ ގުޅުން އޮންނަ ނިއުސް އެޖެންސީ އިން ބުނެފައި ވަނީ ޚާމަނާއީގެ ދަރިކަނބަލުން އަދި ކާފަ ދަރިފުޅު އަވަހާރަ ކޮށްލާފައިވާ ކަމަށެވެ. އެކަން ރިޕޯޓު ކޮށްފައި ވަނީ އަލް ޖަޒީރާގަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އާޔަތުﷲ އަލީ ޚާމަނާއީއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ ހޫނު ހަބަރު

އިތުރަށް ކިޔާލަން

01 މާރިޗު 2026

ޚާމަނާއީ އަވަހާރަވެއްޖެ! ދެން ވާނީ ކިހިނެއް؟

01 މާރިޗު 2026
ޚާމަނާއީ އަވަހާރަވެއްޖެ! ދެން ވާނީ ކިހިނެއް؟
01 މާރިޗު 2026

ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އީރާންގެ މީޑިއާ ތަކުން ބުނެފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އީރާންގެ މީޑިއާ ތަކުން ބުނެފި
01 މާރިޗު 2026

ދުނިޔޭގެ ތެޔޮ ސަޕްލައި ކުރުމުގެ އެންމެ މުހިންމު މަގު ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރިކަން އީރާނުން ރަސްމީކޮށް އިއުލާނު ކޮށްފި

01 މާރިޗު 2026
ދުނިޔޭގެ ތެޔޮ ސަޕްލައި ކުރުމުގެ އެންމެ މުހިންމު މަގު ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރިކަން  އީރާނުން ރަސްމީކޮށް އިއުލާނު ކޮށްފި
01 މާރިޗު 2026

ސަރަހައްދުގައި ހުރި އެމެެރިކާ އާއި އިޒްރޭލްގެ ހުރިހާ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އަނެއްކާ ވެސް އީރާނުން ދީފި

01 މާރިޗު 2026
ސަރަހައްދުގައި ހުރި އެމެެރިކާ އާއި އިޒްރޭލްގެ ހުރިހާ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އަނެއްކާ ވެސް އީރާނުން ދީފި
28 ފެބުރުއަރީ 2026

ޚާމަނައީ އަވަހާރަވެއްޖެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

28 ފެބުރުއަރީ 2026
ޚާމަނައީ އަވަހާރަވެއްޖެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު