Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސަރަހައްދުގައި ހުރި އެމެެރިކާ އާއި އިޒްރޭލްގެ ހުރިހާ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އަނެއްކާ ވެސް އީރާނުން ދީފި

އިރަވާނީ ތުހުމަތު ކުރެއްވި ގޮތުގައި އީރާންއާ ދެކޮޅަށް. އެމެރިކާ ހަނގުރާމައިގެ ތެރެއަށް ވެއްދީ އިޒްރޭލް އިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މާރިޗު 2026 | އާދީއްތަ 01:15
އީރާން އިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު.

އީރާން އިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު. | ރޮއިޓާސް

ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ ހުރިހާ މަރުކަޒު ތަކަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން އަނެއްކާ ވެސް ދީފި އެވެ. 

އީރާން އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަމީރު ސައީދު އިރަވާނީ ވިދާޅުވީ، ސަރަހައްދުގައި ހުރި އެމެެރިކާ އާއި އިޒްރޭލްގެ ހުރިހާ މަރުކަޒު ތަކާއި ވަސީލަތްތަކަކީ ހަމަލާ ދޭން ޖެހޭ އަމާޒުގެ ގޮތުގައި އީރާން އިން ބަލަމުން އަންނަ ކަމަށެވެ.

އެއާ އެކު އޭނާ ވިދާޅުވީ، އީރާނުން އެ ޤައުމުގެ އަމިއްލަ ނަފްސުގެ ދިފާއުގައި ފުރިހަމަ އަަށް މަސައްކަތް ކުރާނެ ކަމަށާއި، އީރާނުން އެ ހައްގު ދޫކޮށް ނުލާނެ ކަމަށެވެ. އަދި އެއީ އީރާނަށް ލިބިގެންވާ ޤާނޫނީ ހައްގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އިރަވާނީ ވިދާޅުވީ، އީރާނުން އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު ބޭނުން ކުރުން ދެމެހެއްޓޭނީ، އެމެެެރިކާ އާއި އިޒްރޭލްގެ ހަމަލާތައް މުޅިން ހުއްޓާލުމުން ކަމަށެވެ. އެއާ އެކު އޭނާ ވިދާޅުވީ، އިޒްރޭލް އާއި އެމެެރިކާ އިން އީރާނަށް ދެމުން އަނަނަ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށެވެ. 

އިތުރަށް އިރަވާނީ ވިދާޅުވީ، އީރާންގައި ކައިރީގައި އޮންނަ ޤައުމު ތަކުގެ ސިޔާދަތާއި ސަރަހައްދީ ހުރުމަތް ދެނެގަނެ، އެކަމަށް އިހްތިރާމް ކުރާ ޤައުމެއް ކަމަށެވެ. އަދި އީރާންގެ ކައިރީގައި އޮންނަ ޤައުމު ތަކުގެ ސިޔާދަތަށް އިހްތިރާމް ކުރުމުގައި ބަދަލެެއް ނާންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިރަވާނީ ތުހުމަތު ކުރެއްވި ގޮތުގައި އީރާންއާ ދެކޮޅަށް. އެމެރިކާ ހަނގުރާމައިގެ ތެރެއަށް ވެއްދީ އިޒްރޭލް އިންނެވެ. 

މަސްދަރު: އަލް ޖަޒީރާ

އަމީރު ސައީދު އިރަވާނީއީރާން-އިޒްރޭލްއީރާން-އެމެރިކާއެމެރިކާ-އީރާން-އިޒްރޭލް

އިތުރަށް ކިޔާލަން

01 މާރިޗު 2026

ޚާމަނާއި އަވަހާރަވި ވާހަކަ ދޮގު ކޮށްފި، އެކަމަކު ދަރިކަނބަލުންނާއި ކާފަ ދަރިކަލުން އަވަހާރަ ވެއްޖެ

01 މާރިޗު 2026
ޚާމަނާއި އަވަހާރަވި ވާހަކަ ދޮގު ކޮށްފި، އެކަމަކު ދަރިކަނބަލުންނާއި ކާފަ ދަރިކަލުން އަވަހާރަ ވެއްޖެ
28 ފެބުރުއަރީ 2026

ޚާމަނައީ އަވަހާރަވެއްޖެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

28 ފެބުރުއަރީ 2026
ޚާމަނައީ އަވަހާރަވެއްޖެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި
28 ފެބުރުއަރީ 2026

އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް

28 ފެބުރުއަރީ 2026
އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް
28 ފެބުރުއަރީ 2026

އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހީން ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީ ވާން އެދެފި

28 ފެބުރުއަރީ 2026
އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހީން ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީ ވާން އެދެފި
28 ފެބުރުއަރީ 2026

ރަޝިޔާ އާއި ކުވެއިތުން އީރާން އަށް ކުރާ ދަތުރުތައް މެދު ކަނޑާލައިފި

28 ފެބުރުއަރީ 2026
ރަޝިޔާ އާއި ކުވެއިތުން އީރާން އަށް ކުރާ ދަތުރުތައް މެދު ކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު