އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ
20 އޯގަސްޓު 2026 | ބުރާސްފަތި 06:30އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ވިދާޅުވީ، ޓްރަމްޕްގެ މި ނިންމެވުމަކީ އެމެރިކާ އަށް ކުރިމަތިވެފައިވާ ދަރަނި ބޮޑުވުމުގެ މައްސަލަ އާއި އިންޓްރެސްޓް ރޭޓު ނުވަތަ އިންތިހާ އަށް އުފުލެމުންދާ ޚަރަދުތަކުގެ ވާހަކަ އޮޅުވާލުމަށް ހިންގަވާ އަމަލެއް ކަމަށް. އަދި މިއީ އެމެރިކާގެ އިޤްތިސާދީ ހާލަތު އޮތް ގޮތުން އާންމުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި


އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ | ގެޓީ އިމޭޖަސް
އީރާންއާ ދެކޮޅަށް އަޅާނެ ކަމަށް އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި އިޤްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް، ނުވަތަ "އިކޮނޮމިކް ޑީ ޑޭ" އަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އަރާގްޗީ ވިދާޅުވީ މިއީ އެމެރިކާގެ އެތެރޭގެ މައްސަލަތަކުން މީހުންގެ ސަމާލުކަން އަނބުރާލުމަށް ކުރާ ކަމެއް ކަމަށާއި، މީގެ ސަބަބުން އެމެރިކާ އަށް ލިބޭނީ އިތުރު ނާކާމިޔާބީއެއް ކަމަށެވެ.

އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ވިދާޅުވީ، ޓްރަމްޕްގެ މި ނިންމެވުމަކީ އެމެރިކާ އަށް ކުރިމަތިވެފައިވާ ދަރަނި ބޮޑުވުމުގެ މައްސަލަ އާއި އިންޓްރެސްޓް ރޭޓު ނުވަތަ އިންތިހާ އަށް އުފުލެމުންދާ ޚަރަދުތަކުގެ ވާހަކަ އޮޅުވާލުމަށް ހިންގަވާ އަމަލެއް ކަމަށެވެ. އަދި މިއީ އެމެރިކާގެ އިޤްތިސާދީ ހާލަތު އޮތް ގޮތުން އާންމުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އިރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އިތުރަށް އިންޒާރު ދެއްވަމުން ވިދާޅުވީ، މީގެ ކުރިން ވެސް ނާކާމިޔާބުވެފައިވާ ސިޔާސަތުތައް ތަކުރާރު ކުރުމަކީ އެމެރިކާ އަށް އިތުރަށް ބަލި ގަބޫލު ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ މިފަދަ އަމަލުތަކަކީ "އިޤްތިސާދީ ޓެރަރިޒަމް" ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިސާދަށާއި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފު ކުރަން އުޅޭ ޓެރިފްތަކާއި އިޤްތިސާދީ ހަރުކަށި ފިޔަވަޅުތަކަކީ ބައިނަލްއަޤުވާމީ ވިޔަފާރި އަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި އީރާން އިން ދެކެ އެވެ. އަރާގްޗީގެ ވާހަކައިގައި ބާރު އެޅުއްވީ، އެމެރިކާގެ މި ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ މަގުސަދު ހާސިލު ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި ދުނިޔޭގެ ބާޒާރުގައި އެމެރިކާގެ ނުފޫޒު ކުޑަ ވެގެންދާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އީރާން އިން ބުނަމުން ދަނީ އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅުތަކަށް އެ ޤައުމުން ބޯ ނުލަނބާނެ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި އެމެރިކާ އިން ގެންގުޅޭ މިފަދަ އުސޫލުތަކަކީ އެހެން ޤައުމުތަކުގެ އިޤްތިސާދީ މިނިވަންކަމަށް އަރައިގަތުން ކަމަށް ވެސް އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ވަނީ ސިފަ ކުރައްވައިފަ އެވެ.
މަސްދަރު: އަލް ޖަޒީރާ









