Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް

ރަޝިޔާ އާއި ކުވެއިތުން އީރާން އަށް ކުރާ ދަތުރުތައް މެދު ކަނޑާލައިފި

ރަޝިޔާގެ މިނިސްޓްރީ އިން ބުނި ގޮތުގައި، އީރާން އާއި އިޒްރޭލްގެ ވައިގެ ސަރަހައްދު ބަންދު ކުރުމާ ގުޅިގެން އެ ޤައުމުގެ އެއާލައިން ތަކުން ވަނީ މިނިސްޓްރީ އާއި ރޮސާވިއޭޝަން އޭވިއޭޝަން ވޮޗްޑޮގްއާ ގުޅިގެން ކުރިއާލައި ތައްޔާރު ކޮށްފައިވާ ބަދަލު މަގު ތަކެއް ބޭނުން ކުރަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 18:34
ރަޝިޔާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އެއިރޯފްލޮޓްގެ ލޯގޯ، އެއާބަސް އޭ320 މަރުކާގެ ބޯޓަކުން ފެންނަނީ

ރަޝިޔާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އެއިރޯފްލޮޓްގެ ލޯގޯ، އެއާބަސް އޭ320 މަރުކާގެ ބޯޓަކުން ފެންނަނީ | ރޮއިޓާސް

އިޒްރޭލް އާއި އެމެރިކާ އިން އީރާން އަށް އަމާޒުކޮށް ހަމަލާ ދިނުމާ ގުޅިގެން މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާތީ، ރަޝިޔާ އާއި ކުވެއިތުން އީރާން އަށް ކުރާ ދަތުރުތައް މެދު ކަނޑާލައިފި އެވެ. 

ހޮނިހިރު ދުވަހުގެ ހަމަލާތަކާ ގުޅިގެން ރަޝިޔާ އާއި ކުވެއިތުގެ ދަތުރުތައް މެދު ކަނޑާލާފައިވާއިރު، މިކަމުގެ ސަބަބުން ފްލައި ދުބާއީގެ ދަތުރު ތަކަށް ވެސް ބޮޑެތި ބަދަލު ތަކެއް ވަނީ އައިސްފަ އެވެ. 

ރަޝިޔާގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އިން ހޮނހިރު ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ އެއާލައިން ތަކުން އީރާން އާއި، އިޒްރޭލް އަށް ކުރަމުން ދިޔަ ހުރިހާ ދަތުރުތަކެއް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

ހަމަލާތަކާ އެކު މެދު އިރުމަތީގައި އަސްކަރީ ކުރިމަތިލުންތައް ގިނަވެ، އީރާންގެ ނިއުކްލިއާ މައްސަލައިގައި ހުޅަނގުގެ ޤައުމުތަކާ އެކު ޑިޕްލޮމެޓިކް ޙައްލެއް ހޯދުމަށް ކުރަމުން ދިޔަ އުންމީދު ތަކަށް ވެސް ވަނީ ހުރަސް ތަކެއް ކުރިމަތިވެފަ އެވެ.

ރަޝިޔާގެ މިނިސްޓްރީ އިން ބުނި ގޮތުގައި، އީރާން އާއި އިޒްރޭލްގެ ވައިގެ ސަރަހައްދު ބަންދު ކުރުމާ ގުޅިގެން އެ ޤައުމުގެ އެއާލައިން ތަކުން ވަނީ މިނިސްޓްރީ އާއި ރޮސާވިއޭޝަން އޭވިއޭޝަން ވޮޗްޑޮގްއާ ގުޅިގެން ކުރިއާލައި ތައްޔާރު ކޮށްފައިވާ ބަދަލު މަގު ތަކެއް ބޭނުން ކުރަމުންނެވެ. 

މިއީ ޢަރަބި ޤަލްފުގެ ޤައުމު ތަކަށް ކުރާ ދަތުރު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.

މި ބަދަލުތަކާ ގުޅިގެން ދަތުރު ކުރަން ޖެހޭ ރާސްތާ ދިގުވުމުގެ ސަބަބުން، ފްލައިޓުތައް މަންޒިލަށް ފޯރުވުމަށް ހޭދަވާ ވަގުތު އިތުރުވާނެ ކަމަށް ވެސް ރަޝިޔާގެ ކަމާ ގުޅުން ހުރި އިދާރާ ތަކުން ވަނީ ބުނެފަ އެވެ. މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނާ ގޮތުގައި، ވައިގެ ސަރަހައްދުތައް ބަންދު ކުރުމުގެ ސަބަބުން ބައިނަލްއަޤުވާމީ ވައިގެ ދަތުރު ފަތުރަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެ، ގިނަ އެއާލައިން ތަކަކުން ދަނީ އެ ފަރާތްތަކުގެ ދަތުރު ތަކުގެ ރޫޓު ތަކަށް ބަދަލު ގެންނަމުންނެވެ. 

މަސްދަރު: ރޮއިޓާސް

ރަޝިޔާކުވައިތުފްލައި ދުބާއީއީރާން-އެމެރިކާއީރާން-އިޒްރޭލްއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާނުގެ ހަމަލާތަކަށް ސައުދީން ބަދަލު ހިފުމުގެ އިންޒާރު ދީފި

އިރާނުގެ ހަމަލާތަކަށް ސައުދީން ބަދަލު ހިފުމުގެ އިންޒާރު ދީފި

28 ފެބުރުއަރީ 2026
ދުނިޔޭގައި ތެޔޮ އެކްސްޕޯޓްކުރާ އެންމެ މުހިންމު މަގު - ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދު ކުރި ކަމުގެ މެސެޖުތައް ބޯޓުފަހަރަށް ފޮނުވަން ފަށައިފި

ދުނިޔޭގައި ތެޔޮ އެކްސްޕޯޓްކުރާ އެންމެ މުހިންމު މަގު - ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދު ކުރި ކަމުގެ މެސެޖުތައް ބޯޓުފަހަރަށް ފޮނުވަން ފަށައިފި

28 ފެބުރުއަރީ 2026
ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލި ވާހަކަ އަކީ ދޮގެއް

ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލި ވާހަކަ އަކީ ދޮގެއް

28 ފެބުރުއަރީ 2026
އީރާން އިން ސައުދީ އަަށް ހަމަލާ އަމާޒު ކުރި ކަމަށް އެ ޤައުމުން ބުނެފި

އީރާން އިން ސައުދީ އަަށް ހަމަލާ އަމާޒު ކުރި ކަމަށް އެ ޤައުމުން ބުނެފި

28 ފެބުރުއަރީ 2026
އެމެރިކާ އިން އީރާންގެ ސްކޫލް އަކަށް ބޮން އަޅައި، ދަރިވަރުން ތަކެއް ޝަހީދު ކޮށްލައިފި

އެމެރިކާ އިން އީރާންގެ ސްކޫލް އަކަށް ބޮން އަޅައި، ދަރިވަރުން ތަކެއް ޝަހީދު ކޮށްލައިފި

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު