Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާން ހަނގުރާމަ

އިރާނުގެ ހަމަލާތަކަށް ސައުދީން ބަދަލު ހިފުމުގެ އިންޒާރު ދީފި

އިރާނުން ސައުދީ އަރަބިއްޔާއަށް ދިން ހަމަލާތައް އެ ގައުމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އަމިއްލަ ނަފްސުގެ ދިފާއުގައި ރައްދު ހަމަލާ ދިނުމުގެ ހައްގު ބޭނުންކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައި. އެމެރިކާއާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާއިރު، އިރާނުން ވަނީ އިޒްރޭލަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގައުމުތަކަށް މިސައިލް ހަމަލާތަކެއް ދީފައި. މި ހަމަލާތަކަކީ އިރާނުގެ ވެރިކަން ބަދަލުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އެމެރިކާގެ ރައީސް ވަނީ ސިފަކުރައްވާފަ.

ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 18:10
ސައުދީ އަރަބިއްޔާގެ ދިދަ.

ސައުދީ އަރަބިއްޔާގެ ދިދަ. | ގެޓީ އިމޭޖަސް

އިރާނުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށާއި އެ ގައުމުގެ އިރުމަތީ ސަރަހައްދުތަކަށް ހަމަލާތަކެއް ދީފައިވާކަން ސައުދީ ސަރުކާރުން ހޮނިހިރު ދުވަހު ކަށަވަރުކޮށްދީފިއެވެ. އަދި މި ހަމަލާތަކާ ގުޅިގެން އަމިއްލަ ގައުމުގެ ދިފާއުގައި ބަދަލުހިފުމުގެ ހައްގު ސައުދީއަށް ލިބިގެންވާކަމަށް އެ ގައުމުން ވަނީ އިންޒާރު ދީފައެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިޔާޒަށާއި އިރުމަތީ ޕްރޮވިންސްގެ ސަރަހައްދުތަކަށް އަމާޒުކޮށް އިރާނުން ދިން ފިނޑި އަދި ފާޅުކަން ބޮޑު ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ހަމަލާތައް ސައުދީގެ ދިފާއީ ބާރުތަކުން ނާކާމިޔާބު ކޮށްލާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެއްވެސް އަސާސެއް ނެތި އިރާނުން ދިން މި އުދުވާނީ ހަމަލާތަކާ ގުޅިގެން، ސައުދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި، އެ ގައުމުގެ ބިމާއި ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ ބޭރު މީހުން ހިމާޔަތް ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ސައުދީ ސަރުކާރުން ވަނީ ދީފައެވެ. މީގެ ތެރޭގައި އެ ހަމަލާތަކަށް ރައްދު ދިނުމުގެ އިޚުތިޔާރު ބޭނުންކުރުންވެސް ހިމެނޭ ކަމަށް އެ ގައުމުން ބުނެފައިވެއެވެ.

އެމެރިކާއާއި އިޒްރޭލުން ގުޅިގެން ހޮނިހިރު ދުވަހު އިރާނުގެ އިސް ލީޑަރުންނަށް އަމާޒުކޮށް އަސްކަރީ ހަމަލާތަކެއް ދީފައިވާއިރު، މިއާއެކު މުޅި މެދުއިރުމަތި ވަނީ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައެވެ. މި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިއީ އެމެރިކާއަށް އޮތް ސަލާމަތީ ނުރައްކާތައް ނައްތާލައި، އިރާނުގެ ވެރިން ވައްޓާލުމަށް އެ ގައުމުގެ ރައްޔިތުންނަށް ލިބުނު ފުރުސަތެއް ކަމަށެވެ.

އިރާނުގެ ވެރިރަށް ތެހެރާނުން ވަނީ އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކަކީ އެއްވެސް އުސޫލެއް ނެތް، ޣައިރު ގާނޫނީ ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެ ހަމަލާތަކުގެ ރައްދުގައި އިރާނުން ވަނީ އިޒްރޭލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގަލްފުގެ ބައެއް ގައުމުތަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ.

މަސްދަރު: އަލްއަރަބިއްޔާ

އީރާން-ސައުދީ އަރަބިއްޔާއީރާން-އިޒްރޭލްޑޮނަލްޑް ޓްރަމްޕްއީރާން-ޔޫއެސްއޭ-އިޒްރޭލްހޫނު ހަބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހީން ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީ ވާން އެދެފި

އީރާން ހަނގުރާމަ: މެދުއިރުމަތީގައި ތިބި ދިވެހީން ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީ ވާން އެދެފި

28 ފެބުރުއަރީ 2026
މެދުއިރުމައްޗަށް ދަތުރުކުރާ ދިވެހިން ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފި

މެދުއިރުމައްޗަށް ދަތުރުކުރާ ދިވެހިން ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފި

28 ފެބުރުއަރީ 2026
ކުވައިތުން ތަރާވީޙް ނަމާދު މެދުކަނޑާލައިފި، އީރާނުގެ ހަމަލާގައި އެ ގައުމުގެ 12 މީހަކަށް އަނިޔާވެއްޖެ

ކުވައިތުން ތަރާވީޙް ނަމާދު މެދުކަނޑާލައިފި، އީރާނުގެ ހަމަލާގައި އެ ގައުމުގެ 12 މީހަކަށް އަނިޔާވެއްޖެ

28 ފެބުރުއަރީ 2026
ރަޝިޔާ އާއި ކުވެއިތުން އީރާން އަށް ކުރާ ދަތުރުތައް މެދު ކަނޑާލައިފި

ރަޝިޔާ އާއި ކުވެއިތުން އީރާން އަށް ކުރާ ދަތުރުތައް މެދު ކަނޑާލައިފި

28 ފެބުރުއަރީ 2026
އިރާނުން ގަލްފްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެވަނަ ބުރަށް ހަމަލާ ދޭން ފަށައިފި

އިރާނުން ގަލްފްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެވަނަ ބުރަށް ހަމަލާ ދޭން ފަށައިފި

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު