Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ބަހުރައިންގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒަށް "މިސައިލް ހަމަލާއެއް" އަމާޒުވެފައިވާ ކަމަށް އެ ގައުމުން ބުނެފި

ބަހުރައިންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒަށް އަމާޒުވި މިސައިލް ހަމަލާއާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ބަހުރައިން ސަރުކާރުން ވަނީ ފަށާފައި.

ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 17:13
މަނާމާގެ އުޑުމަތިން ބޯ ދުން އަރަނީ.

މަނާމާގެ އުޑުމަތިން ބޯ ދުން އަރަނީ. | އަލްއަރަބިއްޔާ

ބަހުރައިންގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒަށް "މިސައިލް ހަމަލާއެއް" އަމާޒުވެފައިވާ ކަމަށް އެ ގައުމުން ހޮނިހިރު ދުވަހު ބުނެފިއެވެ. މި ހަމަލާ ދީފައިވަނީ އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ބަހުރައިންގެ ނޭޝަނަލް ކޮމިއުނިކޭޝަން ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ފަސްވަނަ ފްލީޓްގެ ސާވިސް ސެންޓަރަށް މިސައިލް ހަމަލާއެއް އަމާޒުވެފައިވާ ކަމަށާއި، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި ބަހުރައިންގެ ސަރުކާރުން ބުނީ، އީރާނުގެ މިސައިލް ހަމަލާތަކުގެ އަމާޒަކަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒު ހުރި ސަރަހައްދު ވުމާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ބަހުރައިންގެ މިނިސްޓްރީ އޮފް އިންޓީރިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖުފައިރު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ބިދޭސީން އެ ސަރަހައްދުން ހުސްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގައި ކަމާބެހޭ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މަސްދަރު: އޭއެފްޕީ

ބަޙްރައިންއެމެރިކާގެ ފަސްވަނަ ފްލީޓްއީރާންއިޒްރޭލްޖުފައިރުއެމެރިކާ-އީރާން

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

އީރާނަށް ދިން ހަމަލާތަކާ ދެކޮޅަށް މުޅި ސަރަހައްދު ތެދުވުމަށް ހިޒްބުﷲ އިން ގޮވާލައިފި

28 ފެބުރުއަރީ 2026
އީރާނަށް ދިން ހަމަލާތަކާ ދެކޮޅަށް މުޅި ސަރަހައްދު ތެދުވުމަށް ހިޒްބުﷲ އިން ގޮވާލައިފި
28 ފެބުރުއަރީ 2026

މިއީ އެމެރިކާ އިން ވަންނަން ނުވެސް ޖެހޭ ހަނގުރާމަ އެއް: އޮމާން

28 ފެބުރުއަރީ 2026
މިއީ އެމެރިކާ އިން ވަންނަން ނުވެސް ޖެހޭ ހަނގުރާމަ އެއް: އޮމާން
28 ފެބުރުއަރީ 2026

އީރާނުގެ ރައީސް ސަލާމަތުން ހުންނެވި ކަމަށް ދައުލަތުގެ މީޑިއާ ރިޕޯޓްކޮށްފި

28 ފެބުރުއަރީ 2026
އީރާނުގެ ރައީސް ސަލާމަތުން ހުންނެވި ކަމަށް ދައުލަތުގެ މީޑިއާ ރިޕޯޓްކޮށްފި
28 ފެބުރުއަރީ 2026

އިޒްރޭލާއި އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމުން ބަދަލު ހިފުމުގެ ގޮތުން ގަލްފް ގައި އެމެރިކާގެ ބޭސްތައް ހުންނަ ގައުމުތަކަށް އީރާނުން ހަމަލާ ދިނުމުން ސައުދީން ކުށްވެރި ކޮށްފި

28 ފެބުރުއަރީ 2026
އިޒްރޭލާއި އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމުން ބަދަލު ހިފުމުގެ ގޮތުން ގަލްފް ގައި އެމެރިކާގެ ބޭސްތައް ހުންނަ ގައުމުތަކަށް އީރާނުން ހަމަލާ ދިނުމުން ސައުދީން ކުށްވެރި ކޮށްފި
28 ފެބުރުއަރީ 2026

އަބޫދާބީ އާއި ދުބާއީ ގައި ވަރުގަދަ ގޮވުންތަކެއް، އެކަކު މަރު!

28 ފެބުރުއަރީ 2026
އަބޫދާބީ އާއި ދުބާއީ ގައި ވަރުގަދަ ގޮވުންތަކެއް، އެކަކު މަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު