Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިޒްރޭލް

އެމެރިކާ އިން އީރާންގެ ސްކޫލް އަކަށް ބޮން އަޅައި، ދަރިވަރުން ތަކެއް ޝަހީދު ކޮށްލައިފި

އެމެރިކާ އާއި އިސްރާއީލުން އިސްވެ އީރާނަށް ދިން ހަމަލާގައި ދަރިވަރުންނާއި، އެހެނިހެން މީހުން ހިމެނޭހެން 40 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައި. މީގެ އިތުރުން 48 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ފެބުރުއަރީ 2026 | ހޮނިހިރު 14:25
އެމެރިކާ އިން އީރާން އަށް އަމާޒުކޮށް ދިން ހަމަލާގެ ތެރެއިން

އެމެރިކާ އިން އީރާން އަށް އަމާޒުކޮށް ދިން ހަމަލާގެ ތެރެއިން | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާން އަަށް ދޭން ފެށި ހަމަލާ ތަކުގައި އެ ޤައުމުގެ ސްކޫލް އަކަށް ވެސް ބޮން އަޅައިފި އެވެ. 

ހޮނިހިރު ދުވަހު އިޒްރޭލް އާއި އެމެރިކާ އިން ދިން ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ވެސް ހަމަލާ ދީފައިވެ އެވެ. އީރާން އިން ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފަ އެވެ.

އެމެރިކާ އިން ވަނީ އީރާންގެ މިނާބް ސިޓީގައި ހުރި ސްކޫލް އަކަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ. އެ ހަމަލާގައި ދަރިވަރުންނާއި، އެހެނިހެން މީހުން ހިމެނޭހެން 40 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. މީގެ އިތުރުން 48 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

މިއީ އެމެރިކާ އިން ދޭން ފެށި ހަމަލާ ތަކުގައި ޓާގެޓު ކޮށްފައިވާ އަމާޒެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ސްކޫލް އަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފައިވާއިރު، މިކަމާ ގުޅޭ އިތުުރު ތަފްސީލު ތަކެއް ވަގުތުން ލިބިފައި ނުވެ އެވެ.

މިއީ މެދު އިރުމަތީގެ ސަރަހައްދުގައި ނުތަނަވަސްކަން އުފެދިގެން ގޮސްފައިވާ ހަމަލާ ތަކަކަށް ވާއިރު، މުޅި ދުނިޔޭގެ ސަމާލުކަން ވަނީ މި ހަމަލާތަކަަށް ހުއްޓިފަ އެވެ. 

އީރާން ނިއުކްލިއަރ ޕްރޮގްރާމްއީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

އީރާނަށް މިނިވަން ކަމުގެ ވަގުތު އައިސް ޖެހިއްޖެ، މަރުން ސަލާމަތެއް ނުވާނެ: ޓްރަމްޕް

28 ފެބުރުއަރީ 2026
އީރާނަށް މިނިވަން ކަމުގެ ވަގުތު އައިސް ޖެހިއްޖެ، މަރުން ސަލާމަތެއް ނުވާނެ: ޓްރަމްޕް
28 ފެބުރުއަރީ 2026

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު

28 ފެބުރުއަރީ 2026
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު
28 ފެބުރުއަރީ 2026

އީރާންގެ ރައީސް ޕެޒެޝްކިއާން ހުންނެވީ ސަލާމަތުކަން ކަށަވަރު ކޮށްދީފި

28 ފެބުރުއަރީ 2026
އީރާންގެ ރައީސް ޕެޒެޝްކިއާން ހުންނެވީ ސަލާމަތުކަން ކަށަވަރު ކޮށްދީފި
28 ފެބުރުއަރީ 2026

ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި

28 ފެބުރުއަރީ 2026
ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި
28 ފެބުރުއަރީ 2026

އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

28 ފެބުރުއަރީ 2026
އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު