Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ދުނިޔޭގައި ތެޔޮ އެކްސްޕޯޓްކުރާ އެންމެ މުހިންމު މަގު - ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދު ކުރި ކަމުގެ މެސެޖުތައް ބޯޓުފަހަރަށް ފޮނުވަން ފަށައިފި

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ ތެޔޮ އެކްސްޕޯޓްކުރާ އެންމެ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމުގެ މެސެޖުތައް އުޅަނދުފަހަރަށް ލިބެމުންދާ ކަމަށް ރިޕޯޓުތައް ބުނެފި. މި ހަމަލާތަކުގެ ރައްދުގައި އީރާނުން އިޒްރޭލަށާއި ގަލްފުގެ ބައެއް ގައުމުތަކަށް މިސައިލް ހަމަލާތަކެއް ދީފައިވާއިރު، މެދުއިރުމަތީގެ މަސްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި. ނަމަވެސް، ކަނޑުއޮޅި ބަންދުކުރުމާ ގުޅޭ އެއްވެސް ނިންމުމެއް އީރާނު ސަރުކާރުން ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައެއް ނުވޭ.

ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 16:51
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން 2026 ފެބްރުއަރީ 17 ވަނަ ދުވަހު އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، ހޮރްމޫޒް ކަނޑުއޮޅީގައި އެ ގައުމުގެ ކަނޑުގެ ސިފައިންނާއި އައި.އާރު.ޖީ.ސީ ގުޅިގެން ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން، ތެޔޮ އުފުލާ ބޮޑު ބޯޓެއްގެ ވަށައިގެން ކުދި ބޯޓުފަހަރުތަކެއް ދަތުރުކުރަމުންދާ މަންޒަރު.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން 2026 ފެބްރުއަރީ 17 ވަނަ ދުވަހު އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، ހޮރްމޫޒް ކަނޑުއޮޅީގައި އެ ގައުމުގެ ކަނޑުގެ ސިފައިންނާއި އައި.އާރު.ޖީ.ސީ ގުޅިގެން ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން، ތެޔޮ އުފުލާ ބޮޑު ބޯޓެއްގެ ވަށައިގެން ކުދި ބޯޓުފަހަރުތަކެއް ދަތުރުކުރަމުންދާ މަންޒަރު. | އޭއެފްޕީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ކަނޑުގެ ސަލާމަތާ ބެހޭ މިޝަން، "އެސްޕައިޑްސް" ގެ އޮފިޝަލަކު ހޮނިހިރު ދުވަހު ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅިން އެއްވެސް އުޅަނދަކަށް ދަތުރުނުކުރެވޭނެ ކަމަށް ބުނެ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވީއެޗްއެފް ރޭޑިއޯ މެދުވެރިކޮށް އުޅަނދުފަހަރަށް މެސެޖު ފޮނުވަމުންދާ ކަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި ތެޔޮ އެކްސްޕޯޓްކުރާ އެންމެ މުހިންމު މަގެވެ. މި ކަނޑުއޮޅިން ސައުދީ އަރަބިއްޔާ، އީރާން، އިރާގު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފަދަ ގަލްފުގެ އެންމެ ބޮޑެތި ތެޔޮ އުފައްދާ ގައުމުތައް، އޮމާން ކަނޑާއި އަރަބި ކަނޑާ ގުޅުވައިދެއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން އެ އޮފިޝަލް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅޭ އެފަދަ އެއްވެސް އަމުރެއް އީރާނު ސަރުކާރުން ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައި ނުވާ ކަމަށެވެ.

ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ހޮނިހިރު ދުވަހު ބުނި ގޮތުގައި، ގަލްފު ސަރަހައްދުގައި ދަތުރުކުރަމުންދާ އުޅަނދުފަހަރަށް ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމުގެ މެސެޖުތައް ލިބެމުންދާ ކަމުގެ ގިނަ ރިޕޯޓުތަކެއް އެ އެޖެންސީއަށް ވަނީ ލިބިފައެވެ.

އީރާނަށް ދޭ ކޮންމެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، އެ ގައުމުގެ ހަނި ކަނޑުގެ ސަރަހައްދު ބަންދުކުރާނެ ކަމުގެ އިންޒާރު ތެހެރާނުން ދެމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.

އެމެރިކާ އާއި އިޒްރޭލުން ހޮނިހިރު ދުވަހު އީރާނަށް އަސްކަރީ ހަމަލާތަކެއް ދީފައިވަނީ އެ ގައުމުގެ އިސް ލީޑަރުންނަށް އަމާޒުކޮށެވެ. މިއާއެކު މެދުއިރުމަތި ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި ހަމަލާތަކުގެ ސަބަބުން އެމެރިކާއަށް އޮތް ސަލާމަތީ ނުރައްކާ ނިމުމަކަށް އަންނާނެ ކަމަށާއި، އީރާނުގެ ރައްޔިތުންނަށް އެ ގައުމުގެ ވެރިކަން ވައްޓާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ތެހެރާނުން ވަނީ އެމެރިކާ އާއި އިޒްރޭލުގެ މި ހަމަލާތަކަކީ އެއްވެސް އުސޫލެއް ނެތް، ޣައިރު ގާނޫނީ ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އޭގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ބައެއް ގައުމުތަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައެވެ.

މަސްދަރު: އަލްއަރަބިއްޔާ

ހޮރްމޫޒް ކަނޑުއޮޅިއީރާން-އެމެރިކާއީރާން-އިޒްރޭލްއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލި ވާހަކަ އަކީ ދޮގެއް

ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލި ވާހަކަ އަކީ ދޮގެއް

28 ފެބުރުއަރީ 2026
އީރާން އިން ސައުދީ އަަށް ހަމަލާ އަމާޒު ކުރި ކަމަށް އެ ޤައުމުން ބުނެފި

އީރާން އިން ސައުދީ އަަށް ހަމަލާ އަމާޒު ކުރި ކަމަށް އެ ޤައުމުން ބުނެފި

28 ފެބުރުއަރީ 2026
އެމެރިކާ އިން އީރާންގެ ސްކޫލް އަކަށް ބޮން އަޅައި، ދަރިވަރުން ތަކެއް ޝަހީދު ކޮށްލައިފި

އެމެރިކާ އިން އީރާންގެ ސްކޫލް އަކަށް ބޮން އަޅައި، ދަރިވަރުން ތަކެއް ޝަހީދު ކޮށްލައިފި

28 ފެބުރުއަރީ 2026
މިއީ އެމެރިކާ އިން ވަންނަން ނުވެސް ޖެހޭ ހަނގުރާމަ އެއް: އޮމާން

މިއީ އެމެރިކާ އިން ވަންނަން ނުވެސް ޖެހޭ ހަނގުރާމަ އެއް: އޮމާން

28 ފެބުރުއަރީ 2026
އީރާނުގެ ރައީސް ސަލާމަތުން ހުންނެވި ކަމަށް ދައުލަތުގެ މީޑިއާ ރިޕޯޓްކޮށްފި

އީރާނުގެ ރައީސް ސަލާމަތުން ހުންނެވި ކަމަށް ދައުލަތުގެ މީޑިއާ ރިޕޯޓްކޮށްފި

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު