Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޕިކަޕް ޖަލްސާ

އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"

މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދައި، ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ތުހުމަތު ކުރައްވައިފި. ބަޖެޓުގައި ހިމެނޭ މަޝްރޫއުތައް ހުއްޓިފައިވީ ނަމަވެސް ފައިސާ ހުސްވަމުންދާތީ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. މީގެ އިތުރުން، ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި އިންތިޚާބުތައް އެއްކޮށްލަން އުޅޭ އުޅުމަކީ ގައުމުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކުރޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 28 ފެބުރުއަރީ 2026 | ހޮނިހިރު 18:58
އެމްޑީޕީގެ ޕިކަޕް ޖަލްސާ

އެމްޑީޕީގެ ޕިކަޕް ޖަލްސާ | ރާއްޖެ އެމްވީ

މި ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ޣަފޫރު އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ބާއްވަމުންދާ ސިލްސިލާ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ފެށުނީއްސުރެ ދޮގުހެދުމާއި މަކަރު ހެދުމުގެ އަމަލުތައް ފެންނަމުންދާ ކަމަށް ޣަފޫރު ވިދާޅުވި އެވެ. ސަރުކާރުން ވައުދުވީ ގޮތަށް އެއްވެސް ކަމެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ބަޖެޓުގައި ޖަހާފައިވާ މަޝްރޫޢުތައް ކުރިއަށް ނުގެންދިޔަ ނަމަވެސް މުޅި އަހަރަށް ކަނޑައަޅާ ބަޖެޓު ހުސްވާ ކަަމަށާއި އެއީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ބެލިނަމަ ވެސް ފެންނަނީ ކަންކަން ނުހިނގާ ހުއްޓިފައި ހުރި މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ފައިސާ ކައި ހުސް ކުރާ އިރު އަޅުގަނޑުމެން ހަމަ ތިބެންވީތޯ އެއީ ކޮށްލަން ޖެހޭ ސުވާލެއް." ޣަފޫރު ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ މާލޭގައި މިހާރު ޕީއެންސީ އިން ގިނަ ބެނާތަކެއް ދަމާފައިވާ އިރު އޭގައި ހުރީ ހުސް ދޮގު ކަމަށެވެ. ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ރައްޔިތުން ކައިރީގައި ދެއްކުމަކީ ލަދުވެތިވާން ޖެހޭނެ ކަމެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ސަރުކާރުން ދަނީ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލަމުން ކަމަށެވެ. ދެ އިންތިޚާބު އެއްކޮށްލުމަށް ފުރުސަތު ދީފި ނަމަ ރާއްޖޭގެ ކަންކަން އިތުރަށް ގޯހުން ގޯހަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއަބްދުލްޣަފޫރު މޫސާޑރ. މުހައްމަދު މުއިއްޒުމުޙައްމަދު އިބްރާހީމް (ކުޑޫ)ޕީއެންސީމާޒް ސަލީމް

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

މައްޗަންގޮޅި މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް އެމްޑީޕީ އިން ކާމިޔާބުކަމާއި އެކު ބާއްވައިފި

28 ފެބުރުއަރީ 2026
މައްޗަންގޮޅި މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް އެމްޑީޕީ އިން ކާމިޔާބުކަމާއި އެކު ބާއްވައިފި
28 ފެބުރުއަރީ 2026

ރާއްޖޭގެ ސިޔާސީ މައިދާން ކިލަބުކޮށް މުޑުދާރުކޮށްލާފައި އޮތް މިންވަރަކީ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި އިންޒާރުދިނުން: އަބްދުﷲ ޝާހިދު

28 ފެބުރުއަރީ 2026
ރާއްޖޭގެ ސިޔާސީ މައިދާން ކިލަބުކޮށް މުޑުދާރުކޮށްލާފައި އޮތް މިންވަރަކީ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި އިންޒާރުދިނުން: އަބްދުﷲ ޝާހިދު
28 ފެބުރުއަރީ 2026

ކުޅުދުއްފުށީގެ މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތް އާރް.ޑީ.ސީ އާ ހަވާލުކުރެވިފައިވާކަން، މެންބަރު ދާއޫދަށް އެނގިވަޑައިނުގަންނަވާ

28 ފެބުރުއަރީ 2026
ކުޅުދުއްފުށީގެ މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތް އާރް.ޑީ.ސީ އާ ހަވާލުކުރެވިފައިވާކަން، މެންބަރު ދާއޫދަށް އެނގިވަޑައިނުގަންނަވާ
28 ފެބުރުއަރީ 2026

ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!

28 ފެބުރުއަރީ 2026
ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!
28 ފެބުރުއަރީ 2026

އިންތިހާބުތަކާ ދިމާކޮށް މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ސިޔާސަތަކީ، އިދިކޮޅު ފަރާތްތަކަށް އިންޒާރުދީ ފުރައްސާކުރުން: ފައްޔާޒް

28 ފެބުރުއަރީ 2026
އިންތިހާބުތަކާ ދިމާކޮށް މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ސިޔާސަތަކީ، އިދިކޮޅު ފަރާތްތަކަށް އިންޒާރުދީ ފުރައްސާކުރުން: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު