Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އިޒްރޭލާއި އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމުން ބަދަލު ހިފުމުގެ ގޮތުން ގަލްފް ގައި އެމެރިކާގެ ބޭސްތައް ހުންނަ ގައުމުތަކަށް އީރާނުން ހަމަލާ ދިނުމުން ސައުދީން ކުށްވެރި ކޮށްފި

ޔޫއޭއީ އާއި ގަތަރު ހިމެނޭހެން މެދުއިރުމަތީގެ ގައުމުތަކުގެ އިސްތިގުލާލަށް އުނިކަންލިބޭ ގޮތަށް އީރާނުން ހިންގާ އުދުވާނީ އަމަލުތައް ސައުދީ އަރަބިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މިކަމާ ގުޅިގެން ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގާ މިފަދަ އަމަލުތަކުގެ ނަތީޖާ ހިތްދަތިވާނެ ކަމުގެ އިންޒާރުދީ، އަވަށްޓެރި ގައުމުތަކާއެކު ސާބިތުކަމާއެކު އޮތްކަން ވަނީ ހާމަކޮށްފައި.

ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 11:15
ސައުދީ އަރަބިއްޔާގެ ދިދަ.

ސައުދީ އަރަބިއްޔާގެ ދިދަ. | ގެޓީ އިމޭޖަސް

ޔޫއޭއީ އާއި ގަތަރާއި ބަހްރޭން ހިމެނޭހެން ގަލްފާއި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އީރާނުން ދިން ހަމަލާތައް ސައުދީ އަރަބިއްޔާއިން ހޮނިހިރު ދުވަހު ކުށްވެރިކޮށްފިއެވެ.

ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔޫއޭއީ، ބަހްރޭން، ގަތަރު، ކުވެއިތު އަދި އުރުދުންގެ އިސްތިގުލާލަށް އުނިކަންލިބޭ ގޮތަށް އީރާނުން ހިންގަމުންދާ އުދުވާނީ އަމަލުތައް އެ ގައުމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ގައުމުތަކާއެކު ސައުދީން ސާބިތުކަމާއެކު އޮތްކަން ހާމަކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގާ މިފަދަ އަމަލުތައް ކުރިއަށްދާނަމަ، އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމުގެ އިންޒާރުވެސް ސައުދީ ސަރުކާރުން ވަނީ ދީފައެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާތައް ވަނީ ހޮނިހިރު ދުވަހު ދޭން ފަށާފަ އެވެ. އަދި އީރާނަށް އިސްވެ ހަމަލާ ދީފި ނަމަ އެ ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސް ތައް ވާނީ ހުއްދަ ޓާގެޓް ތަކަށް ކަމަށް އީރާނުން ތަކުރާރު ކޮށް ވަނީ ބުނެފަ އެވެ.

މަސްދަރު: އަލްއަރަބިއްޔާ

ޔޫއޭއީބަޙްރައިންގަތަރުކުވައިތުއެމެރިކާ-އީރާން-އިޒްރޭލްސަޢޫދީ-އީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އަބޫދާބީ އާއި ދުބާއީ ގައި ވަރުގަދަ ގޮވުންތަކެއް، އެކަކު މަރު!

އަބޫދާބީ އާއި ދުބާއީ ގައި ވަރުގަދަ ގޮވުންތަކެއް، އެކަކު މަރު!

28 ފެބުރުއަރީ 2026
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު

28 ފެބުރުއަރީ 2026
ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި

ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި

28 ފެބުރުއަރީ 2026
އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު