Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިޒްރޭލް

އީރާންގެ ރައީސް ޕެޒެޝްކިއާން ހުންނެވީ ސަލާމަތުކަން ކަށަވަރު ކޮށްދީފި

އީރާންގެ ދައުލަތުގެ މީޑިއާ ތަކުން ބުނާ ގޮތުގައި، ރައީސް ޕެޒެޝްކިއާންގެ ސަލާމަތީ ކަންކަން މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި. އަދި ޤައުމަށް ދިމާވެފައިވާ މި ޙާލަތާ ގުޅިގެން ސަރުކާރުގެ އިސްވެރިންނާ އެކު އެމަނިކުފާނު ގެންދަވަނީ މަޝްވަރާ ކުރައްވަމުން ކަމަށް ވެސް ރިޕޯޓު ތަކުގައި ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ފެބުރުއަރީ 2026 | ހޮނިހިރު 10:28
އީރާާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އީރާާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން | ރޮއިޓާސް

އިޒްރޭލް އާއި އެމެރިކާ އިން އީރާން އަށް އަމާޒުކޮށް ހަމަލާ ތަކެއް ދޭން ފަށާފައިވާއިރު، އީރާާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުންނެވީ ސަލާމަތުން ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފި އެވެ.

އީރާންގެ ރަސްމީ ނިއުސް އެޖެންސީ ކަމަށްވާ، އިރްނާ އިން ހޮނިހިރު ދުވަހު ބުނެފައި ވަނީ އެ ޤައުމުގެ ރައީސް ޕެޒެޝްކިއާން ހުންްނެވީ ވަރަށް ބޮޑަށް ރައްކާތެރިކަމާއި، ސަލާމަތްތެރިކަމާ އެކު ކަމަށެވެ. އަދި އެމަނިކުފާނަށް އެއްވެސް ނުރައްކާތެރި ކަމެއް ނެތް ކަމަށް ބުނެފައިވެ އެވެ. އިރްނާގެ އިތުރުން މެހެރު ނިއުސް އެޖެންސީ އާއި، އިސްނާ އިން ވެސް ވަނީ ރައީސް ޕެޒެޝްކިއާންގެ ޙާލު ކޮޅު ރަނގަޅު ކަމަށް ކަށަވަރު ކޮށްދީފަ އެވެ. 

މި މައުލޫމާތުތައް އީރާންގެ މީޑިއާ ތަކުން ހާމަ ކޮށްފައި މި ވަނީ، އިޒްރޭލުން އީރާންގެ އެކި ސަރަަހައްދު ތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވަނިކޮށެވެ. ހަމަލާ ތަކުގެ ސަބަބުން އީރާނުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، އީރާނުން މިހާރު ވަނީ ރައްދުގައި ހަމަލާ ދޭން ފަށައިފަ އެވެ. އީރާންގެ ވެރި ރަށް ތެހެރާން އާއި، އެ ސަރަހައްދު ވަށައިގެންވާ ތަން ތަނުން ބާރު ގަދަ ގޮވުން ތަކުގެ އަޑު އިވިފައިވެ އެވެ.

އީރާންގެ ދައުލަތުގެ މީޑިއާ ތަކުން ބުނާ ގޮތުގައި، ރައީސް ޕެޒެޝްކިއާންގެ ސަލާމަތީ ކަންކަން މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. އަދި ޤައުމަށް ދިމާވެފައިވާ މި ޙާލަތާ ގުޅިގެން ސަރުކާރުގެ އިސްވެރިންނާ އެކު އެމަނިކުފާނު ގެންދަވަނީ މަޝްވަރާ ކުރައްވަމުން ކަމަށް ވެސް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާއިރްނާއިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންއީރާން-އެމެރިކާއީރާން-އިޒްރޭލް

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި

28 ފެބުރުއަރީ 2026
ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި
28 ފެބުރުއަރީ 2026

އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

28 ފެބުރުއަރީ 2026
އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
28 ފެބުރުއަރީ 2026

ހޮޓް ޓަބެއްގައި އިނީ ކޮން އަންހެނެއް ކަމެއް ނޭނގޭ، ޖިންސީ އެއްވެސް ގުޅުމެއް ނުހިންގަން: ބިލް ކްލިންޓަން

28 ފެބުރުއަރީ 2026
ހޮޓް ޓަބެއްގައި އިނީ ކޮން އަންހެނެއް ކަމެއް ނޭނގޭ، ޖިންސީ އެއްވެސް ގުޅުމެއް ނުހިންގަން: ބިލް ކްލިންޓަން
28 ފެބުރުއަރީ 2026

އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފި

28 ފެބުރުއަރީ 2026
އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފި
28 ފެބުރުއަރީ 2026

ބައިޑަން އާންމު ފްލައިޓެއްގައި ދަތުރު ކުރައްވައި، އާންމުންނާ އެކު ފޮޓޯ ނެންގެވުމުގައި

28 ފެބުރުއަރީ 2026
ބައިޑަން އާންމު ފްލައިޓެއްގައި ދަތުރު ކުރައްވައި، އާންމުންނާ އެކު ފޮޓޯ ނެންގެވުމުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު