Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އަބޫދާބީ އާއި ދުބާއީ ގައި ވަރުގަދަ ގޮވުންތަކެއް، އެކަކު މަރު!

އީރާނުން ފޮނުވާލި މިސައިލްތަކެއް ޔޫއޭއީގެ ވައިގެ ސަރަހައްދުން ހުއްޓުވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައި. މި ހަމަލާއަކީ ގައުމުގެ އިސްތިގުލާލާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެ، ރައްދު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް އެމިރޭޓްސްގެ ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައި. މި ހާދިސާގައި މިސައިލްގެ ބައިތައް ވެއްޓި އޭޝިއާގެ ރައްޔިތަކު މަރުވެފައިވާއިރު، މީގެ ސަބަބުން އެ ގައުމުގެ ވައިގެ ދަތުރުފަތުރުތަކަށް ވަނީ ބުރޫއަރާފައި.

ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 10:38
2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ނަގާފައިވާ މި ފޮޓޯ އިން އަބޫ ދާބީގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދިދަ ވިހުރެމުންދާ މަންޒަރު.

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ނަގާފައިވާ މި ފޮޓޯ އިން އަބޫ ދާބީގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދިދަ ވިހުރެމުންދާ މަންޒަރު. | އޭއެފްޕީ

ހޮނިހިރު ދުވަހު އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ މިސައިލްތަކެއް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވައިގެ ސަރަހައްދުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުން ބުނެފައިވާއިރު، މި ހަމަލާތަކާ ގުޅިގެން މަދުވެގެން އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

އީރާނުން މި ހަމަލާތައް ދީފައިވަނީ، ހޮނިހިރު ދުވަހުގެ ކުރީގެ ވަގުތެއްގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ޔޫއޭއީގެ ރަސްމީ ނޫސް އެޖެންސީ "ވަމް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވައިގެ ތެރޭގައި ގޮއްވާލި މިސައިލްތަކުގެ ބައިތައް މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުމުގެ ސަބަބުން އޭޝިއާގެ ރައްޔިތަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެމިރޭޓްސްގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާއަކީ ގައުމުގެ އިސްތިގުލާލާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި މި ފަދަ ހަމަލާތަކަށް ރައްދު ދިނުމުގެ ފުރިހަމަ ހައްގު ޔޫއޭއީއަށް ލިބިގެންވާ ކަމަށާއި، ގައުމުގެ ސަރަހައްދާއި، ރައްޔިތުންނާއި، އެ ގައުމުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމުގެ އިތުރުން ގައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އަބޫދާބީ އާއި ދުބާއީގައި ދިރިއުޅޭ ބައެއް މީހުން "އަލް އަރަބިއްޔާ އިންގްލިޝް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ވަރަށް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށެވެ.

އަބޫދާބީ އާއި ދުބާއީ އަކީވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ދެ ސިޓީއެވެ.

މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޔޫއޭއީގެ ވައިގެ ސަރަހައްދު "ވަގުތީ ގޮތުންނާއި ބައެއް ސަރަހައްދުތަކުން" ބަންދުކޮށްފައިވާ ކަމަށް އެ ގައުމުން ކުރިން ވަނީ ބުނެފައެވެ. މީގެ ސަބަބުން އެ ގައުމަށް ކުރާ ބައެއް ފްލައިޓްތަކަށާއި އެ ގައުމުން ފުރާ ބައެއް ފްލައިޓްތަކަށް ވަނީ ބުރޫއަރާފައެވެ.

އީރާންޔުނައިޓެޑް އަރަބް އެމިރޭޓްސްއެމެރިކާއަބޫދާބީދުބާއީއެމެރިކާ-އީރާން-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނަށް މިނިވަން ކަމުގެ ވަގުތު އައިސް ޖެހިއްޖެ، މަރުން ސަލާމަތެއް ނުވާނެ: ޓްރަމްޕް

އީރާނަށް މިނިވަން ކަމުގެ ވަގުތު އައިސް ޖެހިއްޖެ، މަރުން ސަލާމަތެއް ނުވާނެ: ޓްރަމްޕް

28 ފެބުރުއަރީ 2026
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު

28 ފެބުރުއަރީ 2026
ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި

ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި

28 ފެބުރުއަރީ 2026
އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

28 ފެބުރުއަރީ 2026
ޠާލިބާނުންގެ ހަމަލާ ތަކުން ދިފާއުވުމުގެ ޙައްގު ޕާކިސްތާނަށް އޮންނާނެ: އެމެރިކާ

ޠާލިބާނުންގެ ހަމަލާ ތަކުން ދިފާއުވުމުގެ ޙައްގު ޕާކިސްތާނަށް އޮންނާނެ: އެމެރިކާ

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު