Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް

ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި

އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އަމާޒުކޮށް އީރާން އިން ހަމަލާ ދޭން ފަށާފައިވާއިރު، ޤަތަރުން ބުނެފައި ވަނީ އީރާން އިން ފޮނުވާލި މިސައިލް ތަކެއް ޤަތަރުގެ ޕެޓްރިއޮޓް ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 09:38
ބަހްރޭންގެ ވެރިރަށް މަނާމާގެ އުޑުމަތިން ދުންތައް އަރަމުން ދަނީ

ބަހްރޭންގެ ވެރިރަށް މަނާމާގެ އުޑުމަތިން ދުންތައް އަރަމުން ދަނީ | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާނަށް ފިން ހަމަލާ ތަކުގެ ރައްދުގައި، އީރާން އިން ހަމަލާ ދޭން ފަށައިފި އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފައި ވަނީ، އީރާން އިން އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ޑްރޯން ހަމަލާތައް ފަށާފައިވަ ކަމަށެވެ. 

އައިއާރުޖީސީ އިން ބުނެފައި ވަނީ، އިސްލާމިކް ރިޕަބްލިކް އޮފް އީރާން އަށް ދުޝްމަނުން ދީފައިވާ ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލްގެ ސަރަހައްދު ތަކަށް މިސައިލް އާއި ޑްރޯން ތަކުން ފުރަތަމަ ހަމަލާ ދީފައިވާ ކަމަށެވެ. 

އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އަމާޒުކޮށް އީރާން އިން ހަމަލާ ދޭން ފަށާފައިވާއިރު، ޤަތަރުން ބުނެފައި ވަނީ އީރާން އިން ފޮނުވާލި މިސައިލް ތަކެއް ޤަތަރުގެ ޕެޓްރިއޮޓް ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ހަމަލާތަކާ ގުޅިގެން ވެސް އީރާން އިން ވަނީ ޤަތަރުގައި ހުރި އެމެރިކާގެ ބޭސް އަށް ހަމަލާ ދީފަ އެވެ. 

މީގެ އިތުރުން ބަހްރެއިން އިން ވަނީ، ގުގުމާލުންތައް ރިޕޯޓު ކޮށްފަ އެވެ. ރޮއިޓާސް އިން ބުނެފައި ވަނީ، އެމެެރިކާގެ ނޭވީ ބޭހެއް ހުންނަ ބަހްރެއިންގެ ޖުފައިރު ސަރަހައްދުން ދުން ތަކެއް އަރަމުން އަންނަ ކަމަށެވެ. ބަހްރެއިންގެ އިންޓީރިއާ މިނިސްޓްރީ އިން ވަނީ ކުރީބައިގައި އިންޒާރެއް ވެސް ނެރެފަ އެވެ. އަދި އެންމެ ކަައިރީގައި ހުރި ރައްކާތެރި ތަނަކަށް ދިޔުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައިވެ އެވެ. 

ބަހްރެއިން އިން ކަށަވަރު ކޮށްދީފައިވާ ގޮތުގައި، އެމެރިކާގެ ނޭވީގެ ފަސް ވަނަ ފްލީޓުގެ ހެޑް ކުއާޓަރަކަށް މިސައިލް ހަމަލާ ވަނީ ދީފަ އެވެ. 

އަލް ޖަޒީރާގެ އަރަބިކްގެ ނޫސްވެރިން ރިޕޯޓު ކުރި ގޮތުގައި ކުވެއިތުގައި ވެސް ގުގުމާލުންތައް އިވިފައިވާއިރު، ސައިރަންތައް އެކްޓިވް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރޮއިޓާސް އިން ވަނީ އަބޫދާބީގައި ވެސް ބާރު ގަދަ ގުގުމާލުން ތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓު ކޮށްފަ އެވެ. 

އީރާން އިން ރައްދުގައި ހަމަލާ ދޭން ފަށާފައިވާއިރު، މިކަމުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އިޒްރޭލްއައިއާރުޖީސީގަތަރުބަޙްރައިންކުވައިތުޔުނައިޓެޑް އަރަބް އެމިރޭޓްސްއީރާން-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

28 ފެބުރުއަރީ 2026
އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފި

އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފި

28 ފެބުރުއަރީ 2026
އީރާންއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވަނީ

އީރާންއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، ރޫބިއޯ އިޒްރޭލް އަށް ވަޑައިގަންނަވަނީ

28 ފެބުރުއަރީ 2026
އީރާންގެ މަޝްވަރާތަކާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، ހަމަލާ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ

އީރާންގެ މަޝްވަރާތަކާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، ހަމަލާ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ

28 ފެބުރުއަރީ 2026
އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފި

އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފި

27 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު