Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މާއްދާ ދުވަހަކު ވެސް ބޭނުން ނުކުރަން އީރާން އިން އެއްބަސްވެއްޖެ

ޑިޕްލޮމެޓިކް މަޝްވަރާ ތަކަށް އިިތުރު ވަގުތު ދެއްވުމަށް އޭނާ ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ގޮވާލައްވާފައި. ނަމަވެސް، އެކަމާ ގުޅޭ ގޮތުން ފަހުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އާއެކު ކުރިއަށް ގެންދާ މަޝްވަރާތަކާ މެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 04:52
އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލް ބުސައިދީ

އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލް ބުސައިދީ | ގެޓީ އިމޭޖަސް

ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންވާ މާއްދާ، ދުވަހަކު ވެސް ބޭނުން ނުކުރަން އީރާން އިން އެއްބަސްވެފައިވާ ކަމަށް ހާމަ ކޮށްފި އެވެ. 

މިކަން ހާމަ ކޮށްފައި ވަނީ އީރާން އާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާ ތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ، އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލް ބުސައިދީ އެވެ. އޭނާ މިހެން ވިދާޅުވެފައި މި ވަނީ، އެމެރިކާ އިން އީރާން އަށް ހަމަލާ ތަކެއް ދީފާނެ ކަމުގެ ނުތަނަވަސްކަން ބޮޑުވެފައިވާ ވަގުތެއްގަ އެވެ. 

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއާ ބައްދަލު ކުރެއްވުމަށް ފަހު ސީބީއެސް ނޫހަށް ދެއްވި އިންޓަވިޔުއެއްގައި އަލް ބުސައިދީ ވިދާޅުވީ، މިހާރު ކުރިމަތިވެފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާާމާގެ ވެރިކަމުގައި އެކުލަވާލި އެއްބަސްވުމުގައި ނެތް، މުޅިން އައު ކަމެއް ކަމަށެވެ. އަދި ސުލްޙައިގެ އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އީރާން އިން ދީފައިވާ ލުއިތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަލް ބުސައިދީ ވިދާޅުވީ، މިހާރު މަޝްވަރާ ކުރެވެމުން ދަނީ މުއްސަނދި ކޮށްފައިވާ ޔުރޭނިއަމް އެއްވެސް މިންވަަރަކަށް ރައްކާ ނުކުރުމާ ގުޅޭ ގޮތުން ކަމަށެވެ. އަދި މިހާރު ހުރި ޔުރޭނިއަންގެ ސްޓޮކް އެންމެ ދަަށް މިންވަރަކަށް، ނުވަތަ ޤުދުރަތީ މިންވަރަކަށް ބަދަލުކޮށް، އެ ތަކެތި އިންޖީނު ތަކުގައި ބޭނުން ކުރާ ތެލަށް ބަދަލު ކުރުމަށް އެއްބަސްވެފައިވާ ކަމަށް ވެސް އަލް ބުސައިދީ ހާމަ ކުރެއްވި އެވެ. 

އެއާ އެކު އޮމާންގެ ފޮރިން މިނިސްޓަރު އަލް ބުސައިދީ ވިދާޅުވީ، އެގޮތަށް ބަދަލު ކުރާ ތެލަކީ އަލުން އަނބުރާ ހަތިޔާރު އުފެއްދުމަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. ހަމަ އެހެންމެ، ޑިޕްލޮމެޓިކް މަޝްވަރާ ތަކަށް އިިތުރު ވަގުތު ދެއްވުމަށް އޭނާ ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ގޮވާލައްވައިފަ އެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން ފަހުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އާއެކު ކުރިއަށް ގެންދާ މަޝްވަރާތަކާ މެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަމަށެވެ. 

ޓްރަމްޕް ވިދާޅުވީ، އީރާން އިން އެއްވެސް މިންވަރަކަށް ޔުރޭނިއަމް މުއްސަނދި ކުރުމަކީ ތާއީދު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ، އީރާންގެ ނިއުކްލިއާ މައްސަލައިގައި މަޝްވަރާތައް ކުރިއަށްދާއިރު، އެމެރިކާ އިން ދަނީ އީރާންއާ ދެކޮޅަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންނެވެ. އެމެރިކާ އިން ވަނީ މެދު އިރުމަތީގެ ސަރަހައްދުގައި އެ ޤައުމުގެ އަސްކަރީ ބާރުވެރިކަން ވެސް އިތުރު ކޮށްފަ އެވެ. 

އޮމާން އަކީ، އެމެރިކާ އާއި އީރާންއާ ދެމެދު އާންމު ގޮތެއްގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤައުމެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާންއެމެރިކާ-އީރާންބަދުރު އަލް ބުސައިދީއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފި

އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފި

27 ފެބުރުއަރީ 2026
އީރާނަށް ހަމަލާދިނުމަށް ޕެންޓަގަންގެ "ކާމިކާޒީ" ޑްރޯން ޔުނިޓް ތައްޔާރު ވެއްޖެ

އީރާނަށް ހަމަލާދިނުމަށް ޕެންޓަގަންގެ "ކާމިކާޒީ" ޑްރޯން ޔުނިޓް ތައްޔާރު ވެއްޖެ

27 ފެބުރުއަރީ 2026
އީރާން އާއި، އެމެރިކާގެ ތިން ވަނަ ބުރުގެ މަޝްވަރާތައް ޖެނީވާގައި ފަށައިފި

އީރާން އާއި، އެމެރިކާގެ ތިން ވަނަ ބުރުގެ މަޝްވަރާތައް ޖެނީވާގައި ފަށައިފި

26 ފެބުރުއަރީ 2026
ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އީރާން އިން ކުރާނެ ކަމެއް ނޫން ކަމަށް، އަނެއްކާ ވެސް ޕެޒެޝްކިއާން ވިދާޅުވެއްޖެ

ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އީރާން އިން ކުރާނެ ކަމެއް ނޫން ކަމަށް، އަނެއްކާ ވެސް ޕެޒެޝްކިއާން ވިދާޅުވެއްޖެ

26 ފެބުރުއަރީ 2026
މިސައިލް ޕްރޮގްރާމްއާ ގުޅޭ ގޮތުން އީރާން އިން ވާހަކަ ނުދެއްކުމަކީ ވަރަށް ބޮޑު ގޯހެއް: ރޫބިއޯ

މިސައިލް ޕްރޮގްރާމްއާ ގުޅޭ ގޮތުން އީރާން އިން ވާހަކަ ނުދެއްކުމަކީ ވަރަށް ބޮޑު ގޯހެއް: ރޫބިއޯ

26 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު