Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

އީރާންގެ މަޝްވަރާތަކާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، ހަމަލާ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ

އީރާން އިން މަޝްވަރާ ކުރަމުންދާ ގޮތާ މެދު މާ ބޮޑަށް ހިތްހަމަ ޖެހިވަޑައި ނުގަންނަވާކަން ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދިގެން ނުވާނެ ކަމަށް. އަދި ނިއުކްލިއާ ހަތިޔާރު ބޭނުން ނުވާ ކަމަށް ބުނަން ޖެހޭ "ރަސް ބަސްތައް" އީރާން އިން ބުނަމުން ނުދާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 04:57
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތަކާ މެދު ހިތްހަމަ ޖެހި ވަޑައިނުގަންނަވާ ކަމަށާއި، އީރާން އަށް ހަމަލާ ދިނުމާ މެދު ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު ވަނީ އެމެރިކާ އާއި، އީރާންއާ ދެމެދު ތިން ވަނަ ބުރުގެ މަޝްވަރާ ބައްދަލުވުމެއް ސްވިޒަލެންޑުގެ ޖެނީވާގައި ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ފަހުން ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ދީނީ އިލްމުވެރިންގެ ބާރު އޮންނަ އީރާން އިން އެމެރިކާ ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދޭން ބޭނުން ނުވާ ކަމަށެވެ. 

އެއާ އެކު ނޫސްވެރިން ވަނީ އީރާންއާ ދެކޮޅަށް ބާރުގެ ބޭނުންކޮށް، އެ ޤައުމަށް ހަމަލާ ދިނުމާ ގުޅޭ ގޮތުން ޓްރަމްޕްއާ ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެކަމުގައި އެންމެ ފަހުގެ ނިންމުމެއް ނިންމަވާފައި ނެތް ކަމަށެވެ. ނަމަވެސް، ފާއިތުވި ދުވަސް ތަކުގައި ޓްރަމްޕް ވަނީ ތަކުރާރުކޮށް އީރާން އަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

އީރާން އިން މަޝްވަރާ ކުރަމުންދާ ގޮތާ މެދު މާ ބޮޑަށް ހިތްހަމަ ޖެހިވަޑައި ނުގަންނަވާކަން ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދިގެން ނުވާނެ ކަމަށެވެ. އަދި ނިއުކްލިއާ ހަތިޔާރު ބޭނުން ނުވާ ކަމަށް ބުނަން ޖެހޭ "ރަސް ބަސްތައް" އީރާން އިން ބުނަމުން ނުދާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ނަމަވެސް، ތަކުރާރުކޮށް އީރާން އިން ބުނަމުން ދަނީ އެ ޤައުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓު ތަކުން ވެސް، އީރާން އިން އެފަދަ ނިންމުމެއް ނިންމާފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. ނަމަވެސް، އީރާން އަކީ ފަލަސްޠީނުގެ ހަމާސް ޖަމާއަތަށް ތާއީދު ކުރާ ޤައުމެއް ކަމަށް ބުނެ، އެމެރިކާ އާއި އިޒްރޭލް އިން ވަނީ އީރާންގެ ވާހަކަތައް ޤަބޫލު ނުކުރާނެ ކަމަށް ބުނެފަ އެވެ. 

އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި ނަމަ، މެދު އިރުމަތީގެ ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް ނުރައްކަލެއް އޮންނާނެ ކަމަށެވެ. އަދި ހަނގުރާމައެއް ކުރިއަށްދާ ނަމަ، ނުވަތަ ހަނގުރާމައެއް ފެށިއްޖެ ނަމަ، އޭގައި ރަނގަޅު އަދި ނުބައި ނަތީޖާއެއް ނިކުމެދާނެ ކަމުގެ ނުރައްކާ އޮންނާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލް އިން ވެސް މިހާރު ބޭނުން ވަނީ އީރާންގައި އޮތް ވެެރިކަން ބަދަލު ކުރުމަށެވެ. މީގެ ކުރިން އެކަމާ ގުޅޭ ވާހަކަތައް ވަރަށް ފާޅުގައި ޓްރަމްޕް ދެއްކެވި ނަމަވެސް، މިފަހަރު އޭނާ އެ ވާހަކަ ދެއްކެވީ ވަރަށް ބޮޑަށް ސަމާލުވެ ހުންނަވައިގެންނެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ، ވެރިކަން ބަދަލުވާނެތޯ، ނުވަތަ ނޫންތޯ އެއްވެސް މީހަކަށް ނޭނގޭނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާނިއުކްލިއަރ ހަތިޔާރުއިޒްރޭލްހަމާސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މާއްދާ ދުވަހަކު ވެސް ބޭނުން ނުކުރަން އީރާން އިން އެއްބަސްވެއްޖެ

ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މާއްދާ ދުވަހަކު ވެސް ބޭނުން ނުކުރަން އީރާން އިން އެއްބަސްވެއްޖެ

28 ފެބުރުއަރީ 2026
އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފި

އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފި

27 ފެބުރުއަރީ 2026
އީރާނުގެ ފަރާތުން ވަގުތުން ކުރިމަތިވެދާނެ ނުރައްކަލެއް އޮތްކަމުގެ އެއްވެސް ހެއްކެއް ނެތި ބާރުގެ ބޭނުންކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް: އަލްބަރާދައީ

އީރާނުގެ ފަރާތުން ވަގުތުން ކުރިމަތިވެދާނެ ނުރައްކަލެއް އޮތްކަމުގެ އެއްވެސް ހެއްކެއް ނެތި ބާރުގެ ބޭނުންކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް: އަލްބަރާދައީ

26 ފެބުރުއަރީ 2026
އީރާން އާއި، އެމެރިކާގެ ތިން ވަނަ ބުރުގެ މަޝްވަރާތައް ޖެނީވާގައި ފަށައިފި

އީރާން އާއި، އެމެރިކާގެ ތިން ވަނަ ބުރުގެ މަޝްވަރާތައް ޖެނީވާގައި ފަށައިފި

26 ފެބުރުއަރީ 2026
ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އީރާން އިން ކުރާނެ ކަމެއް ނޫން ކަމަށް، އަނެއްކާ ވެސް ޕެޒެޝްކިއާން ވިދާޅުވެއްޖެ

ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އީރާން އިން ކުރާނެ ކަމެއް ނޫން ކަމަށް، އަނެއްކާ ވެސް ޕެޒެޝްކިއާން ވިދާޅުވެއްޖެ

26 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު