Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް-އީރާން

އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފި

އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް ވިދާޅުވީ، އިޒްރޭލަށް ކުރިމަތިވެފައިވާ ނުރައްކާތައް ނައްތާލުމަށް، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި އީރާނަށް ހަމަލާ ދީފައިވާ ކަމަށް. މި ހަމަލާ އިޒްރޭލް އިން ދީފައިވާއިރު، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އިޒްރޭލް އިން ވަނީ އީރާން އަށް ހަމަލާ ދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ފެބުރުއަރީ 2026 | ހޮނިހިރު 07:27
އިޒްރޭލް އިން އީރާން އަށް ދިން ހަމަލާގެ ތެރެއިން

އިޒްރޭލް އިން އީރާން އަށް ދިން ހަމަލާގެ ތެރެއިން | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު މަޝްވަރާތައް ކުރަމުން އަންނަ ވަގުތެއްގައި، އިޒްރޭލުން އީރާނަށް ހަމަލާ ދީފި އެވެ. 

އިޒްރޭލުން އީރާނަށް ހަމަލާ ދީފައި ވަނީ ހޮނިހިރު ދުވަހު އެވެ. ހަމަލާ ދިނުމަށް ފަހު އިޒްރޭލް އިން ބުނެފައި ވަނީ، މިއީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި ދިން ހަމަލާއެއް ކަމަށެވެ. މި ހަމަލާގެ ސަބަބުން މެދު އިރުމަތީގެ ސަރަހައްދު އަލުން ހަނގުރާމައިގެ ޙާލަތަކަށް ވެއްޓިފައިވާއިރު، އީރާނުގެ ނިއުކްލިއާ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދަމުން އައި މަޝްވަރާ ތަކަށް ވެސް ހުރަސް ތަކެއް ކުރިމަތި ވާނެ އެވެ. 

އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް ވިދާޅުވީ، އިޒްރޭލް އަށް ކުރިމަތިވެފައިވާ ނުރައްކާތައް ނައްތާލުމަށް، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި އީރާނަށް ހަމަލާ ދީފައިވާ ކަމަށެވެ. މި ހަމަލާ އިޒްރޭލް އިން ދީފައިވާއިރު، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އިޒްރޭލް އިން ވަނީ އީރާން އަށް ހަމަލާ ދީފަ އެވެ. 

އީރާންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ހޮނިހިރު ދުވަހު އެ ޤައުމުގެ ވެރި ރަށް ތެހެރާންގައި ބާރު ގަދަ ގޮވުން ތަކެއްގެ އަޑު އިވުނެވެ. ހަމަލާ ދިނުމަށް ފަހު އިޒްރޭލްގެ ސިފައިންގެ ބާރު ތަކުން މަސައްކަތްތަކާއި، ސްކޫލްތައް ބަންދު ކުރުމަށް އިއުލާން ކޮށް، އަދި ވައިގެ ދަތުރު ތަކަށް އެއާ ސްޕޭސް ވެސް ބަންދު ކުރި އެވެ. 

އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފައި މި ވަނީ، އީރާން އަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާ އިން ތަކުރާރުކޮށް ދެމުން ގެންދަނިކޮށެވެ. މިދިޔަ އަހަރު ވެސް އިޒްރޭލް އިން އީރާނަށް ހަމަލާ ދިންއިރު، އެމެރިކާ އިން ވެސް ވަނީ އެ ހަމަލާތަކުގެ ތެރެއަށް ވަދެ އީރާން އަށް ހަަމަލާ ދީފަ އެވެ. 

މަސްދަރު: އެޖެންސީސް

އިޒްރޭލް ކަޓްޒްއެމެރިކާއީރާން ނިއުކްލިއަރ ޕްރޮގްރާމްއިޒްރޭލް-އިރާން ހަނގުރާމަ އީރާން-އެމެރިކާހޫނު ހަބަރު

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

އީރާނަށް މިނިވަން ކަމުގެ ވަގުތު އައިސް ޖެހިއްޖެ، މަރުން ސަލާމަތެއް ނުވާނެ: ޓްރަމްޕް

28 ފެބުރުއަރީ 2026
އީރާނަށް މިނިވަން ކަމުގެ ވަގުތު އައިސް ޖެހިއްޖެ، މަރުން ސަލާމަތެއް ނުވާނެ: ޓްރަމްޕް
28 ފެބުރުއަރީ 2026

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު

28 ފެބުރުއަރީ 2026
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު
28 ފެބުރުއަރީ 2026

އީރާންގެ ރައީސް ޕެޒެޝްކިއާން ހުންނެވީ ސަލާމަތުކަން ކަށަވަރު ކޮށްދީފި

28 ފެބުރުއަރީ 2026
އީރާންގެ ރައީސް ޕެޒެޝްކިއާން ހުންނެވީ ސަލާމަތުކަން ކަށަވަރު ކޮށްދީފި
28 ފެބުރުއަރީ 2026

ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި

28 ފެބުރުއަރީ 2026
ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި
28 ފެބުރުއަރީ 2026

އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

28 ފެބުރުއަރީ 2026
އެމެރިކާ އާއި އިޒްރޭލް "ފުނޑު ފުނޑު ކޮށްލާ ފަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު