Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ބައިޑަން އާންމު ފްލައިޓެއްގައި ދަތުރު ކުރައްވައި، އާންމުންނާ އެކު ފޮޓޯ ނެންގެވުމުގައި

އެ ފްލައިޓުގައި ބައިޑަން ދަތުރު ކުރެއްވިއިރު، ވައިގެ ނުސާފު ކަމުގެ ސަބަބުން ފްލައިޓުގައި ގިނަ އިރު ތަކެއް މަޑު ކުރައްވަން ޖެހުނު. އެގޮތުން ފްލައިޓު ނައްޓާލަން ގާތް ގަނޑަކަށް އެއް ގަޑިއިރު ހޭދަވި ކަމަށާއި، އެއީ އެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެފައި ވުމުން ކަމަށް ރިޕޯޓު ތަކުގައި ފާހަގަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 06:07
އާންމުން ދަތުރު ކުރި، އާންމު ފްލައިޓެއްގައި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން

އާންމުން ދަތުރު ކުރި، އާންމު ފްލައިޓެއްގައި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން | ރޮއިޓާސް

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން، އާންމު ފްލައިޓެއްގައި ދަތުރު ކުރައްވައި، އާންމުންގެ ގިނަ ބަޔަކާ އެކު ފޮޓޯ ނެންގެވި ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. 

އެމެރިކާގެ ވެރި ރަށް ވޮޝިންޓަން ޑީސީގައި ހުންނަ ރޮނާލްޑް ރޭގަން އިންޓަނޭޝަނަލް އެއާޕޯޓް އިން ބައިޑަން ދަތުރު ކުރައްވާފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު އެވެ. މިއީ އާންމު ފްލައިޓަކަށް ވާއިރު، ފްލައިޓަށް އަރާވަޑައިގެންނެވުމަށް ބައިޑަން ކިއޫގައި ހުންނެވި މަންޒަރު ވެސް ގިނަ ބަޔަކަށް ފެނިފައިވެ އެވެ. 

އެގޮތުން އެ ފްލައިޓުގައި ބައިޑަން ދަތުރު ކުރެއްވީ ސައުތު ކެރޮލައިނާގެ ކޮލަމްބިއާ އަށެވެ. އެއީ އެ ސްޓޭޓްގެ ޑިމޮކްރަޓިކް ޕާޓީ އިން ހުކުރު ދުވަހުގެ ހަވީރު ބޭއްވި އިވެންޓެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. ބައިޑަންގެ ރިޔާސީ ދައުރު ނިމުނުތާ އަހަރަޖަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ބައިޑަން އުޅުއްވަނީ ސިޔާސީ ކަންކަމާ ވަރަށް ބޮޑަށް ދުރުގަ އެވެ. 

އާންމު ގޮތެއްގައި އެމެރިކާގެ ކުރީގެ ރައީސުން ވެސް ދަތުރު ކުރައްވަނީ ވަކި ފްލައިޓެއްގަ އެވެ. ނަމަވެސް، ގިނަ އާންމުންތަކަކާ އެކު، އާންމު ފްލައިޓެއްގައި ބައިޑަން ދަތުރު ކުރެއްވުމުން، ގިނަ ބައެއްގެ ސަމާލުކަން ވަނީ އެކަމަށް ލިބިފަ އެވެ. ފްލައިޓުގައި ބައިޑަން އިންނެވިއިރު، އާންމުން ބައިޑަންއާ ވާހަކަ ދައްކަވައި، ފޮޓޯ ނަގާ މަންޒަރު ވެސް ފެނިފައިވެ އެވެ،

އެ ފްލައިޓުގައި ބައިޑަން ދަތުރު ކުރެއްވިއިރު، ވައިގެ ނުސާފު ކަމުގެ ސަބަބުން ފްލައިޓުގައި ގިނަ އިރު ތަކެއް މަޑު ކުރައްވަން ޖެހުނެވެ. އެގޮތުން ފްލައިޓު ނައްޓާލަން ގާތް ގަނޑަކަށް އެއް ގަޑިއިރު ހޭދަވި ކަމަށާއި، އެއީ އެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެފައި ވުމުން ކަމަށް ރިޕޯޓު ތަކުގައި ފާހަގަ ކޮށްފައިވެ އެވެ. 

ފްލައިޓުގައި ބައިޑަން އިންނެވިއިރު، އޭނާގެ އަރިހުގައި ސީކްރެޓް ސާވިސްގެ އޮފިސަރުން ތިއްބެވެ. އަދި ސަރަހައްދީ ފުލުހުންގެ ބާރު ތަކުގެ އޮފިސަރުން ވެސް ބައިޑަންގެ ސެކިއުރިޓީގެ ކަންކަން ބެލުމަށް އެއާޕޯޓުގައި ތިބިކަން ފާހަގަވެފައިވެ އެވެ. 

ބައިޑަންގެ މި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް، ބައެއް މީހުން އޭނާ އަށް ތައުރީފު ކޮށްފައިވެ އެވެ. އެގޮތުން ކުރީގެ ރައީސުންގެ ދަތުރުފަތުރުގެ ކަންކަމަށް ދައުލަތުން އިންތިޒާމުތައް ހަމަޖައްސައި ދެމުން އަންނައިރު، އާންމު ރައްޔިތުންނާ އެއް ފްލައިޓެއްގައި ބައިޑަން ދަތުރު ކުރެއްވިކަން ގިނަ ބަޔަކު ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން އެ ފްލައިޓުން ދަތުރު ކުރި މީހަކު ވަނީ ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން ބައިޑަންއާ ސުވާލު ކޮށްފަ އެވެ. އެގޮތުން އިޒްރޭލް އިން ޣައްޒާގައި ހަނގުރާމަ ކުރިއަށް ގެންގޮސް، އެތައް މައުސޫމު ކުޑަ ކުދިން ތަކެއް ޝަހީދު ކުރުމުގައި ބައިޑަން އާއި، އެމެރިކާ ބައިވެރިވެފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ބައިޑަންގެ މި ދަތުރުގައި ޑިމޮކްރަޓިކް ޕާޓީގެ ޙަރަކާތެއްގައި އޭނާ ބައިވެރިވެ ވަޑައިގެންނެވިއިރު، ކުރިއަށް އޮތް ތަނުގައި އެ ޕާޓީގެ ޙަރަކާތް ތަކުން ބައިޑަން ފެންނާނެ ކަމަށް ގިނަ ބަޔަކު ފާހަގަ ކޮށްފައިވެ އެވެ. 

މަސްދަރު: ބީބީސީ

ޖޯ ބައިޑަންސައުތު ކެރޮލައިނާޑިމޮކްރެޓިކް ޕާޓީއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އާއި، އެމެރިކާގެ ތިން ވަނަ ބުރުގެ މަޝްވަރާތައް ޖެނީވާގައި ފަށައިފި

އީރާން އާއި، އެމެރިކާގެ ތިން ވަނަ ބުރުގެ މަޝްވަރާތައް ޖެނީވާގައި ފަށައިފި

26 ފެބުރުއަރީ 2026
ކޮންގްރެސްގެ މުސްލިމް ދެ މެމްބަރަކު އެމެރިކާ އިން ބޭރު ކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

ކޮންގްރެސްގެ މުސްލިމް ދެ މެމްބަރަކު އެމެރިކާ އިން ބޭރު ކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

26 ފެބުރުއަރީ 2026
ރިޔާސީ ރޭހުގައި ވާދަ ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ނިއުސަމްއާ ގުޅޭ ފޮތެއް ނެރުއްވައިފި

ރިޔާސީ ރޭހުގައި ވާދަ ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ނިއުސަމްއާ ގުޅޭ ފޮތެއް ނެރުއްވައިފި

26 ފެބުރުއަރީ 2026
އެމެރިކާގެ ތާާރީޚުގައި އެންމެ ދިގު ތަޤުރީރު، ޓްރަމްޕް ވިދާޅުވީ އޭނާގެ ސިޔާސަތުގެ ސަބަބުން ޤައުމު މިހާރު އޮތީ "ރަން ޒަމާނެއްގައި" ކަމަށް

އެމެރިކާގެ ތާާރީޚުގައި އެންމެ ދިގު ތަޤުރީރު، ޓްރަމްޕް ވިދާޅުވީ އޭނާގެ ސިޔާސަތުގެ ސަބަބުން ޤައުމު މިހާރު އޮތީ "ރަން ޒަމާނެއްގައި" ކަމަށް

25 ފެބުރުއަރީ 2026
އެމެރިކާ އާއެކު އެއްބަސްވުމަކަށް އާދެވޭނީ ޑިޕްލޮމަސީ އަށް އިސްކަން ދީފި ނަމަ: އަރާގްޗީ

އެމެރިކާ އާއެކު އެއްބަސްވުމަކަށް އާދެވޭނީ ޑިޕްލޮމަސީ އަށް އިސްކަން ދީފި ނަމަ: އަރާގްޗީ

25 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު