Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އީރާން އިން ކުރާނެ ކަމެއް ނޫން ކަމަށް، އަނެއްކާ ވެސް ޕެޒެޝްކިއާން ވިދާޅުވެއްޖެ

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމެވުމުގެ ޞާރު އޮންނަނީ ޚާމަނައީގެ އަތްޕުޅުގައި. އެގޮތުން 2000 ވަނަ އަހަރުގެ ކުރީ ކޮޅު ޚާމަނާއީ ވަނީ، އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 10:44
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން | ގެޓީ އިމޭޖަސް

ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އީރާން އިން ކުރާނެ ކަމެއް ނޫން ކަމަށް، އެ ޤައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން ޕެޒެޝްކިއާން ވިދާޅުވީ، އީރާންގެ ރޫޙާނީ ލީޑަރު އަދި، އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނައީ ވަނީ ފަނާ ކުރުވަނިވި ހަތިޔާރު، ނުވަތަ "ވެޕަންސް އޮފް މަސް ޑިސްޓްރަކްޝަން" އެފެއްދުން މަނާ ކުރައްވާފައި ކަމަށެވެ. 

އެއާ އެކު ޕެޒެޝްކިއާން ވިދާޅުވޯ ރޫޙާނީ ލީޑަރުގެ ނިންމެވުމުން ދޭހަވަނީ އީރާން އިން ނިއުކްލިއާ ހަތިޔާރު ތަރައްޤީ ނުކުރާނެކަން ކަމަށެވެ. އީރާންގެ ރައީސް ޕެޒެޝްކިއާން މިހެން ވިދާޅުވެފައި މި ވަނީ، އީރާން އާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ މައްސަލައިގައި ތިން ވަނަ ބައްދަލުވުން ބުރާސްފަތި ދުވަހު ކުރިއަށް ދަނިކޮށެވެ. 

އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެމެރިކާ އިން ދަނީ މެދު ކެނޑުމެއް ނެތި އީރާން އަށް ތުހުމަތުތައް އަމާޒު ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން އެމެރިކާ އާއި، އެ ޤައުމުގެ ވެރިން ގެންދަވަނީ އީރާން އަށް އިންޒާރު ދެއްވަމުންނެވެ. ނަމަވެސް، އީރާން އިން އަބަދު ވެސް ބުނަމުން ގެންދަނީ އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް އަކީ ހަަމައެކަނި ސުލްޙަވެރި ބޭނުން ތަކަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. 

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމެވުމުގެ ޞާރު އޮންނަނީ ޚާމަނައީގެ އަތްޕުޅުގަ އެވެ. އެގޮތުން 2000 ވަނަ އަހަރުގެ ކުރީ ކޮޅު ޚާމަނާއީ ވަނީ، އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާ ކުރައްވައިފަ އެވެ. ޚާމަނާއީގެ އެ ފަތުވާ އަކީ އީރާންގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެންމެ މުހިންމު އަސާސް ކަމަށް، އެ ޤައުމުގެ ސަރުކާރުން ބުނެ އެވެ. 

އީރާން އާއި ހުޅަނގުގެ ބާރުތަކާ ދެމެދު އޮތް ނުތަނަވަސްކަން ޙައްލު ކުރުމަށް ބާއްވާ މި މަޝްވަރާ ތަކަކީ ބައިނަލްއަޤުވާމީ މުޖުތަމައުން ވަރަށް ގާތުން ބަލަމުން ގެންދާ މައްސަލަ އެކެވެ. އީރާންގެ ރައީސް ޕެޒެޝްކިއާންގެ މި ވާހަކައާ އެކު، އީރާން އިން ބޭނުން ވަނީ ދުނިޔޭގެ ޤައުމު ތަކުގެ އިތުބާރު ހޯދައި، އެ ޤައުމަށް ކުރިމަތިވެފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކުން ސަލާމަތްވުމަށް މަގު ފަހި ކުރުން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެ އެވެ.

މަސްދަރު: ރޮއިޓާސް

އާޔަތުﷲ އަލީ ޚާމަނާއީނިއުކްލިއަރ ހަތިޔާރުއީރާން-އެމެރިކާއިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިސައިލް ޕްރޮގްރާމްއާ ގުޅޭ ގޮތުން އީރާން އިން ވާހަކަ ނުދެއްކުމަކީ ވަރަށް ބޮޑު ގޯހެއް: ރޫބިއޯ

މިސައިލް ޕްރޮގްރާމްއާ ގުޅޭ ގޮތުން އީރާން އިން ވާހަކަ ނުދެއްކުމަކީ ވަރަށް ބޮޑު ގޯހެއް: ރޫބިއޯ

26 ފެބުރުއަރީ 2026
ޑިޕްލޮމަސީ އަށް އިސްކަން ދޭނަން، އެކަމަކު ނިއުކްލިއަރ ހަތިޔާރުގެ ފުރުސަތު އީރާން އަށް ނުދޭނަން: ޓްރަމްޕް

ޑިޕްލޮމަސީ އަށް އިސްކަން ދޭނަން، އެކަމަކު ނިއުކްލިއަރ ހަތިޔާރުގެ ފުރުސަތު އީރާން އަށް ނުދޭނަން: ޓްރަމްޕް

26 ފެބުރުއަރީ 2026
އެމެރިކާގެ ބިރު ދެއްކުން ތަކަށް ސީރިއަސްވުމަށް ގޮވާލައި، އެމެރިކާގެ ނައިބު ރައީސްގެ އިންޒާރު އީރާން އަށް

އެމެރިކާގެ ބިރު ދެއްކުން ތަކަށް ސީރިއަސްވުމަށް ގޮވާލައި، އެމެރިކާގެ ނައިބު ރައީސްގެ އިންޒާރު އީރާން އަށް

26 ފެބުރުއަރީ 2026
މެދުއިރުމަތީގެ މަސްރަހާ މެދު ޓްރަމްޕްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ސާފު މެސެޖެއް ނުދެއްވި

މެދުއިރުމަތީގެ މަސްރަހާ މެދު ޓްރަމްޕްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ސާފު މެސެޖެއް ނުދެއްވި

25 ފެބުރުއަރީ 2026
އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ މިސައިލް އީރާނުން އުފައްދަން އުޅޭ ކަމަށް ރައީސް ޓްރަމްޕް ކުރެއްވި ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފި

އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ މިސައިލް އީރާނުން އުފައްދަން އުޅޭ ކަމަށް ރައީސް ޓްރަމްޕް ކުރެއްވި ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފި

25 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު