Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، މިހާރު މިތިބީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ޕްލޭންގެ ދެ ވަނަ ފިޔަވަހީގެ ކުރިމަތީގައި ކަމަށް. އެގޮތުން ދެ ވަނަ ފިޔަވަހީގައި ހިމެނޭ ކަންކަން ވަރަށް ސާފު ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ހަމާސްގެ ހަތިޔާރުތައް ނައްތާލައި އަދި ޣައްޒާ އިން ސިފައިން ދުރު ކުރާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 06:43
އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގައި ނަތަންޔާހޫ ވާހަކަ ދައްކަވަނީ

އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގައި ނަތަންޔާހޫ ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

ޣައްޒާގައި އުފައްދާ ބައިނަލްއަޤުވާމީ ސަލާމަތީ ބާރުގައި ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ހިމެނުމުގެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ. 

ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ މަޝްވަރާ ބޯޑުގައި ހިމެނޭ މެމްބަރުންނާ މެދު މީގެ ކުރިން ވެސް އިސްރާއީލް ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ. މި ބޯޑަކީ ޣައްޒާ ހަނގުރާމަ ނިންމުމަށް ޓްރަމްޕް އެކުލަވާލި 20 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ޕްލޭންގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ، ޣައްޒާގެ ސަަރަހައްދު ހިންގުމަށް ފަލަސްޠީނުގެ ކޮމެޓީ އަކާއި، އަދި މަޝްވަރާ ދިނުމުގެ ރޯލު އަދާ ކުރާނެ ޣައްޒާގެ އެގްޒެކެޓިވް ކޮމެޓީ އިއުލާން ކޮށްފަ އެވެ. 

ނަތަންޔާހޫ ވަނީ މީގެ ކުރިން ވެސް ޣައްޒާ އެގްޒެކެޓިވް ބޯޑުގައި ހިމެނޭ މެމްބަރުންނާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވައި، ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، މިހާރު މިތިބީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ޕްލޭންގެ ދެ ވަނަ ފިޔަވަހީގެ ކުރިމަތީގައި ކަމަށެވެ. އެގޮތުން ދެ ވަނަ ފިޔަވަހީގައި ހިމެނޭ ކަންކަން ވަރަށް ސާފު ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ހަމާސްގެ ހަތިޔާރުތައް ނައްތާލައި އަދި ޣައްޒާ އިން ސިފައިން ދުރު ކުރާނެ ކަމަށެވެ. 

އެއާ އެކު ނަތަންޔާހޫ ވިދާޅުވީ، ޣައްޒާގައި ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ނުތިބޭނެ ކަމަށެވެ. މިއީ ޓްރަމްޕްގެ ޕްލޭންގައި ހިމަނާފައިވާ ޣައްޒާގައި އުފައްވާ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސްއާ ގުޅޭ ގޮތުން ނަތަންޔާހޫ ދައްކަވާފައިވާ ވާހަކައެއް ކަމަށް މާހިރުން ދެކެ އެވެ. މި ބާރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ، ޣައްޒާގެ ސަލާމަތީ ޙާލަތު ބެލެހެއްޓުމާއި، ހަމާސްގެ ބަދަލުގައި ޣައްޒާގައި ފުލުހުންގެ އައު ބާރެއް ތަމްރީނު ކުރުމެވެ. 

ހުކުރު ދުވަހު އެމެރިކާ އިން ހާމަ ކޮށްފައިވާ ގޮތުގައި، އެ ބާރުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ހުންނަވާނީ އެމެރިކާގެ މޭޖާ ޖެނަރަލް ޖާސްޕާ ޖެފާސް އެވެ. ޖެފާސް އަކީ އެމެރިކާ މެދުވެރިކޮށް ލުބުނާން އާއި އިސްރާއީލްއާ ދެމެދު ފާއިތުވި ހަތް އަހަރު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރުމުގައި އެމެރިކާގެ ފަރާތުން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، ޣައްޒާގައި ކަންކަން ބަލަހައްޓާނެ މަޝްވަރާ ކައުންސިލްގެ ބައިވެރިންނާ ގުޅޭ ގޮތުން އެމެރިކާ ހިމެނޭހެން، އިސްރާއީލްގެ ރަޙުމަތްތެރިންނާ އެކު ކޮންމެ ވެސް ވަރެއްގެ ދެ ބަސްވުމެއް އޮތް ކަމަށެވެ. ނަތަންޔާހޫގެ އޮފީހުން ވެސް ވަނީ މީގެ ކުރިން އެކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެފަ އެވެ. އެއީ ޣައްޒާ އެގްޒެކެޓިވް ބޯޑުގައި ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން އާއި، ޤަތަރުގެ ޑިޕްލޮމެޓް އަލީ އަލް ތަވާދީ އަދި އެހެން ސަރަހައްދީ އަދި ބައިނަލްއަޤުވާމީ އޮފިޝަލުން ހިމެނުމާ ގުޅިގެންނެވެ. 

ބޮޑު ވަޒީރުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ވާހަކަ ދައްކައި، މަޝްވަރާ ކުރުމަށް އިސްރާއީލްގެ ފޮރިން މިނިސްޓަރަށް ނަތަންޔާހޫ އަންގަވާފައިވާ ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

ޣައްޒާބެންޖަމިން ނަތަންޔާހޫރައީސް ޑޮނަލްޑް ޓްރަމްޕްތުރުކީގަތަރުހަމާސްޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން ދެން ކޮންމެހެން ހަމަ އެކަނި ސުލްހަ އަށް އުޅޭކަށް ނުޖެހޭ: ޓްރަމްޕް

ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން ދެން ކޮންމެހެން ހަމަ އެކަނި ސުލްހަ އަށް އުޅޭކަށް ނުޖެހޭ: ޓްރަމްޕް

19 ޖެނުއަރީ 2026
ޣައްޒާ ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުން ދަނިކޮށް އެމެރިކާ އިން އިތުރު އެފް-35 މަތިންދާބޯޓުތަކެއް އިޒްރޭލަށް ފޯރުކޮށްދީފި

ގްރީންލޭންޑުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރަން ޖެހޭ: ޓްރަމްޕް

ގްރީންލޭންޑުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރަން ޖެހޭ: ޓްރަމްޕް

19 ޖެނުއަރީ 2026
ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު