Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

މި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ސުލްހަ ގާއިމުކުރުމަށް ރައީސް ޓްރަމްޕް ކުރައްވާ މަސައްކަތްޕުޅުތަކަށް އެ ގައުމުތަކުން ފުރިހަމަ އަށް ތާއީދު ކުރާކަން ތަކުރާރުކޮށް ކަށަވަރުކޮށްދެއްވާފައި.

ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 17:48
ސެޕްޓެމްބަރު 14، 2025 ގައި ޣައްޒާގެ ޣައްޒާ ސިޓީގެ ގިނަ އިމާރާތްތަކާއި އުސް ޓަވަރުތަކަށް އިޒްރޭލުން ބޮން އަޅަނީ.

ސެޕްޓެމްބަރު 14، 2025 ގައި ޣައްޒާގެ ޣައްޒާ ސިޓީގެ ގިނަ އިމާރާތްތަކާއި އުސް ޓަވަރުތަކަށް އިޒްރޭލުން ބޮން އަޅަނީ. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވައިލައްވާފައިވާ ޣައްޒާގެ ސުލްހައިގެ މަޖިލިސް ނުވަތަ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެއްބަސްވެއްޖެ އެވެ. މިކަން ހާމަކޮށްފައި ވަނީ އެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބުދަ ދުވަހު ނެރުއްވި ގުޅިފައިވާ ބަޔާނެއްގަ އެވެ.

މި ބަޔާނުގައި ވާގޮތުން، ކޮންމެ ގައުމަކުން ވެސް މި މަޖިލީހުގައި ބައިވެރިވުމުގެ ރަސްމީ ލިޔުންތަކުގައި ސޮއިކުރާނީ އެ ގައުމެއްގެ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޚާރިޖީ ވަޒީރުން ވަނީ ސުލްހަ ގާއިމުކުރުމަށް ރައީސް ޓްރަމްޕް ކުރައްވާ މަސައްކަތްޕުޅުތަކަށް އެ ގައުމުތަކުން ފުރިހަމަ އަށް ތާއީދުކުރާކަން ތަކުރާރުކޮށް ކަށަވަރުކޮށްދެއްވާފަ އެވެ. އަދި ޣައްޒާ ގައި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށާއި، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އެ ސަރަހައްދު އަލުން އާރާސްތުކުރުމަށް އެ މަޖިލީހުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެހީތެރިވެދިނުމަށް އެ ގައުމުތަކުން ވަނީ އިގުރާރުވެފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ އިންގްލިޝް

ރައީސް ޑޮނަލްޑް ޓްރަމްޕްބޯޑް އޮފް ޕީސްޣައްޒާއެމެރިކާ-ސައުދީ އަރަބިއްޔާޔޫއޭއީތުރުކީ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2026

ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން، އިލެކްޓްރިކަލް މައްސަލަ އެއް ޖެހި އަނބުރާލަން ޖެހިއްޖެ

21 ޖެނުއަރީ 2026
ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން، އިލެކްޓްރިކަލް މައްސަލަ އެއް ޖެހި އަނބުރާލަން ޖެހިއްޖެ
21 ޖެނުއަރީ 2026

ތެލުގެ ވިޔަފާރިން ވެނެޒުއެލާ އަށް 300 މިލިއަން ޑޮލަރު ލިބިއްޖެ

21 ޖެނުއަރީ 2026
ތެލުގެ ވިޔަފާރިން ވެނެޒުއެލާ އަށް 300 މިލިއަން ޑޮލަރު ލިބިއްޖެ
21 ޖެނުއަރީ 2026

އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

21 ޖެނުއަރީ 2026
އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް
20 ޖެނުއަރީ 2026

ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް

20 ޖެނުއަރީ 2026
ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް
20 ޖެނުއަރީ 2026

ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު