Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

އެމެރިކާ އިން އިރާނާ ދެކޮޅަށް ބަހުގެ ހަމަލާތައް ވަރުގަދަކުރަމުން ދާ ދަނޑިވަޅެއްގައި، ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ޝައިޚް ޢީސާ ޤާސިމް ވިދާޅުވީ، އިރާނުގެ ރޫޙާނީ އިސް ލީޑަރު އާޔަތުﷲ ޚާމަނާއީ އަށްޓަކައި މިލިއަނުން މީހުން ޤުރުބާންވުމަށް ތައްޔާރަށްތިބި ކަމަށް. ޝައިޚް ވިދާޅުވީ ދުނިޔޭގެ މުސްލިމުން އާޔަތުﷲ ޚާމަނާއީ އަށް ތާއީދުކުރާ ކަމަށާއި، އިރާނުގެ އެތައް މިލިއަން ރައްޔިތުން މަގުތަކަށް ނުކުމެ އެމަނިކުފާނަށް ތާއީދު ހާމަކުރި ކަމަށް.

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 07:41
އީރާނުގެ އިސްލާމީ އިންގިލާބުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ.

އީރާނުގެ އިސްލާމީ އިންގިލާބުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ. | ޕްރެސްޓީވީ

އިރާނުގެ ރޫޙާނީ އިސްލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ އެވެ.

އިރާނާއި އެޤައުމުގެ ދީނީ އަދި ސިޔާސީ ލީޑަރާ ދެކޮޅަށް އެމެރިކާ އިން ބަހުގެ ހަމަލާތައް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، އިރާނުގެ ރޫޙާނީ އިސް ލީޑަރު އާޔަތުﷲ ސައްޔިދު ޢަލީ ޚާމަނާއީ އަށް ޓަކައި ފުރާނަ އިން ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު އިންޒާރު ދެއްވައިފިއެވެ.

އަންގާރަ ދުވަހު ބަޙްރޭނުގެ ޝައިޚް ޢީސާ ޤާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އާޔަތުﷲ ޚާމަނާއީ އަކީ އެމަނިކުފާނުގެ ދީނީ އިލްމީ ޤާބިލުކަމާއި، މަތިވެރި ދަރަޖައާއި، އަދި ސިޔާސީ ހިކުމަތްތެރި ލީޑަޝިޕްގެ ސަބަބުން މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ތަފާތު ލީޑަރެއް ކަމަށެވެ.

"އެމަނިކުފާނަކީ އިރާނުގެ މިލިއަނުން ގުނާލެވޭ މީހުން އެބޭފުޅަކަށްޓަކައި ފުރާނަ ފިދާކުރަން ތައްޔާރަށް ތިބި ލީޑަރެއް. އަދި އެމަނިކުފާނުގެ އަމުރުފުޅުތަކަކީ ދީނީ އަމުރުފުޅުތަކެއް ކަމުގައި އެމީހުން ދެކޭ،" ޝައިޚް ޢީސާ ޤާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން އާޔަތުﷲ ޚާމަނާއީ އަށް ތާއީދުކުރާ ކަމަށާއި، ހަމަޖެހުމާއި، ސުލްހަ އާއި، އަދި އިންސާނުންގެ މެދުގައި އަޚުވަންތަކަން ޤާއިމުކުރެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުންދޭ ކަމަށްވެސް އެބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ.

ޝައިޚް ޢީސާ ޤާސިމް މި ބަޔާން ނެރުއްވާފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 'ޕޮލިޓިކޯ' ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އާޔަތުﷲ ޚާމަނާއީ އަށް ނިސްބަތްކުރައްވައި ބޭއަދަބީ ބަސްތަކެއް ބޭނުންކުރެއްވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

މީގެ ކުރިން ޖެނުއަރީ 17 ވަނަ ދުވަހު އާޔަތުﷲ ޚާމަނާއީ ދެއްވި ތަޤުރީރެއްގައި، ޖެނުއަރީ މަހުގެ ކުރީކޮޅު އިރާނުގައި ހިނގައިދިޔަ ބޮޑެތި ހަމަނުޖެހުންތަކަށް ހިތްވަރުދީ، ޓެރަރިސްޓުންނަށް އެހީތެރިވުމުގެ ޒިންމާ ޓްރަމްޕް އުފުލަންޖެހޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އާޔަތުﷲ ޚާމަނާއީ ވިދާޅުވި ގޮތުގައި، ޓްރަމްޕް ވަނީ ޓެރަރިސްޓް ޖަމާޢަތްތަކަކީ އިރާނުގެ ރައްޔިތުން ތަމްސީލުކުރާ ބައެއްގެ ގޮތުގައި ދައްކަވަން މަސައްކަތް ކުރައްވާފަ އެވެ. އަދި އެއީ "ބޮޑުވެގެންވާ އިތުރުފުޅެއް" ކަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވި އެވެ.

ޝައިޚް ޢީސާ ޤާސިމްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ޖެނުއަރީ 13 ވަނަ ދުވަހު އިރާނުގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުން މަގުތަކަށް ނުކުމެ ހަމަނުޖެހުންތައް ކުށްވެރިކުރުމަކީ، ބޭރުގެ ނުފޫޒުން ހިންގާ ހަލާކުކުރުމުގެ އަމަލުތަކާ ދެކޮޅަށް އާޔަތުﷲ ޚާމަނާއީއަށް އޮތް ރައްޔިތުންގެ ފުރިހަމަ ތާއީދު ހާމަވެގެންދިޔަ ކަމެއް ކަމަށެވެ.

އަދި އިރާނުގެ އިސްލާހަށް މަސައްކަތްކުރާ ކަމަށް ބުނެ ޓްރަމްޕް ދައްކަވާ ވާހަކަތައް އިރާނުގެ އެއްވެސް ރައްޔިތަކު ގަބޫލުނުކުރާނެ ކަމަށާއި، ސަބަބަކީ ޖޫން މަހު އިޒްރޭލުގެ އަނިޔާވެރި ސަރުކާރުން ކުރި ހަނގުރާމަ އަށް ޓްރަމްޕް ތާއީދުކޮށް، އެކަމުގައި ބައިވެރިވެފައިވާތީ ކަމަށްވެސް ޝައިޚް ޢީސާ ޤާސިމް ވިދާޅުވި އެވެ.

އީރާންބަޙްރައިންއާޔަތުﷲ ޚާމަނާއީޝައިޚް ޢީސާ ޤާސިމްރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަލް މާލިކީ އަކީ ނުބައި މީހެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވެސް އިރާގަށް އިންޒާރު ދެއްވައިފި

އަލް މާލިކީ އަކީ ނުބައި މީހެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވެސް އިރާގަށް އިންޒާރު ދެއްވައިފި

28 ޖެނުއަރީ 2026
އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

28 ޖެނުއަރީ 2026
ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަށް އޮތް ހަމައެކަނި ޔަގީން ކަމަކީ އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމާއި ގުޅުން ދެމެހެއްޓުން ކަމަށް އީރާނުގެ ރައީސް ސައުދީ ވަލީ އަހުދަށް ދަންނަވައިފި

ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަށް އޮތް ހަމައެކަނި ޔަގީން ކަމަކީ އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމާއި ގުޅުން ދެމެހެއްޓުން ކަމަށް އީރާނުގެ ރައީސް ސައުދީ ވަލީ އަހުދަށް ދަންނަވައިފި

27 ޖެނުއަރީ 2026
އިރާނުން އީޔޫ އަށް އިންޒާރު - އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފި ނަމަ ނަތީޖާ ހިތިވާނެ

އިރާނުން އީޔޫ އަށް އިންޒާރު - އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފި ނަމަ ނަތީޖާ ހިތިވާނެ

27 ޖެނުއަރީ 2026
އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

27 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު