Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ-އީރާން

އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

އީރާންގެ ރައީސްއާ ކުރެއްވި މަޝްވަރާގައި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ އިސްލާމީ ޖުމްހޫރިއްޔާ އާއި، އީރާންގެ ސިޔާދަތަށް ޙުރުމަތްތެރި ވުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަ ކުރައްވާފައި. އަދި އީރާން އަށް އަމާޒު ކޮށް ދޭ އެއްވެސް ހަމަލާއެއްގައި، އަދި ހަރުކަށި އަމަލެއްގައި ސައުދީގެ އެއާ ސްޕޭސް އަދި ބިން ބޭނުން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވަލީ އަހުދު ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 06:19
ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން | ރޮއިޓާސް

އީރާންއާ ދެކޮޅަށް ހަމަލާ ދިނުމަށް، ސައުދީ އަރަބިއްޔާގެ އެއާ ސްޕޭސް އާއި އެ ޤައުމުގެ ބިމުގެ ސަރަހައްދު ވެސް ބޭނުން ނުކުރެވޭނެ ކަމަށް، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މިހެން ވިދާޅުވެފައި ވަނީ، އަންގާރަ ދުވަހު އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގަ އެވެ. އެ މަޝްވަރާގައި އީރާންގެ ރައީސް ވަނީ އެ ޤައުމުގެ އެންމެ ފަހުގެ ކުރިއެރުންތަކާއި، އަސްކަރީ ހަމަލާއެއް އަތުވެދާނެ ކަމަށް ވަމުން އަންނަ ތައްޔާރީތައް ހިއްސާ ކުރައްވައިފަ އެވެ.

މި ދަނޑިވަޅަކީ އީރާން އަށް އަމާޒުކޮށް އަސްކަރީ ހަމަލާއެއް ދީފާނެ ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދެމުން އަންނަ ވަގުތެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަނީ ތަކުރާރުކޮށް އެ އިންޒާރު ދެއްވަމުންނެވެ. އިންޒާރު ތަކަށް ފަހު، އެމެރިކާގެ އަސްކަރީ ބައެއް އުޅަނދުތައް ވަނީ މެދު އިރުމަތީގެ ސަރަހައްދަށް ޖަމާވެފަ އެވެ. 

އެމެރިކާ އިން ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އީރާންގެ ނިއުކްލިއާ ތިން މަރުޒަކަށް ދިން ހަމަލާގައި އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް ނައްތާލެވިފައިވާ ކަމަށެވެ. ނަަމަވެސް، އީރާން އިން ބުނެފައި ވަނީ އެ ހަމަލާގައި އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް އަށް ލިބުނު ގެއްލުންތައް ރިކަވާ ކޮށްފައިވާ ކަމަށެވެ. 

އީރާންގެ ރައީސްއާ ކުރެއްވި މަޝްވަރާގައި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ އިސްލާމީ ޖުމްހޫރިއްޔާ އާއި، އީރާންގެ ސިޔާދަތަށް ޙުރުމަތްތެރި ވުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަ ކުރައްވައިފަ އެވެ. އަދި އީރާން އަށް އަމާޒު ކޮށް ދޭ އެއްވެސް ހަމަލާއެއްގައި، އަދި ހަރުކަށި އަމަލެއްގައި ސައުދީގެ އެއާ ސްޕޭސް އަދި ބިން ބޭނުން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވަލީ އަހުދު ވަނީ ވިދާޅުވެފަ އެވެ. 

މެދު އިރުމަތީގެ ސަރަހައްދުގައި ހަނގުރާމައެއް ފެށި ދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، އީރާންއާ ދެކޮޅަށް އެމެރިކާ އިން ހަމަލާ ދިނުމަކީ ސައުދީ އަރަބިއްޔާ އިން ދެކޮޅު ހަދާ ކަމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އީރާން އާއި ސައުދީއާ ދެމެދު އޮތް ގުޅުން ނުތަނަވަސްވެފައި ވީ ނަމަވެސް، މިހާރު ދެ ޤައުމުން ވެސް އަންނަނީ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާންމުޙައްމަދު ބިން ސަލްމާންމަސްޢޫދު ޕެޒެޝްކިއަންއެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްސަޢޫދީ-އީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަށް އޮތް ހަމައެކަނި ޔަގީން ކަމަކީ އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމާއި ގުޅުން ދެމެހެއްޓުން ކަމަށް އީރާނުގެ ރައީސް ސައުދީ ވަލީ އަހުދަށް ދަންނަވައިފި

ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަށް އޮތް ހަމައެކަނި ޔަގީން ކަމަކީ އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމާއި ގުޅުން ދެމެހެއްޓުން ކަމަށް އީރާނުގެ ރައީސް ސައުދީ ވަލީ އަހުދަށް ދަންނަވައިފި

27 ޖެނުއަރީ 2026
އިރާނުން އީޔޫ އަށް އިންޒާރު - އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފި ނަމަ ނަތީޖާ ހިތިވާނެ

އިރާނުން އީޔޫ އަށް އިންޒާރު - އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފި ނަމަ ނަތީޖާ ހިތިވާނެ

27 ޖެނުއަރީ 2026
އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

27 ޖެނުއަރީ 2026
އެމެރިކާގެ މަގު ތަކުގައި މީހުން މަރުވާ މަންޒަރު ބަލަން ޓްރަމްޕް ބޭނުމެއް ނުވޭ

އެމެރިކާގެ މަގު ތަކުގައި މީހުން މަރުވާ މަންޒަރު ބަލަން ޓްރަމްޕް ބޭނުމެއް ނުވޭ

27 ޖެނުއަރީ 2026
އީރާނަށް ހަމަލާ ދިނުމަށް ޔޫއޭއީ ގެ އެއްވެސް ސަރަހައްދެއް ބޭނުން ކުރަން ހުއްދަ ނުދޭނެ ކަމަށް އެ ގައުމުން އަންގައިފި

އީރާނަށް ހަމަލާ ދިނުމަށް ޔޫއޭއީ ގެ އެއްވެސް ސަރަހައްދެއް ބޭނުން ކުރަން ހުއްދަ ނުދޭނެ ކަމަށް އެ ގައުމުން އަންގައިފި

26 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު