Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާން އާއި، އެމެރިކާގެ ތިން ވަނަ ބުރުގެ މަޝްވަރާތައް ޖެނީވާގައި ފަށައިފި

މަޝްވަރާ ތަކުގައި އެމެރިކާގެ ފަރާތުން ބައިވެރި ވަނީ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ޓްރަމްޕްގެ ދަރިކަލުން ޖެރާޑް ކުޝްނާ. އީރާންގެ ފަރާތުން މަޝްވަރާ ތަކުގައި އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ އެ ޤައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 10:45
މަޝްވަރާ ތަކުގައި ބައިވެރިވާ އޮމާންގެ ވަފުދު ކާރު ކޮޅުގައި ވަޑައިގަންނަވާ ވަގުތު، ފުލުހުން ސަލާމަތީ ކަންކަން  ބަލަހައްޓަނީ

މަޝްވަރާ ތަކުގައި ބައިވެރިވާ އޮމާންގެ ވަފުދު ކާރު ކޮޅުގައި ވަޑައިގަންނަވާ ވަގުތު، ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަނީ | ގެޓީ އިމޭޖަސް

އީރާންގެ ނިއުކްލިއާ މައްސަލައިގައި އެފެދިފައިވާ ނުތަނަވަސް ކަމަށް ސުލްޙަވެރި ޙައްލެއް ހޯދުމަށާއި، އެމެރިކާ އިން އީރާން އަށް ދީފާނެ އަސްކަރީ ހަމަލާ ތަކަކުން ސަލާމަތްވުމަށް އަމާޒުކޮށްގެން ސްވިޒަލެންޑުގެ ޖެނީވާގައި މަޝްވަރާތައް ފަށައިފި އެވެ.

ބުރާސްފަތި ދުވަހު ޖެނީވާގައި މަޝްވަރާތައް ފަށާފައިވާއިރު، މިއީ ތިން ވަނަ ބުރުގެ މަޝްވަރާ ބައްދަލުވުމެވެ. މި ދަނޑިވަޅަކީ މެދު އިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަން އިތުރުކޮށް، އެމެރިކާ އިން އީރާން އަށް އިންޒާރު ދެމުން އަންނަ ދަނޑިވަޅެކެވެ.

މަޝްވަރާ ތަކުގައި އެމެރިކާގެ ފަރާތުން ބައިވެރި ވަނީ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ޓްރަމްޕްގެ ދަރިކަލުން ޖެރާޑް ކުޝްނާ އެވެ. އީރާންގެ ފަރާތުން މަޝްވަރާ ތަކުގައި އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ އެ ޤައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެވެ. 

އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލް ބުސައިދީ މެދުވެރިއެއްގެ ދައުރު އަދާ ކުރައްވާ މި މަޝްވަރާ ތަކަކީ ނުސީދާ ގޮތެއްގައި ކުރިއަށް ގެންދާ މަޝްވަރާ ތަކެކެވެ. އެގޮތުން ބުރާސްފަތި ދުވަހު އޮމާންގެ ފޮރިން މިނިސްޓަރު އެމެރިކާގެ ވަފުދާ ބައްދަލު ކުރައްވައި، އީރާންގެ ހުށަހެޅުންތައް ހިއްސާ ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްވަރާ ތަކުގެ ކުރިން، އެމެރިކާގެ ކޮންގްރެސްގައި ދެއްވި ތަޤުރީރުގައި ވެސް ޓްރަމްޕް ވަނީ އީރާން އަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ޑިޕްލޮމަސީގެ މަގުން މައްސަލަ ހައްލު ކުރުމަށް އިސްކަން ދެއްވި ނަމަވެސް، އީރާން އިން 10 ދުވަސް، ނުވަތަ 15 ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އަންނަން ޖެހޭނެ ކަަމަށާއި، އެހެން ނޫން ނަމަ ވަރަށް ނުރައްކާތެރި ކަންތައްތަކާ ކުރިމަތި ވެދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވެ އެވެ. 

އީރާންގައި މި ފަހުން ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާ ތަކާ ގުޅިގެން އެ ޤައުމުގެ ސަރުކާރަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެގޮތުން މިއީ އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ 36 އަހަރުވީ ވެރިކަމުގައި މިހާތަނަށް އެ ޤައުމުގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮން ޖެހުން ކަމަށް ފާހަގަވެފައިވެ އެވެ. އެމެރިކާ އިން އީރާންއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން، އީރާން އަށް ވަނީ އިޤްތިޞާދީ ގޮތުން ބޮޑު ގޮންޖެހުން ތަކެއް ކުރިމަތިވެފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާންއެމެރިކާޖެނީވާއައްބާސް އަރަގްޗީއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އީރާން އިން ކުރާނެ ކަމެއް ނޫން ކަމަށް، އަނެއްކާ ވެސް ޕެޒެޝްކިއާން ވިދާޅުވެއްޖެ

ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އީރާން އިން ކުރާނެ ކަމެއް ނޫން ކަމަށް، އަނެއްކާ ވެސް ޕެޒެޝްކިއާން ވިދާޅުވެއްޖެ

26 ފެބުރުއަރީ 2026
މިސައިލް ޕްރޮގްރާމްއާ ގުޅޭ ގޮތުން އީރާން އިން ވާހަކަ ނުދެއްކުމަކީ ވަރަށް ބޮޑު ގޯހެއް: ރޫބިއޯ

މިސައިލް ޕްރޮގްރާމްއާ ގުޅޭ ގޮތުން އީރާން އިން ވާހަކަ ނުދެއްކުމަކީ ވަރަށް ބޮޑު ގޯހެއް: ރޫބިއޯ

26 ފެބުރުއަރީ 2026
ޑިޕްލޮމަސީ އަށް އިސްކަން ދޭނަން، އެކަމަކު ނިއުކްލިއަރ ހަތިޔާރުގެ ފުރުސަތު އީރާން އަށް ނުދޭނަން: ޓްރަމްޕް

ޑިޕްލޮމަސީ އަށް އިސްކަން ދޭނަން، އެކަމަކު ނިއުކްލިއަރ ހަތިޔާރުގެ ފުރުސަތު އީރާން އަށް ނުދޭނަން: ޓްރަމްޕް

26 ފެބުރުއަރީ 2026
ކޮންގްރެސްގެ މުސްލިމް ދެ މެމްބަރަކު އެމެރިކާ އިން ބޭރު ކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

ކޮންގްރެސްގެ މުސްލިމް ދެ މެމްބަރަކު އެމެރިކާ އިން ބޭރު ކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

26 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި

26 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު