Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

"އެމެރިކާ އަށް ހަމަލާ ދިނުމަށް، އީރާން އިން އަންނަނީ މިސައިލް ތައްޔާރު ކުރަމުން!"

ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ ބޭނުން ވަނީ ސިޔާސީ ގޮތުން މައްސަލަ ޙައްލު ކުރަން ކަމަށް. ނަމަވެސް، މިހާރު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތައް ފެއިލް ވެއްޖެ ނަމަ، ބާރުގެ ބޭނުން ކުރަން އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 07:30
ރިޔާސީ ދެ ވަނަ ދައުރުގެ ފުރަތަމަ ސްޓޭޓް އޮފް ޔޫނިއަންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ

ރިޔާސީ ދެ ވަނަ ދައުރުގެ ފުރަތަމަ ސްޓޭޓް އޮފް ޔޫނިއަންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

އެމެރިކާ އަށް ހަމަލާ ދިނުމަށްޓަކައި، އީރާން އިން އަންނަނީ މިސައިލް ތައްޔާރު ކުރަމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ދެ ވަނަ ދައުުރުގެ ފުރަތަމަ ސްޓޭޓް އޮފް ޔޫނިއަންގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާ އިން ހަމަލާ ދީފައިވާ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަލުން ބިނާ ކުރުމަށް ވެސް އީރާން އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރުގެ ހަމަލާ ތަކަށް ފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް ސުންނާފަތި ކޮށްލެވިފައިވާ ކަމަށެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާންއާ ދެމެދު އަންނަނީ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އަލުން މަޝްވަރާތައް ފެށުމަށް ފަހު މިހާތަނަށް ދެ ބައްދަލުވުމެއް ބާއްވާފައިވާއިރު، ބުރާސްފަތި ދުވަހު ތިން ވަނަ ބައްދަލުވުމެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ ބޭނުން ވަނީ ސިޔާސީ ގޮތުން މައްސަލަ ޙައްލު ކުރަން ކަމަށެވެ. ނަމަވެސް، މިހާރު ކުރިއަށް ގެންދާ މަޝްވަރާތައް ފެއިލް ވެއްޖެ ނަމަ، ބާރުގެ ބޭނުން ކުރަން އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މިހާތަނަށް ޓްރަމްޕް ގެންދަވަނީ، ބާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމަށް ވިދާޅުވެ އީރާން އަށް އިންޒާރު ދެމުންނެވެ. 

މީގެ އިތުރުން ސްޓޭޓް އޮފް ޔޫނިއަންގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޔޫރަޕާއި، އެހެން ސަރަހައްދު ތަކުގައި ހުރި އެމެރިކާގެ ބޭސް ތަަކަށް ހަމަލާ ދިނުމަށް މީގެ ކުރިންވެސް އީރާން އިން މިސައިލް ތައްޔާރު ކޮށްފައިވާ ކަމަށެވެ. އަދި އެމެރިކާ އަށް ހަމަލާ ދޭނެ މިސައިލް ތައްޔާރު ކުރަން އީރާން އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ އިން ބުނެފައި ވަނީ، 2035 ވަނަ އަހަރާ ހަމައަށް، އީރާން އަށް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ތައްޔާރު ކުރެވިދާނެ ކަމަށެވެ. ނަމަވެސް، އީރާން އިން އެފަދަ ނިންމުމެއް ނިންމާފައިވާ ކަމެއް އެ އެޖެންސީ އިން ބުނެފައި ނުވެ އެވެ. 

އެމެރިކާގެ ކޮންގްރެސް ރިސާޗް ސާވިސްގެ މައުލޫމާތުގައިވާ ގޮތުން، މިހާރު އީރާނުގައި ހުންނަނީ ކުރު އަދި މެދު ދުރުމިނުގެ ބެލިސްޓިލް މިސައިލް އެވެ. އެ މިސައިލް ތަކުން ހަމަލާ ދެވޭނީ 1850 މޭލު، ނުވަތަ 3000 ކިލޯ މީޓަރު ދުރު މިނަކަށެވެ. އީރާންގެ ހުޅަނގުގެ ކަނޑު އަޑިން އެމެރިކާގެ މައި ބިމާ ހަމައަށް 6000 މޭލަށް ވުރެ ދުރެއެވެ. 

މިދިޔަ އަހަރުގެ ތެރޭގައި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާ ތަކުގެ ތެރެއަށް ވަދެ، އެމެރިކާ އިން އީރާން އަށް ހަމަލާ ދިނުމާ ގުޅިގެން، އީރާން އިން ވަނީ ޤަތަރުގައި ހުންނަ އެމެރިކާގެ ބޭސް އަކަަށް ހަމަލާ ދީފަ އެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާ-އީރާންއީރާން ނިއުކްލިއަރ ޕްރޮގްރާމްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރޯޑްއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވައި، ލީޑު ކުރައްވާނީ ނައިބު ރައީސް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ފްރޯޑްއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވައި، ލީޑު ކުރައްވާނީ ނައިބު ރައީސް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

25 ފެބުރުއަރީ 2026
ވިލާތުގެ ގައުމުތަކާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ވައިގެ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށްފި

ވިލާތުގެ ގައުމުތަކާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ވައިގެ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށްފި

24 ފެބުރުއަރީ 2026
ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރު ވުމަށް އީރާނުން އަސްކަރީ ތަމްރީންތައް ފަށައިފި

ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރު ވުމަށް އީރާނުން އަސްކަރީ ތަމްރީންތައް ފަށައިފި

24 ފެބުރުއަރީ 2026
އީރާނަށް އެމެރިކާގެ ހަމަލާ ދިނުން އޮތީ ވަރަށް ގާތުގައި ކަމަށް އިޒްރޭލުގެ އޮފިޝަލަކު ހާމަ ކޮށްފި

އީރާނަށް އެމެރިކާގެ ހަމަލާ ދިނުން އޮތީ ވަރަށް ގާތުގައި ކަމަށް އިޒްރޭލުގެ އޮފިޝަލަކު ހާމަ ކޮށްފި

24 ފެބުރުއަރީ 2026
އެމެރިކާގެ ސަފީރަށް ފްރާންސްގެ ވަޒީރުންނާ ބައްދަލު ކުރުން މަނާ ކޮށްފި

އެމެރިކާގެ ސަފީރަށް ފްރާންސްގެ ވަޒީރުންނާ ބައްދަލު ކުރުން މަނާ ކޮށްފި

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު