Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

އެމެރިކާގެ ބިރު ދެއްކުން ތަކަށް ސީރިއަސްވުމަށް ގޮވާލައި، އެމެރިކާގެ ނައިބު ރައީސްގެ އިންޒާރު އީރާން އަށް

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާގެ ރައީސް ޓްރަމްޕަށް އެހެނިހެން ގޮތް ގޮތް ވެސް އޮތް ކަމަށް ވޭންސް ވިދާޅުވި. އަދި އެ ގޮތްތަކާއި، ވަސީލަތްތައް ބޭނުން ކުރުމަށް ޓްރަމްޕް ހުންނެވީ ތައްޔާރަށް ކަމަށާއި، ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި އެކަން ސީރިއަސްކޮށް ބަލާނެ ކަމަަށް އުންމީދު ކުރައްވާ ކަމަށް ވޭންސް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 05:24
އަންގާރަ ދުވަހުގެ ރޭ ޓްރަމްޕް ދެއްވި ސްޓޭޓް އޮފްް ޔޫނިއަންގެ ޖަލްސާގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބައިވެރިވެ ވަޑައިގަންނަވަނީ

އަންގާރަ ދުވަހުގެ ރޭ ޓްރަމްޕް ދެއްވި ސްޓޭޓް އޮފްް ޔޫނިއަންގެ ޖަލްސާގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބައިވެރިވެ ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އެމެރިކާާ އިން އީރާނަށް ދެމުން އަންނަ އިންޒާރު ތަކާއި، ހަނގުރާމައިގެ ބިރު ދެއްކުންތައް ސީރިއަސްކޮށް ނެގުމަށް ގޮވާލައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އީރާން އަށް އިންޒާރު ދެއްވައިފި އެވެ. 

ވޭންސް މިހެން ވިދާޅުވެފައި ވަނީ، އަންގާރަ ދުވަހުގެ ރޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސްޓޭޓް އޮފް ޔޫނިއަން ތަޤުރީރަށް ފަހު އެވެ. އެ ތަޤުރީރުގައި ވެސް ޓްރަމްޕް ވަނީ، އީރާނާއި އެމެރިކާ އާ ދެމެދު އޮތް ނުތަނަވަސް ކަމުގެ މައްޗަށް އަލި އަޅުވާލައްވައި ވާހަކަ ދައްކަވައިފަ އެވެ.

މެދު އިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަން އިތުރު ކުރަމުން އަންނަ ވަގުތެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާ އަށް ހަމަލާ ދެވޭނެ ފެންވަރުގެ މިސައިލްތައް އީރާން އިން ތައްޔާރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އީރާނުން ވަނީ ޓްރަމްޕްގެ މި ވާހަކަތައް ދޮގު ކޮށްފަ އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދަމު އަންނަ މަޝްވަރާ ތަކުގެ ތިން ވަނަ ބައްދަލުވުން ބުރާސްފަތި ދުވަހު އޮންނައިރު، ވޭންސް ވިދާޅުވީ، ޑިޕްލޮމެޓިކް ގޮތުން އީރާނާ އެކު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ސިފައިން ބޭނުން ކުރުމުގެ ފުރިހަމަ ހައްގު އެމެރިކާގެ ރައީސްގެ އަތްޕުޅުގައި އޮތް ކަމަށެވެ. 

ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ވޭންސް ވިދާޅުވީ، ދުނިޔޭގެ އެންމެ ނުރައްކާތެރި ސަރުކާރަށް ނިއުކްލިއާ ހަތިޔާރު ލިބިގެން ނުވާނެ ކަމަށެވެ. އެމެރިކާ އިން ގެންދަނީ އީރާންގައި އޮތް ވެރިކަން ވެސް ބަދަލު ވާން ޖެހޭ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އެމެރިކާގެ ވާހަކަތަކާ ގުޅިގެން އީރާނުން ތަކުރާރުކޮށް ބުނަމުން އަންނަނީ، އެ ޤައުމުން ނިއުކްލިއާ ހަތިޔާރު ހޯދަން މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެ ޤައުމުގެ މިސައިލް ޕްރޮގްރާާމާ ގުޅޭ ގޮތުން އެމެރިކާ އާއި، އެ ޤައުމުގެ ރައީސް ޓްރަމްޕް ދައްކަވަނީ ދޮގު ވާހަކަ ތަކެއް ކަމަށް އީރާން އިން ބުނެފައިވެ އެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާގެ ރައީސް ޓްރަމްޕް އަށް އެހެނިހެން ގޮތް ގޮތުން ވެސް  ފިޔަވަޅު އެޅިދާނެ ކަމަށް ވޭންސް ވިދާޅުވި އެވެ. އަދި އެ ގޮތްތަކާއި، ވަސީލަތްތައް ބޭނުން ކުރުމަށް ޓްރަމްޕް ހުންނެވީ ތައްޔާރަށް ކަމަށާއި، ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި އެކަން ސީރިއަސްކޮށް ބަލާނެ ކަމަަށް އުންމީދު ކުރައްވާ ކަމަށް ވޭންސް ވިދާޅުވި އެވެ. 

މީގެ އިތުރުން ވޭންސް ވިދާޅުވީ ސިފައިން ބޭނުން ނުކޮށް ވެސް މައްސަލަ ޙައްލު ކުރެވޭނެ ކަމަށް އުންމީދ ކުރައްވާ ކަމަށެވެ. އެއާ އެކު، ސިފައިންނާއި، އަސްކަރީ ބާރު ބޭނުން ކުރަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރައްވާނެ ކަމަށާއި، އެ ހައްގު ވެސް އޮތް ކަމަަށް ވޭންސް ވިދާޅުވި އެވެ. އެމެރިކާ އިން އީރާންއާ ދެކޮޅަށް ދަތި ކުރުމުގެ އެތައް ފިޔަވަޅު ތަކެއް އިއުލާން ކޮށްފައިވާއިރު، އީރާން އަށް މެކްސިމަމް ޕްރެޝަރު ކުރުމަށް ވެސް އެމެރިކާ އިން ނިންމާފައިވެ އެވެ. 

ބުރާސްފަތި ދުވަހު ސްވިޒަލެންޑުގެ ޖެނީވާގައި ތިން ވަނަ ބުރުގެ ބައްދަލުވުން އޮންނައިރު، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، އެ ބައްދަލުވުމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަޑައިގެންނެވުމަކީ ރަނގަޅު ނަތީޖާއެއް ކަމަށެވެ. އީރާނުން އޮތީ ހަމަ ހަމަ ގޮތެއްގައި އެމެރިކާ އާއެކު އެއްބަސްވުމަކަށް އައުމަށް ތައްޔާރަށެވެ. 

މަސްދަރު: އޭއެފްޕީ

ޖޭޑީ ވޭންސްއެމެރިކާ-އީރާންއައްބާސް އަރަގްޗީނިއުކްލިއަރ ހަތިޔާރުއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެދުއިރުމަތީގެ މަސްރަހާ މެދު ޓްރަމްޕްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ސާފު މެސެޖެއް ނުދެއްވި

މެދުއިރުމަތީގެ މަސްރަހާ މެދު ޓްރަމްޕްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ސާފު މެސެޖެއް ނުދެއްވި

25 ފެބުރުއަރީ 2026
އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ މިސައިލް އީރާނުން އުފައްދަން އުޅޭ ކަމަށް ރައީސް ޓްރަމްޕް ކުރެއްވި ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފި

އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ މިސައިލް އީރާނުން އުފައްދަން އުޅޭ ކަމަށް ރައީސް ޓްރަމްޕް ކުރެއްވި ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފި

25 ފެބުރުއަރީ 2026
އެމެރިކާގެ ތާާރީޚުގައި އެންމެ ދިގު ތަޤުރީރު، ޓްރަމްޕް ވިދާޅުވީ އޭނާގެ ސިޔާސަތުގެ ސަބަބުން ޤައުމު މިހާރު އޮތީ "ރަން ޒަމާނެއްގައި" ކަމަށް

އެމެރިކާގެ ތާާރީޚުގައި އެންމެ ދިގު ތަޤުރީރު، ޓްރަމްޕް ވިދާޅުވީ އޭނާގެ ސިޔާސަތުގެ ސަބަބުން ޤައުމު މިހާރު އޮތީ "ރަން ޒަމާނެއްގައި" ކަމަށް

25 ފެބުރުއަރީ 2026
އެމެރިކާ އާއެކު އެއްބަސްވުމަކަށް އާދެވޭނީ ޑިޕްލޮމަސީ އަށް އިސްކަން ދީފި ނަމަ: އަރާގްޗީ

އެމެރިކާ އާއެކު އެއްބަސްވުމަކަށް އާދެވޭނީ ޑިޕްލޮމަސީ އަށް އިސްކަން ދީފި ނަމަ: އަރާގްޗީ

25 ފެބުރުއަރީ 2026
"އެމެރިކާ އަށް ހަމަލާ ދިނުމަށް، އީރާން އިން އަންނަނީ މިސައިލް ތައްޔާރު ކުރަމުން!"

"އެމެރިކާ އަށް ހަމަލާ ދިނުމަށް، އީރާން އިން އަންނަނީ މިސައިލް ތައްޔާރު ކުރަމުން!"

25 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު