Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ކޮންގްރެސްގެ މުސްލިމް ދެ މެމްބަރަކު އެމެރިކާ އިން ބޭރު ކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

އެ ދެ މެމްބަރުންނަކީ އެމެރިކާ އަށް، އެއްވެސް ފައިދާއެއް ކުރާ ބައެއް ނޫން ކަމަށާއި، އެ މެމްބަރުންގެ ސަބަބުން ޤައުމަށް ލިބެނީ ގެއްލުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި. ހަމަ އެއާއެކު، ވީހާ ވެސް އަވަހަކަށް، އެ މެމްބަރުން "އެމީހުން އައި ތަނަކަށް" ފޮނުވާލަން ޖެހޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 08:19
ޓްރަމްޕް ތަޤުރީރު ކުރައްވަމުން ގެންދެވި ވަގުތު އިލްހާމް އުމަރު އާއި، ރަޝީދާ ތަލައިބު އަޑު އުފުލަނީ

ޓްރަމްޕް ތަޤުރީރު ކުރައްވަމުން ގެންދެވި ވަގުތު އިލްހާމް އުމަރު އާއި، ރަޝީދާ ތަލައިބު އަޑު އުފުލަނީ | ގެޓީ އިމޭޖަސް

އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސްޓޭޓް އޮފް ޔޫނިއަންގެ ތަޤުރީރާ ދެކޮޅަށް، ކޮންގްރަސްގައި އަޑު އުފުލި މުސްލިމް ދެ މެމްބަރުން އެމެެރިކާ އިން ބޭރު ކޮށްލަން ޖެހޭ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ޓްރަމްޕް ދެއްވި ސްޓޭޓް އޮފް ޔޫނިއަންގައި އޭނާއާ ދެކޮޅަށް އަަޑު އުފުލި މުސްލިމް ދެ މެމްބަރުންނަކީ، އިލްހާމް އުމަރު އާއި، ރަޝީދާ ތަލައިބު އެވެ. ޓްރަމްޕްގެ ތަޤުރީރުގެ ތެރެއިން އިމިގްރޭޝަން ޤަވާއިދުތައް ހަރުކަށި ކުރުމުގެ ވާހަކަ އޭނާ ދެއްކެވުމުން، ފަލަސްޠީނުގެ ދަރިކޮޅަށް ނިސްބަތްވާ ރަޝީދާ ތަލައިބު އާއި، ސޯމާލިއާ ދަރިކޮޅަށް ނިސްބަތްވާ އިލްހާމް އުމަރު ވަނީ އެކަމަށް ފާޑު ވިދާޅުވެ، އަޑު ގަދަ ކުރައްވައިފަ އެވެ. 

ބުދަ ދުވަހުގެ ރޭ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، މުސްލިމް ދެ މެމްބަރުން އަމަލު ކުރެއްވީ ކޮަރަޕްޓްވެފައިވާ ސިޔާސީ ވެރިން ތަކެއް ފަދައިން ކަމަށާއި، އެ ދެ މެމްބަރުން އެމެރިކާ އިން ބޭރުކޮށްލަން ޖެހޭ ކަމަށެވެ. އެ ދެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޓްރަމްޕް ވަނީ، އެ ދެ މެމްބަރުންނަކީ ސިކުނޑީގެ އުނި ކަމެއް ހުރި، އަދި މޮޔަވެފައިވާ ބައެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. 

މީގެ އިތުރުން އެ ދެ މެމްބަރުންނަކީ އެމެރިކާ އަށް އެއްވެސް ފައިދާއެއް ކުރާ ބައެއް ނޫން ކަމަށާއި، އެ މެމްބަރުންގެ ސަބަބުން ޤައުމަށް ލިބެނީ ގެއްލުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެއާ އެކު، ވީހާ ވެސް އަވަހަކަށް، އެ މެމްބަރުން "އެމީހުން އައި ތަނަކަށް" ފޮނުވާލަން ޖެހޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

 ޓްރަމްޕްގެ ތަޤުރީރުގައި އޭނާ ވަނީ، ފެޑަރަލް ސަރުކާާރު އަދި އިދާރާ ތަކަށް އެއްބާރުލުން ނުދޭ ސިޓީތައް އުވާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެއާ އެކު، އިލްހާމް އުމަރު އާއި ރަޝީދާ ތަލައިބު ވަނީ ޓްރަމްޕް އަށް ނުރުހުން އަމާޒުކޮށްފަ އެވެ. އެގޮތުން އެއީ އެމެރިކާގެ ރައްޔިތުން މެރުން ކަމަށް އެ ދެ މެމްބަރުން ސިފަ ކޮށްފައިވެ އެވެ. އެ ބައްދަލުވުމުގެ ފަހުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިލްހާމް އުމަރު ވަނީ، ޓްރަމްޕްގެ ސަރުކާރުން އޭނާ ނިސްބަތްވާ ދާއިރާގެ ދެ ރައްޔިތުން މަރާލާފައިވާކަން ޓްރަމްޕް އަށް ހަނދާން ކޮށްދެއްވައިފަ އެވެ. 

ޓްރަމްޕްގެ ޕޯސްޓުގައި މި ދެ މެމްބަރުންގެ ވާހަކަ އެކަނި ފާހަގަ ކޮށްފައި ވީ ނަމަވެސް، ސްޓޭޓް އޮފް ޔޫނިއަންގައި އެހެން މެމްބަރުން ވެސް ވަނީ ޓްރަމްޕް އަށް ފާޑު ވިދާޅުވެ ހަޅޭލަވައިފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އިލްހާން އުމަރުރަޝީދާ ތަލައިބުސްޓޭޓް އޮފް ދަ ޔޫނިއަންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި

26 ފެބުރުއަރީ 2026
ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

26 ފެބުރުއަރީ 2026
ރިޔާސީ ރޭހުގައި ވާދަ ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ނިއުސަމްއާ ގުޅޭ ފޮތެއް ނެރުއްވައިފި

ރިޔާސީ ރޭހުގައި ވާދަ ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ނިއުސަމްއާ ގުޅޭ ފޮތެއް ނެރުއްވައިފި

26 ފެބުރުއަރީ 2026
އެމެރިކާގެ ބިރު ދެއްކުން ތަކަށް ސީރިއަސްވުމަށް ގޮވާލައި، އެމެރިކާގެ ނައިބު ރައީސްގެ އިންޒާރު އީރާން އަށް

އެމެރިކާގެ ބިރު ދެއްކުން ތަކަށް ސީރިއަސްވުމަށް ގޮވާލައި، އެމެރިކާގެ ނައިބު ރައީސްގެ އިންޒާރު އީރާން އަށް

26 ފެބުރުއަރީ 2026
އެމެރިކާގެ ތާާރީޚުގައި އެންމެ ދިގު ތަޤުރީރު، ޓްރަމްޕް ވިދާޅުވީ އޭނާގެ ސިޔާސަތުގެ ސަބަބުން ޤައުމު މިހާރު އޮތީ "ރަން ޒަމާނެއްގައި" ކަމަށް

އެމެރިކާގެ ތާާރީޚުގައި އެންމެ ދިގު ތަޤުރީރު، ޓްރަމްޕް ވިދާޅުވީ އޭނާގެ ސިޔާސަތުގެ ސަބަބުން ޤައުމު މިހާރު އޮތީ "ރަން ޒަމާނެއްގައި" ކަމަށް

25 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު