Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނުގެ ފަރާތުން ވަގުތުން ކުރިމަތިވެދާނެ ނުރައްކަލެއް އޮތްކަމުގެ އެއްވެސް ހެއްކެއް ނެތި ބާރުގެ ބޭނުންކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް: އަލްބަރާދައީ

އީރާނާ ދެކޮޅަށް އެމެރިކާއިން ހަނގުރާމައިގެ ބަސްމަގު ވަރުގަދަކޮށް އަސްކަރީ ބާރުތައް އިތުރުކުރަމުންދާތީ، އައި.އޭ.އީ.އޭ ގެ ކުރީގެ ވެރިޔާ މުޙައްމަދު އަލްބަރާދައީ ވަނީ އެކަމުގެ ނުރައްކާތެރިކަމުގެ އިންޒާރު ދެއްވާފައި. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ފަރާތުން ވަގުތުން ކުރިމަތިވެދާނެ ނުރައްކަލެއް އޮތްކަމުގެ އެއްވެސް ހެއްކެއް ނެތި ބާރުގެ ބޭނުންކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެކެވެ. އަދި މިއީ އިރާގު ހަނގުރާމައިގެ ކުރިންވެސް ދެއްކި ފަދަ ދޮގު ބަހަނާތަކެއްކަން ފާހަގަކުރައްވައި، މިފަދަ އަމަލެއްގެ ސަބަބުން މުޅި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް އޭނާ ވިދާޅުވި.

ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 13:16
އދ. ގެ ނިއުކްލިއާ ވޮޗްޑޮގް ނުވަތަ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ ކުރީގެ ވެރިޔާ މުހައްމަދު އަލްބަރާދައީ.

އދ. ގެ ނިއުކްލިއާ ވޮޗްޑޮގް ނުވަތަ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ ކުރީގެ ވެރިޔާ މުހައްމަދު އަލްބަރާދައީ. | ގެޓީ އިމޭޖަސް

އީރާނާ ދެކޮޅަށް އެމެރިކާއިން އިތުރު ހަނގުރާމައެއް ފަށައިފިނަމަ، އޭގެ ސަބަބުން ކުރިމަތިވާނެ ނަތީޖާތައް އިންތިހާއަށް ބިރުވެރިވާނެ ކަމުގެ އިންޒާރު، އދ. ގެ ނިއުކްލިއާ ވޮޗްޑޮގްގެ ކުރީގެ ވެރިޔާ މުޙައްމަދު އަލްބަރާދައީ ދެއްވައިފިއެވެ. އަދި މިފަދަ އައު އުދުވާނެއް ހިންގުމަށްޓަކައި، އެއީ ކުރަންޖެހޭ ކަމެއްކަން ދެއްކުމުގެ ގޮތުން ވޮޝިންޓަނުން ދައްކަމުންދާ ބަހަނާތަކަށް އޭނާ ވަނީ ރައްދު ދެއްވާފައެވެ.

ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލްބަރާދައީ ވިދާޅުވީ، އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް ހަނގުރާމައިގެ ބަސްމަގު ވަރުގަދަކޮށް، ހަނގުރާމައަކަށް ތައްޔާރުވަމުންދާކަމުގެ އިޝާރާތްތައް އިތުރުކުރަމުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަމިއްލައަށް އިޚްތިޔާރުކޮށްގެން ކުރާ ހަނގުރާމަތައް ހިމެނޭހެން، ކޮންމެ ހަނގުރާމައަކީވެސް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ އުސޫލުތަކުގެ ދަށުން ހަނގުރާމަ ކުރުމުގައި ހުރަސްތަކާއި ހިފެހެއްޓުންތަކެއް ކަނޑައަޅާފައިވަނީ އެ ސަބަބަށްޓަކައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވި ގޮތުގައި، ބާރުގެ ބޭނުން ކުރުމަށް ގާނޫނީ އެއްވެސް ބުރަދަނެއް ނެތްއިރު، އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ވޮޝިންޓަނަށް ދެއްކިފައެއް ނުވެއެވެ. އަދި ކުރިމަގުގައި ކޮށްފާނެ ކަމަށް ބެލެވޭ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޚިޔާލީ ސިނާރިއޯތަކެއް ފިޔަވައި، އީރާނުގެ ފަރާތުން "ވަގުތުން ކުރިމަތިވެދާނެ ނުރައްކަލެއް" އޮތް ކަމުގެ އެއްވެސް ހެއްކެއް އެމެރިކާއަށް ދެއްކިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ މެދު ގެންގުޅުއްވާ ހަނގުރާމަވެރި ބަސްމަގު ވަރަށް ބޮޑަށް ވަރުގަދަކުރައްވާފައެވެ. މީގެ އިތުރުން، ހުޅަނގު އޭޝިއާ ސަރަހައްދާއި އިސްލާމީ ޖުމްހޫރިއްޔާ (އީރާން) ވަށައިގެންވާ ސަރަހައްދުތަކުގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

މި ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ވޮޝިންޓަނުން ވަނީ އެ ސަރަހައްދަށް ދެ އެއަރކްރާފްޓް ކެރިއަރާއި، ގިނަ އަދަދެއްގެ ހަނގުރާމަމަތީ ބޯޓުފަހަރާއި މިސައިލް ސިސްޓަމްތައް ފޮނުވާފައެވެ.

އެމެރިކާއިން އަސްކަރީ ބާރު ދައްކައި ބިރުދައްކަމުން މިދަނީ، ނިއުކްލިއާ މައްސަލައިގައި ޖެނީވާގައި ބާއްވާ ނުސީދާ މަޝްވަރާތަކުގެ ތިންވަނަ ބުރަކަށް ދެ ފަރާތުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، ހައްލުނުވެ ހުރި މައްސަލަތަކުގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ. ނަމަވެސް އެ ގައުމުގެ ހަތިޔާރު އެޅި ބާރުތައް އޮތީ ތައްޔާރަށް ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، "މަގްސަދަކީ ހަނގުރާމައެއް ހުއްޓުވުން ކަމަށާއި، ހަނގުރާމައަކަށް ތައްޔާރުވެގެން ހުރެގެން ނޫނީ ހަނގުރާމަ ނުހުއްޓުވޭނެ" ކަމަށެވެ.

ނޯބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ އަލްބަރާދައީ ވަނީ މިދިޔަ މަހުވެސް އީރާނާ ދެކޮޅަށް އެމެރިކާއިން ދެމުންދާ އަސްކަރީ ހަމަލާގެ އިންޒާރުތައް ކުށްވެރިކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ފެންނަން އޮތް ސާފު ނުރައްކަލެއް ނެތް ހާލަތެއްގައި އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އީރާނަށް އަސްކަރީ ހަމަލާއެއް ދޭނެ ކަމަށް ބުނެ އެއްފަރާތުން ދެމުންދާ އިންޒާރުތަކަކީ، އިރާގާ ދެކޮޅަށް ކުރި ޣައިރު ގާނޫނީ ހަނގުރާމައިގެ ކުރިން ފެނުނު ބިރުވެރި މަންޒަރުތައް ހަނދާންކޮށްދޭ ކަމެއް ކަމަށެވެ. އަދި އެ ހަނގުރާމަ ކުރީ ދޮގުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އޭގެ ނަތީޖާ ވަރަށް ހިތްދަތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލްބަރާދައީ އެ އިޝާރާތް ކުރެއްވީ، އެމެރިކާ އިސްވެ އޮވެ އިރާގަށް އެރި އެރުން ދިފާއުކުރުމުގެ ގޮތުން، ބަޣުދާދުގެ އަތުގައި "ގިނަ އަދަދެއްގެ މީހުން މަރާލެވޭ ފަދަ ނުރައްކާތެރި ހަތިޔާރު" (ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން) ހުރި ކަމަށް އޭރު ހުޅަނގުގެ ބާރުތަކުން ކުރި ދައުވާއަށެވެ.

އިރާގަށް އެރި އެރުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިގެންދިޔައިރު، ހަތިޔާރު ހުރި ކަމަށް ކުރި ދައުވާއަކީ ފަހުން ދޮގު ދައުވާއެއްކަން ވަނީ ހާމަވެފައެވެ.

އީރާން-އެމެރިކާމުޙައްމަދު އަލްބަރާދައީއައްބާސް އަރަގްޗީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާން އާއި، އެމެރިކާގެ ތިން ވަނަ ބުރުގެ މަޝްވަރާތައް ޖެނީވާގައި ފަށައިފި

އީރާން އާއި، އެމެރިކާގެ ތިން ވަނަ ބުރުގެ މަޝްވަރާތައް ޖެނީވާގައި ފަށައިފި

26 ފެބުރުއަރީ 2026
މިސައިލް ޕްރޮގްރާމްއާ ގުޅޭ ގޮތުން އީރާން އިން ވާހަކަ ނުދެއްކުމަކީ ވަރަށް ބޮޑު ގޯހެއް: ރޫބިއޯ

މިސައިލް ޕްރޮގްރާމްއާ ގުޅޭ ގޮތުން އީރާން އިން ވާހަކަ ނުދެއްކުމަކީ ވަރަށް ބޮޑު ގޯހެއް: ރޫބިއޯ

26 ފެބުރުއަރީ 2026
އެމެރިކާގެ ބިރު ދެއްކުން ތަކަށް ސީރިއަސްވުމަށް ގޮވާލައި، އެމެރިކާގެ ނައިބު ރައީސްގެ އިންޒާރު އީރާން އަށް

އެމެރިކާގެ ބިރު ދެއްކުން ތަކަށް ސީރިއަސްވުމަށް ގޮވާލައި، އެމެރިކާގެ ނައިބު ރައީސްގެ އިންޒާރު އީރާން އަށް

26 ފެބުރުއަރީ 2026
އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އިޒްރޭލާއި ލުބުނާނުން ފޭބުމަށް އަންގައިފި

އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އިޒްރޭލާއި ލުބުނާނުން ފޭބުމަށް އަންގައިފި

25 ފެބުރުއަރީ 2026
މެދުއިރުމަތީގެ މަސްރަހާ މެދު ޓްރަމްޕްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ސާފު މެސެޖެއް ނުދެއްވި

މެދުއިރުމަތީގެ މަސްރަހާ މެދު ޓްރަމްޕްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ސާފު މެސެޖެއް ނުދެއްވި

25 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު