Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިޚާބު

ދެ އިންތިޚާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ އަތުން ދާ ހަރަދު ބޮޑުވާތީ: ފައްޔާޒު

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން ސަރުކާރުން މަސައްކަތް ކުރަނީ ހަރަދު ކުޑަކުރުމުގެ އިޚުލާސްތެރި ނިޔަތެއްގައި ނޫން ކަމަށް. ކުއްލި ގޮތަކަށް ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށް ކުރާ މަސައްކަތެއް ކަމަށާއި، މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި. އަދި ޑިމޮކްރަސީގެ ނިޒާމު ހިފެހެއްޓުމަށްޓަކައި ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކަށް ރައްޔިތުން "ނޫނެކޭ" ބުނުމަށް އޭނާ ގޮވާލެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 06:22
އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން | އެމްޑީޕީ

ރައީސް ޑރ.މުހައްމަދު މުއިއްޒަށް ވޯޓު ލިބެނީ ރިޝްވަތު ދީގެން ކަމަށާއި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބާއްވަން މިސަރުކާރުން ބޭނުންވަނީ އެމަނިކުފާނުގެ އަތުން ދާ ހަރަދު ބޮޑުވާތީ ކަަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، ރާއްޖެއަށް ގެނެސްފައިވާ ފެހި ގާނޫނު އަސާސީން ހެޔޮ ބަދަލުތަކެއް ގައުމަށް އައިސްފައިވާ ކަމަށާއި، ނަމަވެސް ޕީޕީއެމް/ޕީއެންސީ ފިކުރަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގައި ބަދަލުކުރަން ޖެހޭ އަދި ރަނގަޅު ކުރަންޖެހޭ  ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ ސްޓޭބަލް ޑިމޮކްރަސީއެއް ހިފެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ތިން ބާރު ސާފުކޮށް ވަކިވެ، އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވުމަށް އޮތް މަގު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ އެކަމުގެ ސަބަބުން ހަރަދު ކުޑަ ވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ހެޔޮ ނިޔަތަކީ ހަރަދު ކުޑަ ކުރުން ނޫން ކަމަށާއި، މިހާރު މިއިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރާ ގޮތް ރަނގަޅު ނޫން ކަމަށެވެ. އަދި މިކަމަށް ރައްޔިތުންގެ މަޖިލީހުގައި ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށާއި، ރައްޔިތުން ހޭލުންތެރި ކުރުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފައްޔާޒު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ވާހަކަ މިސަރުކާރުން ދައްކަމުންދާއިރު، ކޮންމެ އީދަކާ ދިމާކޮށް ބޮކި ދިއްލުމަށް 50 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށާއި، ޑްރޯން ޝޯތަކަށް މިލިއަނުން ހަރަދު ކުރާ ކަމަށެވެ. 

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، އިންތިޚާބު ވަކިން ބާއްވައިގެން ހަރަދު ބޮޑުވެގެން އުޅޭ ރައްޔިތަކާ ދިމާނުވާ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު، ރައީސް މުއިއްޒަށް ވޯޓު ލިބެނީ ރިޝްވަތު ދީގެން ކަމަށާއި، އެމަނިކުފާނުގެ އަތުން ދާ ހަރަދު ވަރަށް ބޮޑުވާ ކަމަށެވެ. 

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަރަދު ބޮޑުވެގެން އުޅެނީ ރައީސް މުއިއްޒަށް. ރައީސް މުއިއްޒަށް ވޯޓެއް މިލިބެނީ ދިވެހި ރައްޔިތުންނަށް ރިޝްވަތު ދީގެން ވޯޓު ގަނެގެން. އެހެންވީމަ ދެ އިންތިޚާބު ބާއްވާފިއްޔާ ރައީސް މުއިއްޒު އެބަ ހޭދަ ކުރައްވަން ޖެހޭ ކޮންމެ އިންތިޚާބަށް ވަކިން ފައިސާ. ދެ އިންތިޚާބު އެއްކޮށްލީމަ ރައީސް މުއިއްޒު ހަރަދުކުރަންވާ އަދަދު މަދުވޭ. އެކަމަކު ރައްޔިތުންނަށް ލިބޭ އެއްޗެއް އެބަ ގެއްލޭ. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް މި ދިވެހިރާއްޖޭގެ މި ޑިމޮކްރަސީގެ މި ޑިމޮކްރަޓިކް ނިޒާމު ހިފެހެއްޓުމަށްޓަކައި އެއްގޮތަކަށް ވެސް ކުރަން ފެންނަ ކަމެއް ނޫން މިހާރު މިކުރާ ގޮތަށް. ބަދަލުތަކެއް ގެނެވިދާނެ. މިއަށްވުރެ ފުޅާކޮށް މަޝްވަރާކޮށް އަސްލު މައްސަލައަށް ހައްލެއް ހޯދާ ކަަމަށްވާނަމަ އެހެން ބައިވަރު ގޮތްތައް އެބަހުރި. މިއީ މިހާރު އޮތް މައްސަލައަށް ހައްލެއް ލިބުމަށްވުރެ މައްސަލަ ގޯސްވެގެންދާ ގޮތަކަށް އޮތީ.  
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް

ފައްޔާޒު ވިދާޅުވީ، މި ސަރުކާރުން ކުއްލި ކުއްލިއަކަށް ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަމުންދާތީ ކަންބޮޑުވާ ކަމަށާއި، މިއީ ހުދުމުހުތާރު ވެރިކަމެއް ރާއްޖޭގައި ގާއިމްކޮށް ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި ސަރުކާރުން ގެންނަން އުޅޭ ރެފަރެންޑަމް ހުރިހާ ރައްޔިތުން ނޫނެކޭ ބުނުމަށް ފައްޔާޒު ގޮވާލެއްވި އެވެ. 

ފައްޔާޒް އިސްމާއިލްއެމްޑީޕީރައީސް ޑރ.މުހައްމަދު މުއިއްޒުޚިޔާލު ހޯދުމުގެ ވޯޓުއިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

20 ފެބުރުއަރީ 2026
ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

20 ފެބުރުއަރީ 2026
ދެ އިންިތިހާބު އެއްކުރުމާއި ދެކޮޅަށް އެމްޑީޕީ އިން މަގުމައްޗަށް ނުކުމެ ރައްޔިތުންނަށް އުއްމީދެއް ދޭންޖެހޭ: ރާއީ

ދެ އިންިތިހާބު އެއްކުރުމާއި ދެކޮޅަށް އެމްޑީޕީ އިން މަގުމައްޗަށް ނުކުމެ ރައްޔިތުންނަށް އުއްމީދެއް ދޭންޖެހޭ: ރާއީ

20 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ނިޒާމީ ގޮތުން ރޭވިގެން ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ ކަމެއް: ޝާހިދު

ދެ އިންތިޚާބު އެއްކޮށްލުމަކީ ނިޒާމީ ގޮތުން ރޭވިގެން ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ ކަމެއް: ޝާހިދު

19 ފެބުރުއަރީ 2026
އަނެއްކާވެސް އެއްކަލަ ފަތިވަރު. އެއްކަލަ ގައުމަށްޓަކައި ދީނަށްޓަކައި

އަނެއްކާވެސް އެއްކަލަ ފަތިވަރު. އެއްކަލަ ގައުމަށްޓަކައި ދީނަށްޓަކައި

19 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު