Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެކްސިކޯ

މެކްސިކޯގެ ބާރުގަދަ މަސްތުވާތަކެތީގެ ކާޓެލް ލީޑަރަކު މަރުވުމާ ގުޅިގެން އުފެދުނު ހަމަ ނުޖެހުންތަކާ އެކު، ފްލައިޓުތައް ކެންސަލް ކޮށްފި

މެކްސިކޯގެ ޑިފެންސް މިނިސްޓްރީ އިން ބުނީ، ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލްގެ ލީޑަރު، އެލް މެންޗޯގެ ނަމުން ނަން ދީފައިވާ ނެމެސިއޯ ރުބެން އޮސެގުއެރާ ސެރްވާންޓެސް މަރުވީ މެކްސިކޯގެ ސަލާމަތީ ބާރު ތަކުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 08:18
ޖަލިސްކޯ ގައި ހިންގި އޮޕަރޭޝަނަކާ ގުޅިގެން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކުށްކުރާ ގްރޫޕު ތަކުން ބަހެއްގައި ރޯކޮށްލުމުން، ފަޔާ ފައިޓަރަކު އެ އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތް ކުރަނީ.

ޖަލިސްކޯ ގައި ހިންގި އޮޕަރޭޝަނަކާ ގުޅިގެން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކުށްކުރާ ގްރޫޕު ތަކުން ބަހެއްގައި ރޯކޮށްލުމުން، ފަޔާ ފައިޓަރަކު އެ އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތް ކުރަނީ. | ރޮއިޓާސް

ސިފައިން ހިންގި އޮޕަރޭޝަނެއްގައި މެކްސިކޯގެ ބާރުގަދަ މަސްތުވާ ތަކެތީގެ ކާޓެލްއެއްގެ ލީޑަރަކު މަރުވުމާ ގުޅިގެން އާދީއްތަ ދުވަހު އެ ޤައުމުގެ ހުޅަނގުގައި ހިނގި ހިތާމަވެރި ހަމަލާތަކާ ގުޅިގެން އެއާލައިން ތަކުން ފްލައިޓުތައް ކެންސަލްކޮށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން އެމެރިކާގެ ރައްޔިތުން ގޭގައި ތިބުމަށް އިލްތިމާސްކޮށްފި އެވެ. 

ސައުތުވެސްޓް އަދި އަލާސްކާ އެއާލައިންސް އިން ބުނީ، ޕުއާޓޯ ވަލާޓާ އަށް ދަތުރު ކުރާ ފްލައިޓުތައް ކެންސަލް ކޮށްފައިވާ ކަަމަށެވެ. ޑެލްޓާ އެއާޕައިންސް އިން ޕުއާޓޯ ވެލާޓާ އާއި، ގުއަޑަލަޖާރާ އަށް ދަތުރު ކުރާ މީހުންނަށް ޓްރެވަލް އިންޒާރުތައް ނެރެފައިވެ އެވެ. އެއާ ކެނެޑާ އިން ވެސް ޕުއާޓޯ ވަލާޓާ އެއާޕޯޓުގައި ހިންގާ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ ސަލާމަތީ ޙާލަތަށް ބެލުމަށް ފަހު ކަމަށް ބުނެ އެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ސަލާމަތީ އިންޒާރެއް ނެރެ، ޖަލިސްކޯ، ޓަމައުލިޕާސް، މިޗޯއަކާން، ގުއެރޭރޯ އަދި ނުއެވޯ ލިއޯން ފަދަ ސްޓޭޓް ތަކުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް އިތުރު އެންގުމެއް އަންގަންދެން ގޭގައި ތިބުމަށް އިލްްތިމާސް ކޮށްފައިވެ އެވެ. 

މެކްސިކޯގެ ޑިފެންސް މިނިސްޓްރީ އިން ބުނީ، ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލްގެ ލީޑަރު، އެލް މެންޗޯގެ ނަމުން ނަން ދީފައިވާ ނެމެސިއޯ ރުބެން އޮސެގުއެރާ ސެރްވާންޓެސް މަރުވީ މެކްސިކޯގެ ސަލާމަތީ ބާރު ތަކުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އޭނާ ޖަލިސްކޯ ސްޓޭޓުގެ ޓަޕަލްޕާގައި ހިންގި ރޭޑެއްގައި ޒަޚަމުވެ، މެކްސިކޯ ސިޓީ އަށް ގެންދިޔުމަށް ދަތުރު ކުރަމުން ދަނިކޮށް މަރުވެފައިވާ ކަމަށް ބުނެފައިވެ އެވެ. 

އެމެރިކާގެ ޑެޕިއުޓީ ސްޓޭޓް ސެކްރެޓަރީ ކްރިސްޓޮފާ ލޭންޑައު ވަނީ މި ކާޓެލް ލީޑަރު މަރުވެފައިވާ ކަމަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. އަދި އޭނާ ސިފަ ކުރެއްވީ، އެ ލީޑަރަކީ އެންމެ ގިނައިން ލޭއޮހޮރުވާ އަދި އެންމެ ނިކަމެތި މަސްތުވާ ތަކެތީގެ ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ. 

މި އޮޕަރޭޝަންގެ ސަބަބުން ޖަލިސްކޯ އާއި، އަވަށްޓެރި ސްޓޭޓް ތަކުގައި ގަޑިއިރު ތަކެއް ވަންދެން ގިނަ ސަރަހައްދު ތަކެއް ބްލޮކުކޮށް، އަލިފާން ރޯކުރުމުގެ ހާދިސާތައް ހިންގާފައިވެ އެވެ. އިސްވެރިން ބުނެފައި ވަނީ ރޭޑް ހިންގުމުގައި ސިފައިންނަށް ހަމަލާ ދީފައިވާ ކަމަށާއި، ހަތަރު މީހަކު މަރުވެފައިވާ ކަމަށެވެ. އެގޮތުން ކާޓެލްގެ ލީޑަރު ހިމެނޭހެން ތިން މީހަކު މަރުވީ ޒަޚަމު ތަކެއް ލިބުނު ފަހުން ކަމަށް ބުނެފައިވެ އެވެ. 

މި އޮޕަރޭޝަންގައި ދެ މީހަކު ހައްޔަރު ކޮށްފައިވާާއިރު، އާާމާޑް ވެހިކަލް ތަކާއި، ރޮކެޓު ލޯންޗަރު އަދި އެހެނިގެން ހަތިޔާރުތައް ހޯދާފައިވާ ކަމަށް ބުނެފައިވެ އެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގެ ތެރޭގައި ސިފައިންގެ ތެރެއިން ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަަމަށް ވެސް ބުނެފައިވެ އެވެ. 

ޖަލިސްކޯގެ ގަވަރުނަރު ޕާބްލޯ ލެމަސް ނަވޯރާ ވަނީ ކޯޑު ރެޑް އިމަޖެންސީ އިއުލާންކޮށް، އާންމު ދަތުރު ފަތުރުގެ ޙަރަކާތްތައް ހުއްޓާލައި އަދި ރައްޔިތުން ގޭގައި ތިބުމަށް އިލްތިމާސް ކޮށްފަަ އެވެ. ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް އަކީ މެކްސިކޯގެ އެންމެ ބާރުގަދަ ކްރިމިނަލް ޖަމާއަތް ތަކުގެ ތެރެއިން ޖަމާއަތެއް ކަމަށާއި، އެމެރިކާ އަށް ފެންޓަނިލް އަދި އެހެނިހެން މަސްތުވާ ތަކެތި އެތެރެ ކުރާ މައިގަނޑު ޖަމާއަތަކީ އެއީ ކަަމަށް ބެލެވިފައިވެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

މެކްސިކޯނެމެސިއޯ ރުބެން އޮސެގުއެރާ ސެރްވާންޓެސްޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލްއެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގައި ވެސް ރާއްޖޭގައި ވެސް އޮތީ ސުޕްރީމް ކޯޓެއް، ރާއްޖޭގައި ނެތިގެން މިއުޅެނީ އިޚުލާސްތެރި ކަމާއި، ތެދުވެރިކަން

އެމެރިކާގައި ވެސް ރާއްޖޭގައި ވެސް އޮތީ ސުޕްރީމް ކޯޓެއް، ރާއްޖޭގައި ނެތިގެން މިއުޅެނީ އިޚުލާސްތެރި ކަމާއި، ތެދުވެރިކަން

22 ފެބުރުއަރީ 2026
ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

21 ފެބުރުއަރީ 2026
ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

19 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ

ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ

18 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވުމަށް، ވެޓިކަން އިން ނިންމައިފި

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު