Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ފްރޯޑްއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވައި، ލީޑު ކުރައްވާނީ ނައިބު ރައީސް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ތަޤުރީރުގައި ޓްރަމްޕް ވިދާޅުވީ، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ކޮންޓްރޯލް ކުރާ ސްޓޭޓް ތަކުގައި ސަރުކާރުގެ ބެނެފިޓްސް ހޯދުމުގައި ބޮޑެތި ފްރޯޑް ތަކެއް ހިންގަމުން އަންނަ ކަމަށް. ޚާއްސަކޮށް މިނެސޯޓާގައި މި މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 07:24
ސްޓޭޓް އޮފް ޔޫނިއަންގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނައިބު ރައީސް ޖޭޑީ ވޭންސްއާ ސަލާމް ކުރައްވަނީ

ސްޓޭޓް އޮފް ޔޫނިއަންގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނައިބު ރައީސް ޖޭޑީ ވޭންސްއާ ސަލާމް ކުރައްވަނީ | ގެޓީ އިމޭޖަސް

ސަރުކާރުގެ ފައިދާތައް، ނުވަތަ ބެނެފިޓްސް ހޯދުމުގައި ހިންގާ ފްރޯޑް ހުއްޓުވުމަށް، ފްރޯޑްއާ ދެކޮޅަށް ހަނގުރާމައެއް ފަށްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އަންގާރަ ދުވަހުގެ ރޭ އޭނާ ދެއްވި ސްޓޭޓް އޮފް ޔޫނިއަންގެ ތަޤުރީރުގަ އެވެ. އެ ތަޤުރީރުގައި ޓްރަމްޕް ވަނީ ފްރޯޑްއާ ދެކޮޅަށް ހަނގުރާމައެއް ފަށްޓަވާނެ ކަމަށް އިއުލާން ކުރައްވައި، އެ މަސައްކަތް ލީޑު ކުރައްވާނީ އޭނާގެ ނައިބު ރައީސް ޖޭޑީ ވޭންސް ކަމަށް ވެސް ވިދާޅުވެފަ އެވެ. 

އެ ތަޤުރީރުގައި ޓްރަމްޕް ވިދާޅުވީ، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ކޮންޓްރޯލް ކުރާ ސްޓޭޓް ތަކުގައި ސަރުކާރުގެ ބެނެފިޓްސް ހޯދުމުގައި ބޮޑެތި ފްރޯޑް ތަކެއް ހިންގަމުން އަންނަ ކަމަށެވެ. ޚާއްސަކޮށް މިނެސޯޓާގައި މި މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި މިފަދަ މައްސަލަތައް ކެލިފޯނިއާ، މެސެޗުސެޓްސް އަދި މެއިން ފަދަ ސްޓޭޓް ތަކުގައި ވެސް ހިނގަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެކަންކަމަކީ އަޅައި ނުލައި ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެކަމާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އިއުލާން ކުރެއްވީ ކަމަށެވެ. އަދި އެކަން ލީޑު ކުރައްވާނީ، "އަހަރަމެންގެ އެންމެ މޮޅު ނައިބު ރައީސް ޖޭޑީ ވޭންސް" ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ، އެ ފްރޯޑްތައް ސަރުކާރަށް ހޯދިއްޖެ ނަމަ، ޤައުމުގެ ބަޖެޓު ވަރަށް ބޮޑަށް ހަމަހަމަ ކުރެވޭނެ ކަމަށެވެ. 

ފެޑަރަލް އިންވެސްޓިގޭޓަރުން މިނެސޯޓާގައި ސަރުކާރުގެ ބެނެފިޓްސް ހޯދުމުގައި ހިނގާ ފްރޯޑް ތަޙުގީގު ކުރަމުންދާއިރު، ޓްރަމްޕްގެ ސަރުކާރުން ގެންދަނީ ސޯމާލީ އިމިގްްރަންޓުންނާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ސަރުކާރުން ބުނެފައި ވަނީ، އެ ސްކީމް ތަކުގައި ސޯމާލީ މީހުން ބައިވެރިވެފައިވާ ކަމަށެވެ. ޓްރަމްޕްގެ ސަރުކާާރުން ތުހުމަތު ކުރަނީ މިނެސޯޓާގެ ސޯމާލީ ކޮމިއުނިޓީގެ ތެރޭގައި މުޅިން ފެތުރިފައިވާ ގޮތަށް ބެނެފިޓްސް ފްރޯޑްކޮށް ހޯދުމުގެ މައްސަލަ ހުރި ކަމަށެވެ. 

މިނެސޯޓާ އަކީ އެމެރިކާގައި އެންމެ ގިނަ ސޯމާލީ އިމިގްރަންޓުން ދިރިއުޅެމުން އަންނަ ސްޓޭޓްއަށް ވާއިރު، އެ ސްޓޭޓްގައި ގާތް ގަނޑަކަށް 80،000 (އަށްޑިހާ ހާސް) ސޯމާލީ މީހުން ދިރިއުޅެ އެވެ. 

މަސްދަރު: އޭއެފްޕީ

މިންސޯޓާކެލިފޯނިއާސޯމާލީ އިމިގްރަންޓުންސްޓޭޓް އޮފް ދަ ޔޫނިއަންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޖޭޑީ ވޭންސްއެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ސަފީރަށް ފްރާންސްގެ ވަޒީރުންނާ ބައްދަލު ކުރުން މަނާ ކޮށްފި

އެމެރިކާގެ ސަފީރަށް ފްރާންސްގެ ވަޒީރުންނާ ބައްދަލު ކުރުން މަނާ ކޮށްފި

24 ފެބުރުއަރީ 2026
ޓްރަމްޕްގެ ބައްދަލުވުމުގައި އިންފަންޓީނޯ ބައިވެރިވުމަކީ އޮލިމްޕިކް ޗާޓަރާ ޚިލާފު ކަމެއް ނޫން: އައިއޯސީ

ޓްރަމްޕްގެ ބައްދަލުވުމުގައި އިންފަންޓީނޯ ބައިވެރިވުމަކީ އޮލިމްޕިކް ޗާޓަރާ ޚިލާފު ކަމެއް ނޫން: އައިއޯސީ

24 ފެބުރުއަރީ 2026
ކެންޑިޑޭސީއާ މެދު އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް، މާލިކީ އިރާގުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެއްޖެ

ކެންޑިޑޭސީއާ މެދު އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް، މާލިކީ އިރާގުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެއްޖެ

23 ފެބުރުއަރީ 2026
އޭލިއަން އަކީ ހަގީގަތެއް، އެކަމަކު އެފަދަ އެއްޗެއް ފެނިފައި ނުވޭ: އޮބާމާ

އޭލިއަން އަކީ ހަގީގަތެއް، އެކަމަކު އެފަދަ އެއްޗެއް ފެނިފައި ނުވޭ: އޮބާމާ

23 ފެބުރުއަރީ 2026
މެކްސިކޯގެ ބާރުގަދަ މަސްތުވާތަކެތީގެ ކާޓެލް ލީޑަރަކު މަރުވުމާ ގުޅިގެން އުފެދުނު ހަމަ ނުޖެހުންތަކާ އެކު، ފްލައިޓުތައް ކެންސަލް ކޮށްފި

މެކްސިކޯގެ ބާރުގަދަ މަސްތުވާތަކެތީގެ ކާޓެލް ލީޑަރަކު މަރުވުމާ ގުޅިގެން އުފެދުނު ހަމަ ނުޖެހުންތަކާ އެކު، ފްލައިޓުތައް ކެންސަލް ކޮށްފި

23 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު