Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އޭލިއަން އަކީ ހަގީގަތެއް، އެކަމަކު އެފަދަ އެއްޗެއް ފެނިފައި ނުވޭ: އޮބާމާ

ދާދި ފަހުން ބްރަޔަން ޓައިލާ ކޯހެންގެ ޕޮޑްކާސްޓުގައި ބައިވެރިވެ ވަޑައިގެން އޮބާމާ ވަނީ އެ ވާހަކަ ދައްކަވާފައި. އެގޮތުން އޭލިއަން އަކީ ހަގީގަތުގައި ވެސް އުޅޭ އެއްޗެއްތޯ ސުވާލު ކުރުމުން އޮބާމާ ވިދާޅުވީ، އެއީ ހަގީގަތެއް ކަމަށާއި ނަމަވެސް އޭނާ އަށް އެފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 08:27
2024 ވަނަ އަހަރު އޮތް ޑިމޮކްރަޓިކް ޕާޓީގެ ޑެމޮކްރަޓިކް ނޭޝަނަލް ކޮންވެންޝަން (ޑީއެންސީ)ގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ.

2024 ވަނަ އަހަރު އޮތް ޑިމޮކްރަޓިކް ޕާޓީގެ ޑެމޮކްރަޓިކް ނޭޝަނަލް ކޮންވެންޝަން (ޑީއެންސީ)ގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ. | ގެޓީ އިމޭޖަސް

އޭލިއަން އަކީ އުޅޭ އެއްޗެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވާހަކަ ދައްކަވައިފި އެވެ. 

ދާދި ފަހުން ބްރަޔަން ޓައިލާ ކޯހެންގެ ޕޮޑްކާސްޓުގައި ބައިވެރިވެ ވަޑައިގެން އޮބާމާ ވަނީ އެ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އޭލިއަން އަކީ ހަގީގަތުގައި ވެސް އުޅޭ އެއްޗެއްތޯ ސުވާލު ކުރުމުން އޮބާމާ ވިދާޅުވީ، އެއީ ހަގީގަތެއް ކަމަށާއި ނަމަވެސް އޭނާ އަށް އެފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށެވެ. 

އެއާ އެކު އޮބާމާ ވިދާޅުވީ އެމެރިކާގެ އަސްކަރީ ސަރަހައްދެއް ކަމަށްވާ "އޭރިޔާ51" ގައި އެފަދަ އެއްޗެއް ފޮރުވާފައި ނުވާ ކަމަށެވެ. އަދި މަަޒާޖީ ގޮތެއްގައި އޮބާމާ ވިދާޅުވީ، ސިއްރުން އެފަދަ ކަމެއް ހިންގާނެ ފަދަ ބޮޑު ރޭވުމެއް އެމެރިކާގެ ރައީސް އަށް ނޯންނާނެ ކަމަށެވެ. އޮބާމާގެ މި ވާހަކަ ތަކަށް ގިނަ ބައެއްގެ ސަމާލު ކަމެއް ލިބިގެން ގޮސްފައިވެ އެވެ. 

Your browser does not support the video tag.
ބްރަޔަން ޓައިލާ ކޯހެންގެ ޕޮޑްކާސްޓުގައި ބައިވެރިވެ ވަޑައިގެން އޮބާމާ އޭލިއަންގެ ވާހަކަ ދައްކަވަނީ

އެ ވާހަކަ އަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލު ކަމެއް ލިބުމާ ގުޅިގެން، އޮބާމާ އާންމު ކުރެއްވި ބަޔާނެއްގައި ވަނީ އެކަން އިތުރަށް ސާފު ކޮށްދެއްވައިފަ އެވެ. އޮބާމާ ވިދާޅުވީ އެ ޕޮޑްކާސްޓުގައި ވާހަކަ ދެއްކެވީ ވަރަށް އަވަސް އަވަހަށް ސުވާލާއި ޖަވާބު ދޭ، ލައިޓްނިން ރައުންޑެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް އެކަމަށް ބައެއްގެ ސަމާލުކަން ހުއްޓުމުން، ހަގީގީ މާނަ ބަޔާން ކޮށްދެއްވަން ބޭނުންފުޅުވީ ކަމަށް އޮބާމާ ވިދާޅުވެފައިވެ އެވެ. 

އޮބާމާ ސާފު ކޮށްދެއްވި ގޮތުގައި ހިސާބު އިލްމުގެ ނަޒަރަކުން ބަލާއިރު، ކާއިނާތަކީ އިންތިހާ އަށް ތަނަވަސް ތަނަކަށް ވާތީ، ދުނިޔެ އިން ބޭރުގައި ވެސް ދިރުމެއް ހުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެން ނަމަވެސް، އިރުގެ ނިޒާމު ތަކުގެ މެދުގައި ހުރި ދުރުމިނަށް ބަލާއިރު، އޭލިއަން ދުނިޔެ އަށް ޒިޔާރަތް ކޮށްފައިވުމުގެ ފުރުސަތު ވަރަށް ކުޑަ ކަަމަށް އެ ބަޔާނުގައި އޮބާމާ ވިދާޅުވެފައިވެ އެވެ. 

އޮބާާމާގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާ ކޮށްފައިވާ ޕޯސްޓު
އޮބާާމާގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާ ކޮށްފައިވާ ޕޯސްޓު

އެކަން ފާހަގަ ކުރައްވައި އޮބާާމާ ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން، 2017 ވަނަ އަހަރަށް އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި އޭނާ ހުންނެވިއިރު، ބިމުން ބޭރުގެ މަޚުލޫގުން ދުނިޔެއާ ގުޅުން ޤާއިމު ކުރި ކަމުގެ އެއްވެސް ހެއްކެއް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. އޮބާމާ ވަނީ އެ ވާހަކަ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

މީގެ ކުރިން 2021 ވަނަ އަހަރު ޖޭމްސް ކޯޑަންގެ ޓީވީ ޝޯއެއްގައި ވެސް އޮބާމާ ވަނީ އޭލިއަންއާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެފަހަރު އޮބާމާ ވިދާޅުވީ، ރައީސް ކަމުގެ މަގާމަށް ހަވާލުވެ ވަޑައިގެންނެވުމަށް ފަހު، އޭލިއަންގެ ހަޑިގަނޑުތަކާއި އުޅަނދުތައް ބަހައްޓާފައި ހުރި ލެބެއް ހުރިތޯ ސުވާލު ކުރެއްވި ކަމަށެވެ. 

އެކަމާ ގުޅޭ ގޮތުން ކުރި ދިރާސާ ތަކުން އެފަދަ ތަނެއް ނެތްކަން އެނގުނު ނަމަވެސް، އޭރު ސާފު ކޮށްދެވިފައި ނުވާ ބައެއް އުދުހޭ ތަކެތީގެ ރެކޯޑުތަކާއި، ފުޓޭޖުތައް ހުރި ކަމަށް އެ ފަހަރު އޮބާމާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މަސްދަރު: ބީބީސީ

ބަރަކް އޮބާމާއޭރިއާ 51ބްރަޔަން ޓައިލާ ކޯހެންއެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެކްސިކޯގެ ބާރުގަދަ މަސްތުވާތަކެތީގެ ކާޓެލް ލީޑަރަކު މަރުވުމާ ގުޅިގެން އުފެދުނު ހަމަ ނުޖެހުންތަކާ އެކު، ފްލައިޓުތައް ކެންސަލް ކޮށްފި

މެކްސިކޯގެ ބާރުގަދަ މަސްތުވާތަކެތީގެ ކާޓެލް ލީޑަރަކު މަރުވުމާ ގުޅިގެން އުފެދުނު ހަމަ ނުޖެހުންތަކާ އެކު، ފްލައިޓުތައް ކެންސަލް ކޮށްފި

23 ފެބުރުއަރީ 2026
އެމެރިކާގައި ވެސް ރާއްޖޭގައި ވެސް އޮތީ ސުޕްރީމް ކޯޓެއް، ރާއްޖޭގައި ނެތިގެން މިއުޅެނީ އިޚުލާސްތެރި ކަމާއި، ތެދުވެރިކަން

އެމެރިކާގައި ވެސް ރާއްޖޭގައި ވެސް އޮތީ ސުޕްރީމް ކޯޓެއް، ރާއްޖޭގައި ނެތިގެން މިއުޅެނީ އިޚުލާސްތެރި ކަމާއި، ތެދުވެރިކަން

22 ފެބުރުއަރީ 2026
އޭލިއަންއާ ގުޅޭ ސިއްރު ފައިލްތައް އާންމުކުރައްވަން ޓްރަމްޕް ނިންމަވައިފި

އޭލިއަންއާ ގުޅޭ ސިއްރު ފައިލްތައް އާންމުކުރައްވަން ޓްރަމްޕް ނިންމަވައިފި

21 ފެބުރުއަރީ 2026
ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

21 ފެބުރުއަރީ 2026
ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

19 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު