Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

ޑިޕްލޮމަސީ އަށް އިސްކަން ދޭނަން، އެކަމަކު ނިއުކްލިއަރ ހަތިޔާރުގެ ފުރުސަތު އީރާން އަށް ނުދޭނަން: ޓްރަމްޕް

އީރާން އާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، އެ މަޝްވަރާތައް އުންމީދީ ގޮތެއްގައި ކުރިއަށްދާ ކަމަށް ޓްރަމްޕް ވިދާޅުވި. އެއާ އެކު، އީރާން އިން އެއްބަސްވުމަކަށް އެދޭކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ނިއުކްލިއަރ ހަތިޔާރު އުފެއްދުން ދޫކޮށްލާނެ ކަމުގެ ޔަޤީންކަން އީރާން އިން ދީފައި ނުވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 08:24
އަންގާރަ ދުވަހުގެ ރޭ ކުރިއަށް ދިޔަ އެމެރިކާގެ ސްޓޭޓް އޮފް ޔޫނިއަންގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ

އަންގާރަ ދުވަހުގެ ރޭ ކުރިއަށް ދިޔަ އެމެރިކާގެ ސްޓޭޓް އޮފް ޔޫނިއަންގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

އީރާން އާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ނިއުކްލިއަރ މަޝްވަރާ ތަކުގައި ޑިޕްލޮމަސީ އަށް އިސްކަން ދެއްވާނެ ކަމަށާއި، އެހެން ނަމަވެސް ނިއުކްލިއަރ ހަތިޔާރުގެ ފުރުސަތު އީރާން އަށް ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ރިޔާސީ ދެ ވަނަ ދައުރުގެ ފުރަތަމަ ސްޓޭޓް އޮފް ޔޫނިއަންގެ ތަޤުރީރުގައި ޓްރަމްޕް ވިދާޅުވީ، އީރާން އާއި އެމެރިކާއާ ދެމެދު އޮތް މައްސަލަ ޑިޕްލޮމެޓިކް ގޮތެއްގައި ޙައްލު ކުރުމަށް އިސްކަން ދެއްވާނެ ކަމަށެވެ. ނަމަވެސް، އީރާން އަކީ ދުނިޔޭގައި އޮތް ޓެރަރިޒަމްގެ އެންމެ ބޮޑު ސްޕޮންސަރ ޤައުމު ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ ފުރުސަތު އެ ޤައުމަށް ނުދޭނެ ކަމަށެވެ. 

އީރާން އާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، އެ މަޝްވަރާތައް އުންމީދީ ގޮތެއްގައި ކުރިއަށްދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެއާ އެކު، އީރާން އިން އެއްބަސްވުމަކަށް އެދޭކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ނިއުކްލިއަރ ހަތިޔާރު އުފެއްދުން ދޫކޮށްލާނެ ކަމުގެ ޔަޤީންކަން އީރާން އިން ދީފައި ނުވާ ކަމަށެވެ. 

ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައި ވަނީ، އެމެރިކާ އިން އީރާން އާއެކު ހަދާފައި އޮތް ނިއުކްލިއަރ އެއްބަސްވުމުން ވަކިވެފަ އެވެ. އެއީ ޓްރަމްޕްގެ ކުރިން ވެރިކަމުގައި ހުންނެވި ބަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާ އިން އީރާން އާއެކު ހަދާފައިވާ އެއްބަސްވުމެކެވެ. 2017 އިން 2020 އަށް ޓްރަމްޕް ރިޔާސީ ފުރަތަމަ ދައުރު އޮތްއިރު، އީރާން އާއެކު އޮތް އެއްބަސްވުން އުވާލައި އެ ޤައުމަށް ވަނީ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. 

މިދިޔަ އަހަރުގެ ތެރޭގައި ވެސް ވަނީ އީރާން އާއި އެމެރިކާއާ ދެމެދު ނިއުކްލިއަރ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް، ވަކި ހިސާބަކުން މަޝްވަރާތައް މެދު ކެނޑުނީ، އިޒްރޭލްއާ އެއްބައިވެ އެމެެރިކާ އިން އީރާން އަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. އޭގެ ފަހުން މެދު ކެނޑުމަކަށް ފަހު އަނެއްކާ ވެސް ދެ ޤައުމުގެ ދެ މެދުގައި ވަނީ ނިއުކްލިއާ މަޝްވަރާތައް ފަށައިފަ އެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާ-އީރާންނިއުކްލިއަރ ހަތިޔާރުސްޓޭޓް އޮފް ދަ ޔޫނިއަންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން ނިއުކްލިއަރ ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންގްރެސްގެ މުސްލިމް ދެ މެމްބަރަކު އެމެރިކާ އިން ބޭރު ކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

ކޮންގްރެސްގެ މުސްލިމް ދެ މެމްބަރަކު އެމެރިކާ އިން ބޭރު ކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

26 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި

26 ފެބުރުއަރީ 2026
ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

26 ފެބުރުއަރީ 2026
ރިޔާސީ ރޭހުގައި ވާދަ ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ނިއުސަމްއާ ގުޅޭ ފޮތެއް ނެރުއްވައިފި

ރިޔާސީ ރޭހުގައި ވާދަ ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ނިއުސަމްއާ ގުޅޭ ފޮތެއް ނެރުއްވައިފި

26 ފެބުރުއަރީ 2026
އެމެރިކާގެ ބިރު ދެއްކުން ތަކަށް ސީރިއަސްވުމަށް ގޮވާލައި، އެމެރިކާގެ ނައިބު ރައީސްގެ އިންޒާރު އީރާން އަށް

އެމެރިކާގެ ބިރު ދެއްކުން ތަކަށް ސީރިއަސްވުމަށް ގޮވާލައި، އެމެރިކާގެ ނައިބު ރައީސްގެ އިންޒާރު އީރާން އަށް

26 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު