Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބޯޑު އޮފް ޕީސް

ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި

ލޮގްވިނޯވް އިތުރަށް ވިދާޅުވީ، ބައިނަލްއަޤުވާމީ ސުލްޙަ އާއި، ސަލާމަތް ދެމެހެއްޓުމަށް ދުނިޔެ ޤަބޫލު ކުރާ ހަމައެކަނި މުއައްސަސާ އަކީ އދ.ގެ ސަލާމަތީ މަޖިލިސް ކަމަށް. އެހެން ކަމަށްވާއިރު، ޓްރަމްޕް އުފައްދަވާފައިވާ ބޯޑު އޮފް ޕީސް އިން އދ.އާއެކު މަސައްކަތް ކުރާނެ ގޮތަކާ މެދު ގިނަ ސުވާލު ތަކެއް އުފެދޭ ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 08:00
ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހު އޮތް ބޯޑު އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވަނީ

ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހު އޮތް ބޯޑު އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި އެވެ.

ޓްރަމްޕް އުފައްދަވާފައިވާ ބޯޑު އޮފް ޕީސް ރަސްމީކޮށް އިފްތިތާހު ކޮށްފައިވާއިރު، އެ ބޯޑުގެ ފުރަތަމަ ބައްދަލުވުން ވެސް ވަނީ ބާއްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ، އެ ބޯޑަކީ ހަމައެކަނި ޣައްޒާ ހަނގުރާމަ އަށް އުފެއްދި ބޯޑެއް ނޫން ކަމަށާއި، އެ ބޯޑުން މުޅި ދުނިޔޭގެ ސުލްޙަ އަށް މަސައްކަތް ކުރާނެ ކަމަށެވެ. 

ނަމަވެސް، މި ބޯޑާ މެދު ބައިނަލްއަޤުވާމީ މުޖުތަމައުން ވެސް ސުވާލު އުފައްދާފައިވެ އެވެ. އެގޮތުން، އެ ބޯޑުގެ ސަބަބުން އދ. އިން ކުރަމުން އަންނަ މަސައްކަތް ތަކަށް ދެން ވެދާނެ ގޮތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ތެރެއިން މި ބޯޑުގައި ބައިވެރި ވެފައި ވަނީ އެމެރިކާ އެކަންޏެވެ. ސަލާމަތީ މަޖިލީހުގެ އެހެން ދާއިމީ މެމްބަރުންނަކީ ރަޝިޔާ އާއި، ޗައިނާ އާއި، އިނގިރޭސިވިލާތް އަދި ފްރާންސް އެވެ. 

ރަޝިޔާގެ ތާސް ނިއުސް އެޖެންސީ އަށް މައުލޫމާތު ދެއްވަމުން އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ކިރިލް ލޮގްވިނޯވް ވިދާޅުވީ، ސުލްޙައިގެ ބޯޑުގެ ނިޒާމުގައި އެއީ "ނަތީޖާ ނުނެރެވޭނެ ނިޒާމު ތަކުގެ" ބަދަލުގައި އުފައްދާފައިވާ ބައިނަލްއަޤުބާމީ އައު އޮނިގަނޑެއް ކަމަށެވެ. އަދި އެ ބޯޑުގެ މެންޑޭޓުގައި ޣައްޒާގެ ވާހަކަ އެއްވެސް ވަރަކަށް ބަޔާން ކޮށްފައި ނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

ލޮގްވިނޯވް އިތުރަށް ވިދާޅުވީ، ބައިނަލްއަޤުވާމީ ސުލްޙަ އާއި، ސަލާމަތް ދެމެހެއްޓުމަށް ދުނިޔެ ޤަބޫލު ކުރާ ހަމައެކަނި މުއައްސަސާ އަކީ އދ.ގެ ސަލާމަތީ މަޖިލިސް ކަމަށެވެ. އެހެން ކަމަށްވާއިރު، ޓްރަމްޕް އުފައްދަވާފައިވާ ބޯޑު އޮފް ޕީސް އިން އދ. އާއެކު މަސައްކަތް ކުރާނެ ގޮތަކާ މެދު ގިނަ ސުވާލު ތަކެއް އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމަ އެހެންމެ، މިހާތަނަށް ބޭއްވި މި ބޯޑުގެ އެއްވެސް ބައްދަލުވުމަކަށް އދ.ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް އަށް ދައުވަތު ދީފައި ނުވާ ކަމަށް ވެސް އޭނާ ފާހަގަ ކުރައްވާފައިވެ އެވެ. 

ސުލްޙައިގެ ބޯޑުގެ ޗާޓަރުގައި ބުނެފައިވާ ގޮތުން، އެ ބޯޑުން މަސައަކަތް ކުރާނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސުލްޙަ ޤާއިމު ކުރުމަށެވެ. މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ އެމެރިކާގެ ރައީސް ޓްރަމްޕް އެވެ. މި ބޯޑުގެ ނިންމުންތައް ވީޓޯ ކުރުމާއި، މެމްބަރުން ވަކި ކުރުމުގެ ބާރުތައް ފުޅާ ދާއިރާއެއްގައި ޓްރަމްޕް އަށް ލިބިވަޑައިގެންފައިވެ އެވެ. 

އދ.ގެ ސަލާމަތީ މަޖިލީހުގެ އެންމެ އިސް ޒިންމާ އަކީ ބައިނަލްއަޤުވާމީ ސުލްޙަ އާއި، ސަލާމަތް ދެމެހެއްޓުމެވެ. އެ މަޖިލީހުގެ އެންމެ ފުރަތަމަ ބައްދަލުވުން 1946 ވަަނަ އަހަރު އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ނަމަވެސް، މިހާރު އެ މަޖިލީހުގެ މައި މަރުކަޒު ހުންނަނީ އެމެރިކާގެ ނިއު ޔޯކްގަ އެވެ.

މަސްދަރު: ރޮއިޓާސް

ބޯޑް އޮފް ޕީސްސެކިއުރިޓީ ކައުންސިލްރަޝިޔާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއދ. ގެ ސެކިއުރިޓީ ކައުންސިލްރަޝިއާ-ޔޫއެސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް

26 ފެބުރުއަރީ 2026
ރިޔާސީ ރޭހުގައި ވާދަ ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ނިއުސަމްއާ ގުޅޭ ފޮތެއް ނެރުއްވައިފި

ރިޔާސީ ރޭހުގައި ވާދަ ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ނިއުސަމްއާ ގުޅޭ ފޮތެއް ނެރުއްވައިފި

26 ފެބުރުއަރީ 2026
އެމެރިކާގެ ބިރު ދެއްކުން ތަކަށް ސީރިއަސްވުމަށް ގޮވާލައި، އެމެރިކާގެ ނައިބު ރައީސްގެ އިންޒާރު އީރާން އަށް

އެމެރިކާގެ ބިރު ދެއްކުން ތަކަށް ސީރިއަސްވުމަށް ގޮވާލައި، އެމެރިކާގެ ނައިބު ރައީސްގެ އިންޒާރު އީރާން އަށް

26 ފެބުރުއަރީ 2026
އެމެރިކާގެ ތާާރީޚުގައި އެންމެ ދިގު ތަޤުރީރު، ޓްރަމްޕް ވިދާޅުވީ އޭނާގެ ސިޔާސަތުގެ ސަބަބުން ޤައުމު މިހާރު އޮތީ "ރަން ޒަމާނެއްގައި" ކަމަށް

އެމެރިކާގެ ތާާރީޚުގައި އެންމެ ދިގު ތަޤުރީރު، ޓްރަމްޕް ވިދާޅުވީ އޭނާގެ ސިޔާސަތުގެ ސަބަބުން ޤައުމު މިހާރު އޮތީ "ރަން ޒަމާނެއްގައި" ކަމަށް

25 ފެބުރުއަރީ 2026
"އެމެރިކާ އަށް ހަމަލާ ދިނުމަށް، އީރާން އިން އަންނަނީ މިސައިލް ތައްޔާރު ކުރަމުން!"

"އެމެރިކާ އަށް ހަމަލާ ދިނުމަށް، އީރާން އިން އަންނަނީ މިސައިލް ތައްޔާރު ކުރަމުން!"

25 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު