Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އޭލިއަން

އޭލިއަންއާ ގުޅޭ ސިއްރު ފައިލްތައް އާންމުކުރައްވަން ޓްރަމްޕް ނިންމަވައިފި

ކާއިނާތުގެ މަޚްލޫގުންނާ ގުޅޭގޮތުން ކުރީގެ ރައީސް ބަރަކް އޮބާމާ ދެއްކެވި ވާހަކަފުޅުތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވެ، އެފަދަ ސިއްރު ފައިލްތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވެއްޖެ. އޮބާމާ ވަނީ އޭލިއަން އިންނަކީ ހަގީގަތެއް ކަމަށް ގަބޫލުކުރެއްވި ނަމަވެސް، އެފަދަ މަޚްލޫގަކު ފެނިވަޑައިގެންފައި ނުވާ ކަމަށް ސާފުކޮށްދެއްވާފައި. މި މައުޟޫއަށް އާންމުންގެ ޝައުގުވެރިކަން ބޮޑުވެފައިވާއިރު، ޕެންޓަގަނުން ބުނެފައިވަނީ އޭލިއަން އިން އުޅޭކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިނުވާ ކަމަށް.

ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 16:18
އެހެން ޕްލެނެޓެއްގައި ތަފާތު ބާވަތެއްގެ މަޚްލޫގެއް އިށީނދެގެން އިންނަ ޚިޔާލީ މަންޒަރެއް.

އެހެން ޕްލެނެޓެއްގައި ތަފާތު ބާވަތެއްގެ މަޚްލޫގެއް އިށީނދެގެން އިންނަ ޚިޔާލީ މަންޒަރެއް. | އައިސްޓޮކް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމުގެ ޑިފެންސް ޑިޕާޓްމަންޓް (ޕެންޓަގަން) ހިމެނޭހެން ސަރުކާރުގެ އެކި އިދާރާތަކަށް، ކާއިނާތުގެ މަޚްލޫގުން ނުވަތަ "އޭލިއަން" އިންނާ ގުޅޭ ސިއްރު ފައިލްތައް އާންމުކުރުމުގެ މަސައްކަތް ފެށުމަށް އަމުރުކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިކަން އިއުލާން ކުރެއްވީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައެވެ. މީގެ އިތުރުން، ކުރީގެ ރައީސް ބަރަކް އޮބާމާ މިދިޔަ ހަފުތާގައި ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން "އޭލިއަން އިންނަކީ ހަގީގަތެއް" ކަމަށް ވިދާޅުވުމާ ގުޅިގެން، އޮބާމާ ވަނީ ދައުލަތުގެ ސިއްރު މައުލޫމާތު ހާމަކުރައްވާފައި ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ރައީސްގެ ރަސްމީ މަތިންދާބޯޓު "އެއަރ ފޯސް ވަން" ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އޮބާމާ އެފަދަ ވާހަކައެއް ދައްކަވައިގެން ނުވާނެ ކަމަށާއި، އެއީ އޮބާމާ ހެއްދެވި ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

އޭލިއަން އިންނަކީ ހަގީގަތެއް ކަމަށް ޓްރަމްޕް ގަބޫލުކުރައްވާތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެއީ ހަގީގަތެއް ކަމެއް ނުވަތަ ނޫންކަމެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި ބްރަޔަން ޓައިލާ ކޯހެންގެ ޕޮޑްކާސްޓް އިންޓަވިއުއެއްގައި ވިދާޅުވީ އޭލިއަން އިންނަކީ ހަގީގަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޮބާމާ ވިދާޅުވީ، އޭލިއަން އިންނަކީ ހަގީގަތެއް ކަމަށާއި، ނަމަވެސް އޭނާއަށް އެފަދަ މަޚްލޫގަކު ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެފަދަ މަޚްލޫގުން "އޭރިއާ 51" ގައި ބަންދުކޮށްފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޮބާމާ ވިދާޅުވީ، އެމެރިކާގެ ރައީސަށް ސިއްރުން އެފަދަ ކަމެއް ފޮރުވައިގެން ބޮޑު ރޭވުމެއް ރާވާފައި ނުވާނަމަ، ބިމުގެ އަޑީގައި އެފަދަ އެއްވެސް މަރުކަޒެއް ނުހުންނާނެ ކަމަށެވެ.

އޮބާމާގެ މި ވާހަކަތައް މީޑިއާގެ ސަމާލުކަމަށް އައުމާ ގުޅިގެން، އޭނާ ފަހުން ވަނީ އެކަން ސާފުކޮށްދެއްވާފައެވެ. އޮބާމާ ވިދާޅުވީ، ކާއިނާތުގެ ބޮޑުމިނަށް ބަލާއިރު، ދުނިޔެއިން ބޭރުގައި ދިރުމެއް ހުރުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއްގައި، 2009 އިން 2017 އަށް އެމެރިކާގެ ރައީސްކަން ކުރެއްވި އޮބާމާ ވިދާޅުވީ، އޭނާގެ ރައީސްކަމުގެ ދައުރުގައި ކާއިނާތުގެ މަޚްލޫގުން އިންސާނުންނާ މުއާމަލާތް ކުރި ކަމުގެ އެއްވެސް ހެއްކެއް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.

އޮބާމާ މި ވާހަކަތައް ފުރަތަމަ ދެއްކެވީ ޕޮޑްކާސްޓްގައި ކުރިމަތިވި އަވަސް ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ.

އޮބާމާ އެ އިންޓަވިއު ދެއްވިއިރު، ދައުލަތުގެ ސިއްރު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ވާހަކަދެއްކެވި ކަމުގެ އެއްވެސް ހެތްކެއް ފެންނާކަށް ނެތެވެ.

ޑިމޮކްރެޓިކް ޕާޓީގެ އޮބާމާ އާއި ރިޕަބްލިކަން ޕާޓީގެ ޓްރަމްޕަކީ ސިޔާސީ ގޮތުން ޒަމާންވީ ދެ ހަތުރުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެއަރ ފޯސް ވަންގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ގިނަ ބަޔަކު އޭލިއަން އިން އުޅޭ ކަމަށް ގަބޫލުކުރި ނަމަވެސް، އޭނާ ދުވަހަކުވެސް އެކަމާ ބެހޭގޮތުން ވާހަކަ ނުދައްކަވާ ކަމަށާއި، އެކަމުގައި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

ނަމަވެސް އޭގެ މަދު ގަޑިއިރުތަކެއް ފަހުން ޓްރަމްޕް "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާންމުންގެ ޝައުގުވެރިކަން މިކަމަށް ވަރަށް ބޮޑަށް ހުރުމާ ގުޅިގެން، އޭލިއަން އިންނާއި، ކާއިނާތުގެ މަޚްލޫގުންނާއި، ހޯދިފައިނުވާ އުދުހޭ ތަކެތި (ޔޫ.އޭ.ޕީ އަދި ޔޫ.އެފް.އޯ) އާ ގުޅޭ ހުރިހާ ސިއްރު ފައިލްތަކެއް ހާމަކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމެރިކާގައި ޔޫ.އެފް.އޯ އާއި އޭލިއަން އިންނާ މެދު އާންމުންގެ ޝައުގުވެރިކަން އަލުން އުފެދުނީ 2017 ވަނަ އަހަރުއެވެ. އެއީ އުޑުމަތިން ފެނުނު އާދަޔާ ހިލާފު ތަކެއްޗާ ގުޅޭގޮތުން ޕައިލެޓުންނާއި ސިފައިން ދީފައިވާ މައުލޫމާތުތައް ތަހުގީގު ކުރުމަށް ޕެންޓަގަނުން ސިއްރު ޕްރޮގްރާމެއް ހިންގާކަމުގެ ރިޕޯޓްތައް ފެންމަތިވުމާ ގުޅިގެންނެވެ.

މީގެ އިތުރުން، 2022 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސްއިން ވަނީ ވޭތުވެދިޔަ 50 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޔޫ.އެފް.އޯ އާ ގުޅޭ އަޑުއެހުންތަކެއް ބާއްވާފައެވެ. އަދި ޕެންޓަގަނުން ވަނީ މިކަމުގައި ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅޭނެ ކަމަށް ވައުދުވެ، ސިފައިންނަށް ފެންނަ މިފަދަ ތަކެތީގެ ރިޕޯޓްތައް އެއްކުރުމަށް ހާއްސަ އޮފީހެއް ގާއިމުކޮށްފައެވެ.

ޖެހިގެން އައި އަހަރު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޕެނަލަކުން މިކަން ދިރާސާކުރި ނަމަވެސް، އޭލިއަން އިން އުޅޭކަމުގެ އެއްވެސް ހެއްކެއް ނުވަތަ މުހިންމު އާ މައުލޫމާތެއް ހާމަވެފައެއް ނުވެއެވެ. އަދި 2024 ވަނަ އަހަރު ޕެންޓަގަނުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އެމެރިކާ ސަރުކާރަށް އޭލިއަން އިންނާ ދިމާވި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި، އުޑުމަތިން ފެނުނު ގިނަ ތަކެއްޗަކީ އާދައިގެ ތަކެތި ކަމަށެވެ.

މަސްދަރު: ބީބީސީ

ޑޮނަލްޑް ޓްރަމްޕްބަރަކް އޮބާމާޕެންޓަގަންއޭލިއަންއޭރިއާ 51ޔޫއެފްއޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު

28 ފެބުރުއަރީ 2026
އެޕްސްޓީންގެ މައްސަލައިގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި އަނބިކަނބަލުން ހިލަރީ އާ ސުވާލު ކުރަން މަޖިލީހަށް ހާޒިރު ކުރަނީ

އެޕްސްޓީންގެ މައްސަލައިގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި އަނބިކަނބަލުން ހިލަރީ އާ ސުވާލު ކުރަން މަޖިލީހަށް ހާޒިރު ކުރަނީ

27 ފެބުރުއަރީ 2026
އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އިޒްރޭލާއި ލުބުނާނުން ފޭބުމަށް އަންގައިފި

އޮސްޓްރޭލިއާގެ ޑިޕްލޮމޭޓުންގެ އާއިލާތައް އިޒްރޭލާއި ލުބުނާނުން ފޭބުމަށް އަންގައިފި

25 ފެބުރުއަރީ 2026
މެދުއިރުމަތީގެ މަސްރަހާ މެދު ޓްރަމްޕްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ސާފު މެސެޖެއް ނުދެއްވި

މެދުއިރުމަތީގެ މަސްރަހާ މެދު ޓްރަމްޕްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ސާފު މެސެޖެއް ނުދެއްވި

25 ފެބުރުއަރީ 2026
އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ މިސައިލް އީރާނުން އުފައްދަން އުޅޭ ކަމަށް ރައީސް ޓްރަމްޕް ކުރެއްވި ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފި

އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ މިސައިލް އީރާނުން އުފައްދަން އުޅޭ ކަމަށް ރައީސް ޓްރަމްޕް ކުރެއްވި ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފި

25 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު