Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކިއުބާ-ވެނެޒުއޭލާ

ވެނެޒުއޭލާގެ އިންތިގާލީ ރައީސާ ޑެލްސީ ރޮޑްރިގޭޒްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އެ ގައުމުގެ ބޮޑީގާޑުންނާ ހަވާލުކުރައްވައިފި

ވެނެޒުއޭލާގެ އިންތިގާލީ ރައީސާ ޑެލްސީ ރޮޑްރިގޭޒްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އެ ގައުމުގެ ބޮޑީގާޑުންނާ ހަވާލުކުރައްވައި، ކިއުބާގެ އެޑްވައިޒަރުންނާއި ސިއްހީ މުވައްޒަފުން އެ ގައުމުން ފޮނުވާލަން ފަށައިފި. މިއީ ވެނެޒުއޭލާ އާއި ކިއުބާއާ ދެމެދު އޮތް އަސްކަރީ އަދި ސަލާމަތީ ގުޅުން ކަނޑާލުމަށް އެމެރިކާއިން ކުރަމުންދާ ފިއްތުންތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް މަސްދަރުތަކުން ބުނޭ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް މި ގުޅުން ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވެ، ވެނެޒުއޭލާގެ ތެލުގެ ބަދަލުގައި ކިއުބާއިން ފޯރުކޮށްދޭ ސަލާމަތީ އެހީތެރިކަން ހުއްޓުވާނެ ކަމުގެ އިންޒާރު ދެއްވާފައި.

ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 13:10
ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސް، އެމެރިކާއިން ދިން ހަމަލާތަކެއްގައި ކިއުބާގެ ސިފައިން މަރާލާފައިވާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް 2026 ޖެނުއަރީ 16 ވީ ހުކުރު ދުވަހު ކިއުބާގެ ހަވާނާގައި ހުންނަ އެމެރިކާ އެމްބަސީ ކުރިމަތީގައި ބޭއްވި މުޒާހަރާ އެއްގައި ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކަނެލް ބައިވެރިވެވަޑައިގަންނަވަނީ.

ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސް، އެމެރިކާއިން ދިން ހަމަލާތަކެއްގައި ކިއުބާގެ ސިފައިން މަރާލާފައިވާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް 2026 ޖެނުއަރީ 16 ވީ ހުކުރު ދުވަހު ކިއުބާގެ ހަވާނާގައި ހުންނަ އެމެރިކާ އެމްބަސީ ކުރިމަތީގައި ބޭއްވި މުޒާހަރާ އެއްގައި ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކަނެލް ބައިވެރިވެވަޑައިގަންނަވަނީ. | ރޮއިޓާސް

ވެނެޒުއޭލާގެ އިންތިގާލީ ރައީސާ ޑެލްސީ ރޮޑްރިގޭޒްގެ ސަރުކާރަށް، ކިއުބާއާ އާ އެކު އޮތް އިއްތިހާދު ރޫޅާލުމަށް ވޮޝިންޓަނުން ބާރުބޮޑު ކުރަމުންދާ ދަނޑިވަޅެއްގައި، އެ ގައުމުގައި ތިބި ކިއުބާގެ ސެކިއުރިޓީ އެޑްވައިޒަރުންނާއި ޑޮކްޓަރުން ވެނެޒުއޭލާ ދޫކޮށް ދާން ފަށާފައިވާ ކަމަށް މިކަމާ ގުޅުންހުރި 11 މަސްދަރަކުން މައުލޫމާތު ދީފިއެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި، މަގާމުން ދުރުކޮށްފައިވާ ނިކޮލަސް މަދޫރޯ އާއި އޭނާގެ ކުރިން ވެރިކަމުގައި ހުންނެވި އަވަހާރަވެފައިވާ ހޫގޯ ޗާވޭޒް، ކިއުބާގެ އެލީޓް ފޯސްތަކުގެ ހިމާޔަތް ހޯއްދެވި ނަމަވެސް، އިންތިގާލީ ރައީސާ ޑެލްސީ ރޮޑްރިގޭޒް މިހާރު ވަނީ އޭނާގެ ސަލާމަތީ ކަންކަން ވެނެޒުއޭލާގެ ބޮޑީގާޑުންނާ ހަވާލުކުރައްވާފައެވެ.

ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު މަދޫރޯ ހައްޔަރުކުރުމަށް އެމެރިކާ ސިފައިން ދިން ހަމަލާގައި ކިއުބާގެ 32 މީހުން މަރުވެފައިވާ ކަމަށް ކިއުބާ ސަރުކާރުން ބުނެއެވެ. މި ސިފައިންނާއި ބޮޑީގާޑުންނަކީ 2000 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ކަރާކަސް އާއި ހަވާނާއާ ދެމެދު ގާއިމުކޮށްފައިވާ ސަލާމަތީ އެއްބަސްވުމުގެ ދަށުން ހަރަކާތްތެރިވި ބައެކެވެ. މި އެއްބަސްވުމުގެ ދަށުން ކިއުބާގެ އިންޓެލިޖެންސް އެޖެންޓުން ވަނީ ވެނެޒުއޭލާގެ އަސްކަރިއްޔާގެ ތެރެއަށާއި، އިދިކޮޅު ފަރާތްތައް ނައްތާލުމުގައި މުހިންމު ދައުރެއް އަދާކުރި އެ ގައުމުގެ ކައުންޓަރ އިންޓެލިޖެންސް ޔުނިޓް (ޑީ.ޖީ.ސީ.އައި.އެމް) ގެ ތެރެއަށް ވަދެފައެވެ.

ވެނެޒުއޭލާގެ އިންޓެލިޖެންސްގެ ކުރީގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި، ޑީ.ޖީ.ސީ.އައި.އެމްގެ ތެރޭގައި ތިބި ކިއުބާގެ ބައެއް އެޑްވައިޒަރުން މިހާރު ވަނީ މަގާމުތަކުން ވަކިކޮށްފައެވެ. އަދި ފާއިތުވި ހަފުތާތަކުގައި ކިއުބާގެ ބައެއް ސިއްހީ މަސައްކަތްތެރިންނާއި ސަލާމަތީ އެޑްވައިޒަރުން ފްލައިޓްތަކުގައި ވެނެޒުއޭލާ ދޫކޮށް ކިއުބާއަށް ގޮސްފައިވާ ކަމަށް ދެ މަސްދަރަކުން ކަށަވަރުކޮށްދެއެވެ.

ވެނެޒުއޭލާގެ ވެރިކަން ކުރާ ޕާޓީއާ ގާތް ގުޅުމެއް އޮންނަ މަސްދަރަކުން ބުނި ގޮތުގައި، ކިއުބާ މީހުން އެ ގައުމުން ފުރަމުންދަނީ އެމެރިކާގެ ފިއްތުންތަކާ ހުރެ ރޮޑްރިގޭޒް އެންގެވި އެންގުމަކަށެވެ. 

ރައީސްގެ ގާޑުންގެ ތެރެއިންނާއި ކައުންޓަރ އިންޓެލިޖެންސް ޔުނިޓުން ކިއުބާ މީހުން އެއްފަރާތްކުރުމަށް ނިންމި ނިންމުން މީގެ ކުރިން މީޑިއާއަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.

ވެނެޒުއޭލާ އާއި ކިއުބާގެ ގުޅުން ކަނޑާލުމަށް ޓްރަމްޕް ބޭނުންފުޅުވޭ

މަދޫރޯ މަގާމުން ދުރުކުރުމުގެ އޮޕަރޭޝަންގެ ކުރިން، ޗާވޭޒްގެ ވެރިކަމުގައި ފެށި އިޖުތިމާއީ އެހީގެ ޕްރޮގްރާމްތަކުގެ ދަށުން ކިއުބާގެ އެތައް ހާސް ޑޮކްޓަރުންނާއި، ނަރުހުންނާއި، ކުޅިވަރު ކޯޗުން ވެނެޒުއޭލާގައި މަސައްކަތް ކުރަމުން ދިޔައެވެ. އޭގެ ބަދަލެއްގެ ގޮތުން ވެނެޒުއޭލާއިން ދިޔައީ ކިއުބާއަށް ނުހަނު ބޭނުންޖެހިފައިވާ ތެޔޮ ފޯރުކޮށްދެމުންނެވެ.

އެމެރިކާގެ ހަމަލާއަށްފަހު، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެނެޒުއޭލާ އާއި ކިއުބާއާ ދެމެދު އޮތް ސަލާމަތީ ގުޅުން ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ. "ކިއުބާ އިން ގިނަ އަހަރުތަކެއް ވަންދެން ވެނެޒުއޭލާގެ ތެލާއި ފައިސާގެ ބޭނުން ހިފި. އޭގެ ބަދަލުގައި ކިއުބާ އިން ވަނީ ވެނެޒުއޭލާގެ ފަހުގެ ދެ ޑިކްޓޭޓަރުންނަށް 'ސަލާމަތީ ޚިދުމަތް' ފޯރުކޮށްދީފައި. އެކަމަކު ދެން އެކަމެއް ނުވާނެ!" ޖެނުއަރީ 11 ވަނަ ދުވަހު ޓްރަމްޕް އޭނާގެ 'ޓްރުތް ސޯޝަލް' ގައި ލިޔުއްވާފައިވެއެވެ.

މަސްދަރު: ރޮއިޓާސް

ވެނެޒުއޭލާޑެލްސީ ރޮޑްރިގޭޒްކިއުބާނިކޮލަސް މަދޫރޯޑޮނަލްޑް ޓްރަމްޕްވެނެޒުއޭލާ-ކިއުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

އޭލިއަންއާ ގުޅޭ ސިއްރު ފައިލްތައް އާންމުކުރައްވަން ޓްރަމްޕް ނިންމަވައިފި

އޭލިއަންއާ ގުޅޭ ސިއްރު ފައިލްތައް އާންމުކުރައްވަން ޓްރަމްޕް ނިންމަވައިފި

21 ފެބުރުއަރީ 2026
އެމެރިކާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ރައީސް ކަނޑައަޅުއްވާފައިވާ ގިނަ ޓެރިފްތަކަކީ ގާނޫނާ ހިލާފު އެއްޗެއް ކަމަށް ނިންމުމާ ގުޅިގެން، އެމެރިކާ އަށް އެތެރެކުރާ މުދަލުން އިތުރު 10 އިންސައްތައިގެ ޓެރިފެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

އެމެރިކާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ރައީސް ކަނޑައަޅުއްވާފައިވާ ގިނަ ޓެރިފްތަކަކީ ގާނޫނާ ހިލާފު އެއްޗެއް ކަމަށް ނިންމުމާ ގުޅިގެން، އެމެރިކާ އަށް އެތެރެކުރާ މުދަލުން އިތުރު 10 އިންސައްތައިގެ ޓެރިފެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

21 ފެބުރުއަރީ 2026
ޕޮލެންޑުން އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

ޕޮލެންޑުން އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

20 ފެބުރުއަރީ 2026
އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ

އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ

20 ފެބުރުއަރީ 2026
އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނަށް އަމާޒުކޮށް ވަކި މިންވަރެއްގެ ހަމަލާދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު