Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މާރ-އަ-ލާގޯ ހަމަލާ

ހަތިޔާރާއެކު ޓްރަމްޕްގެ ގެކޮޅަށް ވަތް މީހަކު ސީކްރެޓް ސާވިސްއިން ބަޑިޖަހައި މަރާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފްލޮރިޑާ ގެކޮޅުގެ ސަލާމަތީ ފެންސް ފަހަނައަޅައި، ހަތިޔާރާއެކު ވަންނަން އުޅުނު އޮސްޓިން ޓީ މާޓިން ނަމަކަށް ކިޔާ މީހަކަށް ސީކްރެޓް ސާވިސްގެ އެޖެންޓުން ބަޑިޖަހައި މަރާލައިފި. ބަޑިއަކާއި ތެޔޮ ހަމެއް ހިފައިގެން ހުރި މި މީހާ އެ ސަރަހައްދަށް ވަނީ އަމުރުތަކަށް ނުކިޔަމަންތެރިވެ، ހަމަލާދޭން ތައްޔާރުވުމުން ކަމަށް އޮފިޝަލުން ވިދާޅުވި. މި ހާދިސާ ހިނގިއިރު ޓްރަމްޕް ހުންނެވީ ވޮޝިންގޓަންގައި ކަމަށްވާއިރު، މިއީ ފާއިތުވި މަސްތަކުގައި އޭނާ އަށް އަމާޒުކޮށް ހަމަލާދޭން އުޅުނު ތިންވަނަ ފަހަރު.

ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 18:43
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ދިރިއުޅުއްވާ މާ-އަ-ލާގޯ ރެސިޑެންސް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ދިރިއުޅުއްވާ މާ-އަ-ލާގޯ ރެސިޑެންސް. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ދިރިއުޅުއްވާ މާރް-އަ-ލާގޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ސަރަހައްދަށް ހަތިޔާރާއެކު ވަތް މީހަކަށް ސީކްރެޓް ސާވިސްގެ އެޖެންޓުން ބަޑިޖަހައި މަރާލާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، އެ މީހާ ހުއްޓުވައި ބަޑިޖަހާފައިވަނީ ސީކްރެޓް ސާވިސްގެ އެޖެންޓުންނާއި ޝެރިފްގެ ޑެޕިއުޓީއެކެވެ. އޭނާގެ އަތުގައި ބަޑިއަކާއި ތެޔޮ ހަމެއް އޮތް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ ވަގުތު ރައީސް ޓްރަމްޕް ހުންނެވީ ވޮޝިންގޓަން ޑީސީގައެވެ.

ބީބީސީގެ އެމެރިކާގެ ޕާޓްނަރު ސީބީއެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަރާލި މީހަކީ ނޯތު ކެރޮލައިނާގެ ކެމަރަންއަށް ނިސްބަތްވާ އޮސްޓިން ޓީ މާޓިން ނަމަކަށް ކިޔާ މީހެކެވެ.

ސީބީއެސްއިން ބުނާ ގޮތުގައި، އޭނާ ގެއްލިގެން އުޅޭ ކަމަށް އާއިލާގެ ފަރާތުން ހޮނިހިރު ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ.

އޭނާ ނޯތު ކެރޮލައިނާއިން ފްލޮރިޑާއަށް ދަތުރުކުރި މަގުމަތީގައި ބަޑި ގަނެފައިވޭތޯ އޮފިޝަލުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ސީކްރެޓް ސާވިސްގެ ތަރުޖަމާނު އެންތަނީ ގުގްލިއެލްމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި މާރް-އަ-ލާގޯގެ ސަލާމަތީ ފެންސް ފަހަނައަޅައި އޭނާ ވަންނަނިކޮށް ފެނުމުން، އެޖެންޓުން އޭނާއަށް ބަޑިޖެހީ ކަމަށެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާރް-އަ-ލާގޯގެ އުތުރު ގޭޓު ކައިރިން އެ މީހާ ފެނުނުއިރު، އޭނާގެ އަތުގައި ބަޑިއަކާއި ތެޔޮ ހަމެއް އޮތް ކަމަށް ފާހަގަކުރެވުނު ކަމަށެވެ.

ޕާމް ބީޗް ކައުންޓީގެ ޝެރިފް ރިކް ބްރެޑްޝޯ ވިދާޅުވީ، އެ މީހާއަށް ކުރި އަމުރުތަކަށް ކިޔަމަންނުވުމުން އޭނާގެ ގަޔަށް ބަޑިޖެހީ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްރެޑްޝޯ ވިދާޅުވީ، އޭނާގެ އަތުގައި ހުރި ތެޔޮ ހަމާއި ބަޑި ބޭއްވުމަށް އެޖެންޓުން ތަކުރާރުކޮށް އެންގި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ވަގުތު އޭނާ ތެޔޮ ހަން ބެހެއްޓުމަށްފަހު، ބަޑި ނަގައި ހަމަލާދޭން ތައްޔާރުވާ ފަދަ ހަރަކާތްތައް ފެނުނެވެ.

އެހިސާބުން، ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި އެޖެންޓުން އޭނާއަށް އަމާޒުކޮށް ބަޑިޖެހީ ކަމަށް ބްރެޑްޝޯ ވިދާޅުވިއެވެ.

މި ހާދިސާ ހިނގިއިރު އޮފިސަރުން ތިބީ ބޮޑީ ކެމެރާ އަޅައިގެން ކަމަށާއި، ގާނޫނު ތަންފީޒުކުރާ އެއްވެސް އޮފިސަރަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

ބްރެޑްޝޯ ވިދާޅުވީ އޭނާގެ ބަޑި އޮތީ ލޯޑުކޮށްފައި ކަމެއް އަދި ނޭނގޭ ކަމަށާއި، އެފްބީއައިގެ އެހީތެރިކަމާއެކު ކުރިއަށްދާ ތަހުގީގުގައި އެކަން ސާފުވާނެ ކަމަށެވެ.

މާރް-އަ-ލާގޯގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ބޭރުގެ ސަލާމަތީ ކަންކަން ޕާމް ބީޗްގެ ޝެރިފުން ބަލަހައްޓާއިރު، އެތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ސީކްރެޓް ސާވިސްއިންނެވެ. އެ ތަނަށް ވަންނަ މީހުން ބަލައި ފާސްކުރުމުގެ އިތުރުން، ކުއްތާއާއި މެޓަލް ޑިޓެކްޓަރު ބޭނުންކޮށްގެން އުޅަނދުފަހަރާއި ދަބަސްތައް ޗެކްކުރެއެވެ.

މީގެ ކުރިންވެސް ރައީސް ޓްރަމްޕް އަވަހާރަކޮށްލުމަށް އެކި ފަހަރުމަތިން ރޭވުންތައް ރާވައި، ހަމަލާދޭން މަސައްކަތް ކޮށްފައިވެއެވެ.

އެގޮތުން 2024 ވަނަ އަހަރުގެ ޖުލައި މަހު ޕެންސިލްވޭނިއާގެ ބަޓްލާގައި އާންމުންނާ މުޚާތަބު ކުރައްވަން ހުންނަވަނިކޮށް، ޓްރަމްޕްގެ ކަންފަތްޕުޅަށް ވަނީ ބަޑީގެ ހަމަލާއެއް އަމާޒުވެފައެވެ. އެ ހާދިސާގައި އެތަނުގައި ތިބި މީހުންގެ ތެރެއިން އެކަކު މަރުވެ، ދެ މީހަކަށް އަނިޔާވިއެވެ. ހަމަލާދިން އުމުރުން 20 އަހަރުގެ މެތިއު ކްރޫކްސް، ސަލާމަތީ ބާރުތަކުން ވަގުތުން ބަޑިޖަހައި މަރާލާފައިވާއިރު، އޭނާ އެ ހަމަލާދިން ސަބަބެއް އަދިވެސް ސާފެއް ނުވެއެވެ.

އޭގެ މަސްތަކެއް ފަހުން، ވެސްޓް ޕާމް ބީޗްގައި ހުންނަ ޓްރަމްޕް އިންޓަނޭޝަނަލް ގޮލްފް ކްލަބްގެ ފާރު ކައިރީގައި ހުރި ގަސްތަކެއްގެ ތެރެއިން ބަޑިއެއްގެ ހިފައިގެން މީހާކު ހުއްޓާ ސީކްރެޓް ސާވިސްގެ އެޖެންޓަކަށް ފެނުނެވެ. އެ ހަމަލާދޭން އުޅުނު ރަޔަން ރައުޓް ފިލަން މަސައްކަތް ކުރި ނަމަވެސް ފަހުން ވަނީ އަތުލައިގަނެފައެވެ. އުމުރުން 59 އަހަރުގެ ރައުތު، ރައީސް އަވަހާރަކޮށްލަން އުޅުނުކަން ސާބިތުވެ، މި މަހުގެ ކުރީކޮޅު އޭނާ ވަނީ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

މަސްދަރު: ބީބީސީ

ޑޮނަލްޑް ޓްރަމްޕްމާރް-އަ-ލާގޯސީކްރެޓް ސާވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އޭލިއަންއާ ގުޅޭ ސިއްރު ފައިލްތައް އާންމުކުރައްވަން ޓްރަމްޕް ނިންމަވައިފި

އޭލިއަންއާ ގުޅޭ ސިއްރު ފައިލްތައް އާންމުކުރައްވަން ޓްރަމްޕް ނިންމަވައިފި

21 ފެބުރުއަރީ 2026
ވެނެޒުއޭލާގެ އިންތިގާލީ ރައީސާ ޑެލްސީ ރޮޑްރިގޭޒްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އެ ގައުމުގެ ބޮޑީގާޑުންނާ ހަވާލުކުރައްވައިފި

ވެނެޒުއޭލާގެ އިންތިގާލީ ރައީސާ ޑެލްސީ ރޮޑްރިގޭޒްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އެ ގައުމުގެ ބޮޑީގާޑުންނާ ހަވާލުކުރައްވައިފި

21 ފެބުރުއަރީ 2026
އެމެރިކާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ރައީސް ކަނޑައަޅުއްވާފައިވާ ގިނަ ޓެރިފްތަކަކީ ގާނޫނާ ހިލާފު އެއްޗެއް ކަމަށް ނިންމުމާ ގުޅިގެން، އެމެރިކާ އަށް އެތެރެކުރާ މުދަލުން އިތުރު 10 އިންސައްތައިގެ ޓެރިފެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

އެމެރިކާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ރައީސް ކަނޑައަޅުއްވާފައިވާ ގިނަ ޓެރިފްތަކަކީ ގާނޫނާ ހިލާފު އެއްޗެއް ކަމަށް ނިންމުމާ ގުޅިގެން، އެމެރިކާ އަށް އެތެރެކުރާ މުދަލުން އިތުރު 10 އިންސައްތައިގެ ޓެރިފެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

21 ފެބުރުއަރީ 2026
ޕޮލެންޑުން އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

ޕޮލެންޑުން އީރާނުގައި ތިބި އެ ގައުމުގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

20 ފެބުރުއަރީ 2026
އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ

އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު