Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލް

މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމާ ގުޅޭ ގޮތުން ޑެޕިއުޓީ މޭޔަރ އަރީޝް އާ ހަވާލާދީ ފަތުރަމުންދަނީ ދޮގު ހަބަރެއް: މާލެ ސިޓީ ކައުންސިލް

މިކަމާ ގުޅިގެން ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާޅޭ މަގުތަކުގައި ނަންބޯޑު ހަރުކުރުމަކީ މެއި 2021 ގައި އެ ކައުންސިލުން ފާސްކޮށްފައިވާ ސްޓްރެޖިކް އެކްޝަން ޕްލޭންގައި ބަޔާން ކޮށްފައިވާ މަސައްކަތެއް ކަމަށް. އަރީޝް ކައުންސިލްގެ ޖަލްސާތަކަށް ފަރުވާތެރިކަމާއެކު ގަވާއިދުން ހާޒިރުވެ، އެކަށީގެންވާ ގޮތުގައި ކައުންސިލްގެ މަސައްކަތުގަ ބައިވެރިވެ ވަޑައިގަންނަވާނަމަ ކަން ހިނގާގޮތް ރަނގަޅަށް ސާފުވާނެކަމަށް ކައުންސިލުން ދެކޭކަމަށް ބަޔާނުގައި ބުނެފައިވޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 14:50
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް | މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ފާސްނުކޮށް މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކުރިކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް އާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ފަތުރަމުންދާ ހަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ. 

މިކަމާ ގުޅިގެން ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލޭ މަގުތަކުގައި ނަންބޯޑު ހަރުކުރުމަކީ މެއި 2021 ގައި އެ ކައުންސިލުން ފާސްކޮށްފައިވާ ސްޓްރެޖިކް އެކްޝަން ޕްލޭންގައި ބަޔާން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދަނީ 7 އޮކްޓޯބަރު 2025 ގައި ގެޒެޓްގައި އިއުލާނުކޮށް، 19 އޮކްޓޯބަރު 2025 ގައި 7 ފަރާތަކުން ކުރިމަތިލައި، އޭގެ ތެރެއިން އެންމެ ގިނަ  މާކްސް ލިބުނު ފަރާތުން ހުށަހަޅާފައިވާ އަގުކަމުގައިވާ 3،988،290.06 (ތިން މިލިއަން ނުވަލައްކަ އައްޑިހަ އައްހާސް ދުއިސައްތަ ނުވަދިހަ ރުފިޔާ ނުވަދިހަ ހަ ލާރި) އަށް ކަމަށެވެ. 

ޑެޕއުޓީ މޭޔަރ އަރީޝް އާ ހަވާލާދީ ރިޕޯޓް ކޮށްފައިވާ 25 މިލިއަން ރުފިޔާގެ އަދަދަކީ މި މަސައްކަތަށް ކުރިމަތިލި 7 ފަރާތުން ހުށަހެޅި އަގުތަކުގެ ޖުމްލަ އަދަދު ކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ، މި މަސައްކަތަކީ 7 ކުންފުންޏަކާ ހަވާލުކޮށްގެން ހިންގާ މަސައްކަތެއް ނޫން ކަމަށެވެ.

ޑެޕިއުޓީ މޭޔަރ އަރީޝް، މާލެ ސިޓީ ކައުންސިލާއި ކައުންސިލްގެ މުވައްޒަފުން ބަދުނާމުވާގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ދީފައިވުމުން އެކަމުގެ ކަންބޮޑުވުން ސިޓީ ކައުންސިލުން ވަނީ ފާޅުކޮށްފަ އެވެ. އަދި އަރީޝް ކައުންސިލްގެ ޖަލްސާތަކަށް ފަރުވާތެރިކަމާއެކު ގަވާއިދުން ހާޒިރުވެ، އެކަށީގެންވާ ގޮތުގައި ކައުންސިލްގެ މަސައްކަތުގަ ބައިވެރިވެ ވަޑައިގަންނަވާނަމަ ކަން ހިނގާގޮތް ރަނގަޅަށް ސާފުވާނެކަމަށް ކައުންސިލުން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ނޫސްތަކުން ހަބަރު ގެނެސްދޭ އިރު ކަމާބެހޭ ސައްހަ މައުލޫމާތު އިތުބާރު ހުރި މަސްދަރުތަކުން ސާފުކުރެއްވުމުގު މުހިންމުކަން މާލެ ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. 

މާލޭ ސިޓީ ކައުންސިލްމުޙައްމަދު އަރީޝްމާލެވިލިމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒުބޭއެވެ. މި ރޯދަމަހު ލޮލަށް ބޮލަށް ގޮވަން ނުހަދާށެވެ!

މުއިއްޒުބޭއެވެ. މި ރޯދަމަހު ލޮލަށް ބޮލަށް ގޮވަން ނުހަދާށެވެ!

26 ފެބުރުއަރީ 2026
ޕީއެންސީގެ ކައުންސިލަރުން ޖަލްސާއަށް ހާޒިރު ނުވެ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކޮށް ދެވަނަ ދައުރަކަށް ކުރިމަތިލާނަމަ ރައްޔިތުން ވިސްނަންޖެހޭ: އާޒިމް

ޕީއެންސީގެ ކައުންސިލަރުން ޖަލްސާއަށް ހާޒިރު ނުވެ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ނުކޮށް ދެވަނަ ދައުރަކަށް ކުރިމަތިލާނަމަ ރައްޔިތުން ވިސްނަންޖެހޭ: އާޒިމް

25 ފެބުރުއަރީ 2026
އެމްޑީޕީ އިން ހެންވޭރު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއި އެކު ބާއްވައިފި

އެމްޑީޕީ އިން ހެންވޭރު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއި އެކު ބާއްވައިފި

24 ފެބުރުއަރީ 2026
ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ސިޓީ ކައުންސިލުން އަލުން ފަށަނީ

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ސިޓީ ކައުންސިލުން އަލުން ފަށަނީ

23 ފެބުރުއަރީ 2026
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

23 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު