Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާޒިމް ޕީއެންސީއަށް ރައްދު

ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް

މާލޭގެ މޭޔަރު އާދަމް އާޒިމްގެ އިސްތިއުފާއަށް ޕީއެންސީގެ މަޖިލިސް މެމްބަރުން ގޮވާލި ގޮވާލުމަށް އޭނާ ވަނީ ވަރުގަދަ ރައްދެއް ދެއްވާފަ. އާޒިމް ވިދާޅުވީ ޕީއެންސީގެ ކައުންސިލަރުން ޖެހިޖެހިގެން ފަސް ބައްދަލުވުމަށް ހާޒިރުނުވުމުގެ ސަބަބުން ކައުންސިލްގެ މަސައްކަތްތަކަށް ހުރަސްއެޅިފައިވާ ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 16:11
މާލޭގެ މޭޔަރ އާދަމް އާޒިމް ދޮރުން ދޮރަށް ހަރަކާތަށް ފަހު އިންޓަރވިއު ދެއްވަނީ

މާލޭގެ މޭޔަރ އާދަމް އާޒިމް ދޮރުން ދޮރަށް ހަރަކާތަށް ފަހު އިންޓަރވިއު ދެއްވަނީ | ރާއްޖެ އެމްވީ

ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނުހުންނާނެ ކަމަށް މާލޭގެ މޭޔަރ އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރ ކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް އެފަދައިން ވިދާޅުވީ ދާދިފަހުން ޕީއެންސީ އަށް ނިސްބަތްވާ ބައެއް މެމްބަރުން އާޒިމް އަށް ފާޑު ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. މާލޭގެ ކަންކަން ރަނގަޅުކުރަން ބޭނުން ވާނަމަ އާޒިމް އިސްތިއުފާ ދެއްވުމަށާއި މާލޭގެ ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް އާއި ޒިންމާތައް ހަވާލުކުރުމަށް ޕީއެންސީގެ މެމްބަރުން ގޮވާލެއްވި އެވެ. 

Advertisement - newsAdvertisement

އެކަމަށް ރައްދު ދެއްވާ އާޒިމް ވިދާޅުވީ ޖެހިޖެހިގެން މާލެ ސިޓީ ކައުންސިލްގެ 5 ބައްދަލުވުމަށް ޕީއެންސީގެ ކައުންސިލަރުން ހާޒިރު ނުވާތީ ކައުންސިލް ބައްދަލުވުން ނުބޭއްވި ދިޔަ ކަމަށެވެ. އެއީ ޒިންމާދާރުކަން ކުޑަ ގޮތެއްކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. ރައްޔިތުންގެ ކަންކަން މަޝްވަރާ ކުރަން ބާއްވާ ޖަލްސާ އަށް ޖެހިޖެހިގެން 5 ދުވަހު ނައިސް ތިބި ބަޔަކަށް ކުރެވޭނީ ކޮން ކަމެއްތޯ އާޒިމް ވަނީ ސުވާލު އުފައްދަވާފަ އެވެ.

"ޖަލްސާގައި ނިދާހެދުމުގައި ޑެޕިއުޓީ މޭޔަރ ހުންނެވީ ޖަލްސާގައި. ހެނދުނު ހޭލައިގެންތާ އޮފީހަށް އާދެވޭނީ. ޖަލްސާ އަށް އާދެވިގެންތާ މަސައްކަތެއް ކުރެވޭނީ. ހެނދުނު ނިދާ ޖަލްސާގައި ހުންނަ މަންޒަރު އެއީ ހުތުރު މަންޒަރު. އެނދުމަތީގައި ނިދާފަ ތިބެގެން، ނިދާ ހެދުމުގައި ކައުންސިލް ބައްދަލުވުމަށް ވަނީމަ އެ މީހުން ދެން ހޮވާކަށް ނުޖެހޭ އިތުރަކަށް." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަކީ މުރާލި ކެނޑިޑޭޓުން ކަމަށާއި އެ ކެނޑިޑޭޓުން ހޮވަން ޖެހޭ ސަބަބަކީ އެއީ ކަމަށް ވިދާޅުވެފަ އެވެ. މާލޭގެ ކަންކަން ހިންގޭނީ ހީވާގި ކަމާއި އެކު މަސައްކަތް ކުރާ ބަޔަކަށް ކަމަށާއި އެ ބަޔަކީ އެމްޑީޕީ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

އާދަމް އާޒިމްމާލެއެމްޑީޕީޕީއެންސީމުޙައްމަދު އަރީޝްމާލޭ ސިޓީ ކައުންސިލްލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ފެންނަ ނުފެން ވޯޓަކީ ބޮޑު ސްކޭމެއް ކަމަށް ދީދީ ވިދާޅުވެއްޖެ

ފެންނަ ނުފެން ވޯޓަކީ ބޮޑު ސްކޭމެއް ކަމަށް ދީދީ ވިދާޅުވެއްޖެ

21 ފެބުރުއަރީ 2026
ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލަންޖެހޭ: އަބްދުﷲ ޝާހިދު

ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލަންޖެހޭ: އަބްދުﷲ ޝާހިދު

21 ފެބުރުއަރީ 2026
އީސީގެ ރައީސް ޒާހިދު އާއި، ރައީސް މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު

އީސީގެ ރައީސް ޒާހިދު އާއި، ރައީސް މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު

21 ފެބުރުއަރީ 2026
އިންތިޚާބު އެއްކޮށްލުމަކީ 2028 ނުފޫޒާއި ބާރުގެ ތެރެއިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއް: ޝަމްހީދު

އިންތިޚާބު އެއްކޮށްލުމަކީ 2028 ނުފޫޒާއި ބާރުގެ ތެރެއިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއް: ޝަމްހީދު

20 ފެބުރުއަރީ 2026
އެމްޑީޕީގެ ކެމްޕެއިން ޓީމަށް ބާރަށުން ހޫނު މަރުހަބާއެއް ކިޔައިފި

އެމްޑީޕީގެ ކެމްޕެއިން ޓީމަށް ބާރަށުން ހޫނު މަރުހަބާއެއް ކިޔައިފި

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު