Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލް

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ސިޓީ ކައުންސިލުން އަލުން ފަށަނީ

ވިލިމާލޭގައި ތިމާވެއްޓާ ރައްޓެހި ބަގީގެ ޚިދުމަތް އަލުން ފެށުމަށްޓަކައި ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ބީލަމަށް ހުޅުވާލާފަ. މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި މިފަހަރު ގެންނާނީ ރައްޔިތުންގެ ފައިސާ އިސްރާފު ނުވާނެހެން، ގިނަ ދުވަހު ބޭނުންކުރެވޭ ފެންވަރު ރަނގަޅު އުޅަނދުތަކެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 08:26
ވިލިމާލޭގައި އަލުން ރަނގަޅު ފެންވަރެއްގައި ބަގީގެ ޚިދުމަތް ތައާރަފު ކުރުމަށްޓަކައި އެ ހިދުމަތް ދޭން ބޭނުންކުރާނެ ބަގީ ސަޕްލައި ކޮށްދޭނެ ބަޔަކު ހޯދަން ކައުންސިލުން ވަނީ އިއުލާނު ކޮށްފަ

ވިލިމާލޭގައި އަލުން ރަނގަޅު ފެންވަރެއްގައި ބަގީގެ ޚިދުމަތް ތައާރަފު ކުރުމަށްޓަކައި އެ ހިދުމަތް ދޭން ބޭނުންކުރާނެ ބަގީ ސަޕްލައި ކޮށްދޭނެ ބަޔަކު ހޯދަން ކައުންސިލުން ވަނީ އިއުލާނު ކޮށްފަ | ސޯޝަލް މީޑިއާ

ވިލިމާލޭގައި އަލުން ރަނގަޅު ފެންވަރެއްގައި ބަގީގެ ޚިދުމަތް ތައާރަފު ކުރުމަށްޓަކައި އެ ހިދުމަތް ދޭން ބޭނުންކުރާނެ ބަގީ ސަޕްލައި ކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ. 

ސިޓީ ކައުންސިލުން ބުނީ  ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެދޭ ކަމަށާ އެ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. 

ސިޓީ ކައުންސިލުން ބުނީ އެ ޚިދުމަތް ދިނުމަށް ބޭނުންވަނީ  11 ސީޓުގެ ހަތަރު ބަގީ އާއި 8 ސީޓުގެ ތިން ބަގީ އަދި 2 ކާގޯ ބަގީ ކަމަށެވެ. މި ބަގީތައް ވާން ޖެހޭނީ  ބެޓެރީ ލައިފް ގިނަ ވަގުތު ހިފެހެއްޓޭނެ ވެހިކަލް ތަކަކަށް ކަމަށާ ވެހިކަލްތައް ގެންނައިރު މާލެ ސިޓީ ކައުންސިލް ލޯގޯ ވެހިކަލްތަކުގައި ހުންނަން ވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން ބަގީ ސަޕްލައިކޮށްދޭ ފަރާތުން މަދުވެގެން އެއް އަހަރުގެ މުއްދަތަށް ސްޕެއާ ޕާޓްސް ލިބޭނެހެން އިންތިޒާމް ހަމަޖައްސަން ވާނެ ކަމަށާ ވޮރަންޓީ މުއްދަތު ބަޔާންކޮށް އެ މުއްދަތުގައި ދިމާވާ ހުރިހާ މައްސަލައެއް އިތުރު އަގަކާ ނުލައި ހައްލުކޮށްދޭން ވާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ. 

ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ދިވެހި ކުންފުނިތަކަށާއި ޕާޓްނާޝިޕް އަދި ލޯކަލް އިންވެސްޓްމެންޓުތަކުގެ އިތުރުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. 

މީގެ ކުރިން 2023 އޭޕްރީލް 3 ގައި ވެސް ސިޓީ ކައުންސިލުން ވިލިމާލޭ ގައި ބަގީގެ ޚިދުމަށް ފެށި އެވެ. އޭރު ބަގީގެ ޚިދުމަތް ފޯރުކޮށްދޭން މާލޭ ސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފަ އެވެ. ނަމަވެސް އެ ބަގީތައް ހަލާކުވެފައިވާ ކަމަށް އެ ކައުންސިލުން ފަހުން ވަނީ ބުނެފަ އެވެ. 

ބަގީގެ ޚިދުމަތް ދިނުމާއި ގުޅޭ ގޮތުން މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވީ ގިނަ ދުވަހު ބޭނުން ކުރެވޭ ބަގީތައް ގެނައުމަށް އިސްކަން ދެއްވާނެ ކަމަށާއި، ގެންނާނީ ކައުންސިލް މެންބަރުން އިއްތިފާގުވާ އެންމެ ރަނގަޅު ބަގީތައް ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށް އާޒިމް އޭރު ވިދާޅުވި އެވެ.

ވިލިމާލޭ ރައްޔިތުން ބަގީގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މި ޚިދުމަތް ރަނގަޅު ގޮތުގައި ދިނުމަށް އައު ބަގީތަކެއް ގެންނަންޖެހޭ ކަމަށެވެ. އެހެންކަމުން މިފަހަރު ގެންނަ ބަގީތަކަކީ ގިނަ ދުވަހު ބޭނުންކުރެވޭ ރަނގަޅު ބަގީތަކަކަށް ވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ފައިސާ ހަރަދުކުރާއިރު އިސްރާފު ނުވާނެ ގޮތަކަށް އެންމެ އެދެވޭ ގޮތުގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުގެ ނިޒާމު ފަސޭހަ ކޮށްދިނުމަށް އައު ބަގީތަކެއް ގެންނަންޖެހޭއިރު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރުކަމުގެ މަގާމުގައި ހުންނަވައިގެން ވިލިމާލޭގައި ދުއްވަން ނުއަގުގައި ބަގީ ގެނައި މައްސަލަ ފެންމަތިވެފައިވެ އެވެ.

މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ވިލިމާލޭގައި ހިދުމަތް ދިނުމަށް އެތެރެކުރެވުނު 10 ބަގީގެ ޖުމްލަ އަގަކީ 2،691،438 (ދެމިލިއަން ހަލައްކަ ނުވަދިހަ އެއްހާސް ހަތަރުސަތޭކަ ތިރީސް އަށް ރުފިޔާ) އެވެ. އަދި މި އަދަދަކީ ބަގީ އެތެރެކުރުން ހިމަނައިގެން ކޮށްފައިވާ ހަރަދަކަށްވާތީ ވަކިވަކި ބަގީތަކުގެ އަގެއް ހުށަހަޅާފައި ނުވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. މާލެ ސިޓީ ކައުންސިލުން މީގެ ތަފްސީލު ހާމަކޮށްފައިނުވި ނަމަވެސް އާންމު އަގުން ބަލާއިރު 11 ސީޓާއި 14 ސީޓުގެ ބަގީއެއްގެ އަގު އުޅެނީ 160،000 އަށެވެ. އެއީ އެތެރެކުރުމުގެ އަގާއެކުގަ އެވެ. ނަމަވެސް މާލެ ސިޓީން ގެނެސްފައިވާ ބަގީއެއް އެތެރެކޮށްފައިވަނީ ލައްކައެއްހާ ރުފިޔާ އަގުބޮޑުކޮށެވެ.

މާލެ ސިޓީން އާންމުކޮށްފައިވާ ތަފްސީލުތައް ދައްކާ ގޮތުން ބަގީއަކުން ގާތްގަނޑަކަށް 109,143.8 ބޮޑުކޮށް ވަނީ ގެނެސްފަ އެވެ. އަދި އެކަމުގެ ތަފްސީލު ދީފައި ނުވެ އެވެ.

ވިލިމާލެ މާލޭ ސިޓީ ކައުންސިލްއާދަމް އާޒިމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

23 ފެބުރުއަރީ 2026
އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ގޮތް ހުސްވެ ވަޒީފާ އާއި އެހެން ގޮތް ގޮތުން ނުފޫޒު ފޯރުވާ، އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން"

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ގޮތް ހުސްވެ ވަޒީފާ އާއި އެހެން ގޮތް ގޮތުން ނުފޫޒު ފޯރުވާ، އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން"

22 ފެބުރުއަރީ 2026
އެމްޑީޕީ އިން މައްޗަންގޮޅި އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި

އެމްޑީޕީ އިން މައްޗަންގޮޅި އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި

22 ފެބުރުއަރީ 2026
ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް

ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް

21 ފެބުރުއަރީ 2026
ރިޟްވާނަކީ މާފަންނު ހުޅަނގަށް އެންމެ ރަނގަޅު ކެންޑިޑޭޓް: އާޒިމް

ރިޟްވާނަކީ މާފަންނު ހުޅަނގަށް އެންމެ ރަނގަޅު ކެންޑިޑޭޓް: އާޒިމް

17 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު